Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުސްތޫރީ މައްސަލަ

އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

ކިއޫގައި ވަޒީރުންވެސް ތިއްބެވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2018 | އާދީއްތަ 13:28
ހައުސިންގ މިނިސްޓަރ ކިއޫގައި ޖެޖހިވަޑައިގެން

ހައުސިންގ މިނިސްޓަރ ކިއޫގައި ޖެޖހިވަޑައިގެން

އާދީއްތަ ދުވަހުގެ ހެނދުނު އިރު އެރީ އެންމެންގެ ސަމާލުކަން ސުޕްރީމް ކޯޓުގައި އޮތް ބޮޑު މައްސަލައަށް ހުއްޓިފައިވަނިކޮށެވެ. ހެނދުނު ހެނދުނާ ސުޕްރީމް ކޯޓު ދޮށަށް ގިނަ ބަޔަކު އެއްވިއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ބަލި ޤަބޫލު ނުކުރައްވާ އިންތިޚާބު ބާތިލް ކުރެއްވުމަށް ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ދިގު ކިއޫއެއް ހެދިއެވެ. ގަދަ އަވީގައެވެ. ފިޔާތޮށި ކުލައިގެ ކުޑަ ދޫކޮށް އެކިކުލަތަކާއެކު ހުރި ކުޑަ ހިފައިގެން ވަޒީރުން ވެސް ކިއޫގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ޓައި އަޅާފައި ކިއޫގައި ޖެހުނެވެ. ޢާއްމުންނާއެކު ހުރިހާ ޕާޓީއަކާއި ޕާޓީތަކަށް ނިސްބަތްނުވާ ޢާއްމުން ސިޔާސީ ކަމެއްގައި އެއް ކިއޫއަކުން މިހާގިނައިން އެއްފަހަރާ ފެނުނުމީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރެވެ.

Caption

ކިއޫގައި މަޑުކޮށްގެންތިބިއިރު ދެފަރާތުން ވެސް ބަހުގެ ހަމަލާތައް ހޫނުކޮށް ރައްދު ކުރަމުން ދިޔައެވެ. އެއްބަޔަކު ގޮވަމުން ދިޔައީ އޮޅުވާލި ވޯޓެވެ. އަނެއްބަޔަކު ހަޖަމް ނުވި ވޯޓެވެ. އަދިވެސް ކިޔާން ނުކެރޭވަރުގެ ބައެއް ވާހަކަތަކުން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކަށް މުޚާތަބު ކުރަމުންނެވެ.

Caption

ހެނދުނު ހެނދުނާ ޖެހުނު ކިއޫގައި ތިބިއިރު ސުޕްރީމް ކޯޓަށް ވައްދަން ފަށާފައިވަނީ 12:30 ވެސް ވީފަހުންނެވެ. ކިއޫގައި ތިބި މީހުންގެ ތެރެއިން އަޑުއެހުމަށް ވަދެވޭވަރުވީ މަދު ބަޔަކަށެވެ. ގާތްގަނޑަކަށް 25 އަކަށް މީހުންނަށް ވަދެވުނުއިރު ބާކީ ނުވަދެވި ތިބި މީހުންގެ މެދުގައި ހިސާބަކަށް ހަލަބޮލިވެގެން ދިޔައެވެ. ސުޕްރީމް ކޯޓު ދޮރުދޮށަށް އެއްވެ އަޑު އުފުލަން ފެށުމާއެކު ފުލުހުންނާއި ސިފައިންވަނީ އެސަރަހައްދުން ޢާއްމުން ދުރަށް ޖައްސާފައެވެ. އެއާއެކު އަނެއްކާވެސް ކިއޫގައިތިބި އެއްކޮޅާއި އިދިކޮޅު މީހުންގެ ދެމެދު ބަހުގެ ހަމަލާތައް އިތުވެ ދެފަރާތުގެ ޝުއޫރުތަކުގެ އަޑުތައް ގަދަވެގެން ދިޔައެވެ. އެޔާއެކު ފުލުހުންނަށް ޖެހުނީ ކިއޫގައިބި ފަރާތްތައް އެސަރަހައްދުން ފޮނުވާލާށެވެ.

Caption

ކިއޫގައިތިބި މީހުން ފޮނުވާލުމާއެކު ސުޕްރީމް ކޯޓު ކުރިމަތިން ހުޅަނގުދެކުނުގައި އޮންނަ ގޯޅީގައި ޢާއްމުން މަޑުކޮށްލިއެވެ. އަދި ބެރިކޭޑް ޖަހައި އެސަރަހައްދު ބަންދުކޮށް ސުޕްރީމް ކޯޓު ދޮރުމަތިން ވެސް ވެހިކަލަށް ނުދުއްވޭގޮތަށް ބަންދުކުރިއެވެ. އެސަރަހައްދުގައި ފަހުން މަޑުކޮށްގެން ތިބީ އިންތިޚާބު ބާތިލް ކުރުމާދެކޮޅަށް އަޑު އުފުލަމުންދިޔަ ފަރާތްތަކެވެ. ޚާއްޞަކޮށް ގުޅިފައިވާ ޕާޓީތަކުގެ އާއްމު މެމްބަރުންނެވެ. ފަހުން ޕޯސްޓަރުތަކެއް ވެސް ހިފައިގެން ތިބި އެމީހުންގެ ތެރެއިން މީހަކު އެތަނުން ގަހެއްގައި ޕޯސްޓަރު ހަރުކުރާތީ ފުލުހުން ތަކުރާރުކޮށް އެކަން މަނާ ކުރަމުންދިޔައެވެ. އަދި ހުއްޓާނުލުމުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އެކަމަށް ބައެއް ޢާއްމުން ހުރަސްއެޅުމުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

Caption

ރައީސް ޔާމީނަށާއި ސަރުކާރަށް ރައްދުވާގޮތައް ޝުއޫރު ފާޅުކުރަމުންދިޔަ އެމީހުންގެ މެދުގައި އިތުރު ހަލަބޮލިކަމެއް ހިނގާފައެއް ނުވެއެވެ. އަދި ސުލްހަވެރިކަމާއެކު ޝުޢޫރު ފާޅުކޮށް ނިންމާލާފައި ވަނީ ސުޕްރީމް ކޯޓުގައި އޮތް އަޑު އެހުން ނިންމަވާލައްވައި ޤާނޫނީ ވަކީލުން ނުކުންނެވި ފަހުންނެވެ.

ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހުގެ ހެނދުނު 10:30 އަށްވެސް ވަނީ ތާވަލް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު