Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މީޑިއާ ކައުންސިލް

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

ރައީސް އޮފީހުން ބުނީ މީޑީއާ ކައުންސިލަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 މެއި 2017 | އަންގާރަ 21:05
މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

މިހާރު އުފައްދާފައިވާ މޯލްޑިވްސް މީޑީއާ ކައުންސިލް އުފައްދާ ރަނގަޅަށް ހިނގައިގަންނަން ނުފެށެނީސް ގިނަ މައްސަލަތަކެއް މިވަނީ ކުރިމަތިވެފަ އެވެ.

މީޑިއާ ކައުންސިލް އުފެދިފައިވަނީ ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ މީޑިއާތަކުން އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިން ހަތް މެމްބަރުންގެ މައްޗަށެވެ. އެ 15 މެމްބަރުންވެސް ހޮވަނީ އިންތިހާބަކުންނެވެ. އިންތިހާބު ބާއްވަނީ ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ މީޑީއާތަކުގެ މެދުގައެވެ.

މީޑީއާ ކައުންސިލަކީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތްކުރާ މީޑިއާތަކާ މާގާތްގުޅުމެއް ބާއްވަމުންއަންނަ އަދި މީޑިއާތައް ކުރިއެރުވުމަށް މާބޮޑު މަސައްކަތްތަކެއް ކުރާ ކައުންސިލެއްގެ ގޮތުގައި ފާހަގައެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް އަބަދުވެސް ފެންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ މުށުތެރޭގައި އޮވެ، ސަރުކާރު ބޭނުންވާ ގޮތަށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ފޯރުކޮށްދިނުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް ނުފޫޒާއި ބާރުގެ ބޭނުންކުރާ މަންޒަރެވެ.

ސަރުކާރުން ނުފޫޒު އޮތް ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ނުފޫޒު އޮތް މުއައްސަސާއަކީ ބްރޯޑްކާސްޓިންގ ކޮމިޝަނެވެ. އެތަނުން ވަނީ ރާއްޖޭގެ އެންމެ ގިނަ މީހުންބަލާ ޓީވީ ޗެނަލް ކަމަށްވާ ރާއްޖެޓީވީ މަތިމައްޗަށް ޖޫރިމަނާކޮށް ޖެއްސުން ކުރަމުންނެވެ. ރައްޖެޓީވީއަށް އޮތީ ދެ އިރު ދެދަޅައަށް އެކޮމިޝަނަށް ޖަވާބުދާވާންޖެހޭ ހާލަތުގަ އެވެ. އެހާލަތުއައީ އެކޮމިޝަނުގައި އުޅުއްވާ ކުދިންގެ ކޮޅެއް ކުރިން އުޅުއްވި ސިޔާސީ ޕާޓީއެއްގެ ޖަގަހައިގެ ވެރިޔާގެ އަބުރުފުޅުގެ ބޮޑުކަމުން ކަމަށް ގަބޫލު ކުރެވެއެވެ.

އެހެންކަމުން ބްރޯޑްކާސްޓިން ކޮމިޝަން ވެފައިމިވަނީ ދައުލަތަށް ފައިސާވައްދާ ތަނަކަށް ވެފައެވެ. އަބުރު ގާނޫނު ވުޖޫދުކުރިފަހުން، ރައްޖެޓީވީ 200،000 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. ނޫސްވެރިޔަކު 50،000 ރުފިޔާއިން ޖޫރިމަނާކުރި އެވެ. އަދި ރާއްޖެޓީވީ 200،000 ރުފިޔާގެ ޖޫރިމަނާ ދެއްކި ދުވަހު އަނެއްކާ 1،000،000 ރުފިޔާއިން ޖޫރިމަނާ ކުރުމުން އެފައިސާވެސް ވަނީ ދައްކާފަ އެވެ.

މިމަންޒަރު ފެނިގެން ތޯއްޗެކެވެ، މީޑިއާ ކައުންސިލަށް މަޑަކުން އޮވެވޭގޮތެއް ނުވިއެވެ. ރައީސް އޮފީހުން ފޮނުވި ކަމަށްބުނާ މައްސަލަތަކެއް ކުއްލިއަކަށް މީޑިއާތަކަށާއި އެ މައްސަލަތައް ނިސްބަތްވާ ނޫސްވެރިން ޖަވާބުދާރީވުމަށް އެންގި އެވެ.

އެމައްސަލަތައް އައުމާއެކު އެލިޔުންތަކަށް ބަލާލިއިރު، ކަމަކުދާކަށް ނެތެވެ. މެޑަމް ފާތުންގެ އަބުރުފުޅާ ބެހި، މެޑަމް ފާތުންގެ ހައްގުތަކަށް އަރައިގަތީ ޔޯލައެވެ. ނަމަވެސް އެލިޔުންތައް ކިޔާ ނިމުނުއިރުވެސް އެވިދާޅުވާ އަބުރުފުޅާ ބެހިވިފަ އޮތީ ކިހިނެއްތޯ އާއި ކޮންގޮތަކަށްތޯ ސާފެއްނުވިއެވެ. އެ ލިޔުންތަކުން މެޑަމް ފާތުންގެ އަބުރުފުޅަށް އަރައިގަނެވިފައިވަނީ ނުވަތަ މެޑަމް ފާތުންގެ ހައްގަކަށް އަރައިގަނެވިފައިވަނީ ކޮންގޮތަކުން ކަމެއް ސާފެއް ނުވި އެވެ. އެހެންކަމުން ޖަވާބުދާރީވާންވީ އެލިޔުންތަކުގެ ކޮންކޮން ބައިތަކަކަށް ނޭނގެ އެވެ.

އެކަން އެގޮތަށް އޮތްވާ މި ބުނާ މައްސަލަތައް ލިބުނު ދުވަހު ރައީސް އޮފީހުން އެމައްސަލަ ހުށަހެޅި ކަމަށްބުނާ މީހާ އެމައްސަލަތައް ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެއްޖެ އެވެ. އަދި ނުވިތާކަށް ރައީސް އޮފީހުގެ ތަރުޖަމާނުވެސް ވިދާޅުވީ ރައީސް އޮފީހުން މީޑިއާތަކަށް އަދި ނޫސްވެރިންގެ މައްޗަށް އެއްވެސް މުއައްސަސާއަކަށް މައްސަލައެއް ހުށަހަޅާފައިނުވާނެ ކަމަށެވެ. އެންމެފަހުން އެކަން މީޑިއާ ކައުންސިލަށް ވެސް ރައީސް އޮފީހުން އަންގައިފި އެވެ.

އެހިސާބުން މީޑިއާ ކައުންސިލުން ނޫސްވެރިންގެ ފޮނުވި 30 މައްސަލާގައި ނޫސްވެރިންނާއި މީޑީއާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއް ބަޔަކު މީޑިއާ ކައުންސިލަށް ފާޑުޔުންތައް އަމާޒުވެ މީޑިއާ ކައުންސިލް ހޫނު ފެނަށް ވެއްޓިއްޖެ އެވެ. ތިމަންނާމެންނަށްވެސް ކަންކަން ކުރެވޭކަން އަދި އަދި ކުރާން ރައީސް އޮފީހަށް ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ހަމަ ރަނގަޅަށްވެސް "އަތަށް ގޮވީ" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

29 އޮކްޓޯބަރު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

16 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު