Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންގެ ވާހަކަފުޅުތައް: ގޮވަނީ އަތަށް، ޖަހަނީ ހަޖޫ!

މެނިފެސްޓޯ ޖަލްސާގެ ހަމައެކަނި ސަޕްރައިޒްއަކީ އަލްހާން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2018 | ހޮނިހިރު 20:55
ޕީޕީއެމްގެ

ޕީޕީއެމްގެ

މާ ވަރުގަދަ ސަޕްރައިޒްއަކާ އެކު ބިޔަ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާނުކޮށް ޕީޕީއެމް އިން ހުކުރު ދުވަހުގެ ރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ. ބޮޑަށް ބެލެވިފައި އޮތީ ޖަލްސާގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްޓަކައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގަންނަވާ ވައުދުތަކާ އެކު ސަޕްރައިޒް މެނިފެސްޓޯއެއް އިއުލާނުކުރާނެ ކަމަށެވެ. ފުދޭ ވަރެއްގެ ބޮޑު ޖަލްސާއެކެވެ. ނަމަވެސް އަޑު އެރުވިގޮތާ ހިލާފަށް ޖަލްސާ ނިމިގެން ދިޔައީ ވެސް އެ ބުނާ ސަޕްރައިޒެއް ނޭނގިއެވެ. އިރުއިރުކޮޅާ އިވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ނަންފުޅެވެ.

ޕީޕީއެމްގެ ބިޔަ ޖަލްސާއަކީ ރައީސް މެނިފެސްޓޯ އިއުލާނުކުރަން ބާއްވާ ޖަލްސާއެއް ކަމަށް ހީވިޔަސް ރައީސް ޔާމީނާއި އަދި ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުންގެ ވާހަކައިގައި ވެސް ކުރިއަށް އޮތް ދައުރުގައި ޕީޕީއެމްގެ ސަރުކާރަކުން ކޮށްދޭނެ ކަމެއްގެ ވާހަކައެއް އަޑެއް ނީވުނެވެ. ނުވަތަ ދިވެހިން އިންތިޒާރުގައި ތިވި އުންމީދީ ވާހަކައެއް ވެސް ނީވުނެވެ. ރައީސްގެ ގަޑިއެއްހާ އިރު ވާހަކަފުޅުން ވެސް އެ މަނިކުފާނުވީ އިތުރަށް ފަޟީހަތެވެ. މުޅި ޖަލްސާ ވެގެން ދިޔައީ އިސްލާމް ދީނަށް ހަޖޫ ޖެހުމާއި "އިލާހަކު ނުވާ ކަމަށް" ވިދާޅުވުން ފަދަ ކުފުރުގެ ބަސްތައް އިވިގެން ދިޔަ ޖަލްސާއަކަށެވެ. "ބްރިޖު ސަޅި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެއް ނަމްބަރަކީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވާނަމަ އައްތަހިޔާތުގައި "أشهدُ أنْ لا إلهَ (އިލާހަކު ނުވާ ކަމަށް އަޅުހެކިވަން) ކިޔަނީ އެއް އިނގިލި ތަޅުވަމުން ކަމަށާއި ދެ އިނގިލި ތަޅުވާނެ ކަމެއް ނެތް" ކަމަށެވެ.

ކުފުރު ބަސްތަކުގެ އިތުރުން "إن شاء الله" ގެ ނަމުގައި ލަވައެއް ރިލީޒްކޮށްފައިވާ އިރު މިއުޒިކާ އެކު އިވެމުން ދިޔަ އެ ލަވަޔަށް ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ގެންދެވީ އަތްޖައްސަވަމުންނެވެ. ޝެއިޚް ޝަހީމަކީ އިސްލާމް ދީން ހިމާޔަތްކުރެއްވުމުގެ ނަމުގައި ރައީސް ޔާމީން ކަނޑައެޅުއްވި ރަނިންގ މޭޓެކެވެ. މިއުޒިކާ މެދު ޝެއިޚް ޝަހީމުމެން ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ކޮންމެހެން މިފަދަ ރިޕޯޓެއްގައި ފާހަގަ ނުކުރިޔަސް ވިސްނޭނެއެވެ.

ހަޖޫ ޖެހުން ފަދަ އެތައް ކަމެއް ފެނިގެން ދިޔަ މި ޖަލްސާގައި ދެން ރައީސް އެންމެ ބޮޑަށް ސަމާލުކަން ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވުމަށެވެ. ވާހަކަފުޅުގެ ބޮޑު ބައި ހޭދަވީ އެކަމުގައެވެ. މި މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކީ އިބްރާހީމް މުހައްމަދު ސޯލިހް ކަން ވެސް ރައީސް ޔާމީނު ހަނދުމަފުޅު ނެތް ކަހަލައެވެ. އެހާ ދިގުކޮށް ވާހަކަ ދެއްކެވި އިރު ވެސް އިބޫ އަށާއި ރަނިންގ މޭޓް ފައިސަލް ނަސީމަށް ރައްދެއް ދެއްވަން ނުވަތަ އެ ބޭފުޅުން އިއުލާނުކުރައްވާފައިވާ ސިޔާސަތުތަކަށް ފާޑެއް ވިދާޅުވާން ވެސް ހަނދުމަފުޅެއް ނެތެވެ. ފަންހާ މަހެއް ފަދައިން ރުޅި ކޯފާވެ ހުންނަވައި ކުފުރުވުން ފަދަ ހާލަތެއްގައި ސްޓޭޖުން ފައިބައިވަޑައިގެންނެވީ ރަތްމަހަކަށް ނުގޮވާ ވަރަށް ރައީސް ނަޝީދަށާއި ގާސިމަށް އެއްޗެހި ގޮވާފައެވެ.

ބޮޑު ސަޕްރައިޒެއް އޮންނާނެ ކަމަށް އިއުލާނުކުރި މާ ބިޔަ ޖަލްސާ ނިމިގެން ދިޔަ އިރު އެ ބުނާ ސަޕްރައިޒެއް ނުފެނުނެވެ. ފެނުނީ ރާއްޖޭގެ ބޮޑެތި ގިނަ ޕާޓީތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި "ކުރީގެ" ސިޔާސީ ބޭފުޅެއް ކަމަށްވާ އަލްހާން ފަހުމީ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި "ސަޕްރައިޒް" އެކަންޏެވެ. ތަންކޮޅެއް ކުރިން ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފަހުން އެ ދާއިރާ އިން ލަދުގަންނަ ފަދަ ނަތީޖާއަކާ ކުތިމަލައްވަން ޖެހިވަޑައިގެންނެވި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޔާސީ މައިދާނަށް ނެރެދެއްވި އަލްހާން ޕީޕީއެމް އާ ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ޑީއާރުޕީގެ އިތުރުން އެމްޑީޕީ އާއި ޖޭޕީގައި ވެސް މަސައްކަތްކުރައްވާފައެވެ.

ކޮންމެއަކަސް ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކުގައި ވެސް މިފަދަ އެތައް "ޅަ އެއްޗެއް" އަޅުއްވަމުން ގެންދަވާ އިރު އެއިން ކޮންމެ ވާހަކަފުޅަކާ އެކު ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދެއެވެ.

ގިނަ ބަޔަކު އެ ވާހަކަތަކަށް ހަޖޫ ޖަހަމުންދާ އިރު ޕީޕީއެމްގެ "ބްރިޖް ސަޅި" ޖަލްސާގައި އެ މަނިކުފާނު ދެއްކެވި "ސަޅި" ވާހަކަފުޅު މި ވަނީ ވައިގައި ހިފާފައެވެ. އަދި ގިނަ ބަޔަކު ދަނީ އެ ވާހަކަފުޅުތަކަށް ހަޖޫ ޖަހަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު