Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުނާމީ ކާރިސާ

"މަސްނުފުރޭ ދަރިފުޅު އަތަށް ނަގައިގެން ކޮރު ޖަހަމުން ދުއްވައިގަތް އިރު ފަހަތުން އައީ 5 ފޫޓުގެ ރާޅެއް"

އެދުވަހު އިވުނީ 'އިލޮށިފަތިން' ޖެހުމުން ގޮވާ ޒާތުގެ އަޑެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2019 | ބުރާސްފަތި 18:15
ސުނާމީ ކާރިސާއަކާއި އެކު 82 މީހުންގެ ފުރާނަ ގެއްލިފައިވޭ

ސުނާމީ ކާރިސާއަކާއި އެކު 82 މީހުންގެ ފުރާނަ ގެއްލިފައިވޭ

ރާއްޖެ މިހާތަނަށް ވެސް ދުށް އެންމެ ބިރުވެރި އެއް ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. އެއީ ރާއްޖެއަށް ސުނާމީ އެރި ދުވަހެވެ. އެ ކާރިޘާއަކާއި އެކު 82 މީހުންގެ ފުރާނަ ގެއްލި، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލުނު ދުވަހެވެ.

އެ ބިރުވެރި ނާމާން ޙާދިސާ ހިނގާދިޔައިރު ލ. ކަޅައިދޫގަ ދިރިއުޅުނު އައިމިނަތު ރަޝީދާ އިހުސާސް ކުރި ނުވަތަ ތަޙައްމަލް ކުރި ކަންތަކުގެ ވާހަަކަ އަޅުގަނޑާ ޙީއްސާ ކުރީ ހިތާމަވެރި ރާގެއްގައެވެ. އޭނާ ބުނީ އެ ޙާދިސާ އިއްޔެ ހިނގި ކަމެއްހެން އަދިވެސް ހަނދާން އެބަހުރި ކަމަށެވެ.

އެ ދުވަހުގެ ވޭންދެނިވި ތަޖުރިބާ ހަނދާން ކުރަމުން އޭނާ ބުނީ އޭރު އެންމެ ކުޑަ ދަރިފުޅު ވިހައިގެން މަސްދުވަސް ވެސް ނުވާނެ ކަމަށެވެ. ގިފިލި ހުންނަނީ ގެޔާއި ތަންކޮޅެއް ދުރުގައިކަމުން ތުއްތު ދަރިފުޅު ގޮވައިގެން ހިނގައިގަތީ އެ ކުއްޖާ ފެންވަރުވަން ކަމަށެވެ. ނަމަވެސް އެދުވަހު އާދަޔާ ޚިލާފަށް ރަށުގެ ވަލުފަރާތާއި ވީފަޅިން މީހުންގެ ހަޅޭކުގެ އަޑު އިވުނު ކަމަށް އޭނާ ބުންޏެވެ. އަދި 'އިލޮށިފަތިން' ޖެހުމުން ގޮވާ ޒާތުގެ އަޑެއް އިވުނު ކަމަށް އޭނާ ބުންޏެވެ. ރަޝީދާ ބުނީ އެވަގުތު ކުޑަކޮށް ނުތަނަވަސްވި ނަމަވެސް ކުއްޖާ ރޯން ފެށުމުން ހަމަޔަކަށް އެޅެންދެން މަޑުކޮށްލައިގެން ހުރީ ކަމަށެވެ.

ރަޝީދާ ބުނީ ވަގުތާއި އެކު އަޑުވެސް ގަދަވަމުން ދިޔަ ކަމަށެވެ. ކަމެއް ވެގެން އުޅޭތޯ ބެލުމަށް ތުއްތު ކުއްޖާ ގޮވައިގެން ނުކުތީ ވެގެން އުޅޭގޮތް ބަލާލުމަށެވެ. ނުކުތުމާއެކު "އަވަހަށް އެންމެން އަތިރި އާ ދިމާލަށް ނުކުމޭ. މުޅި ރަށް އެއޮށްގެން ގިރެނީ" މިހެން ކިޔާ އަވަށްޓެރިން ހަޅޭއްލަވަމުން ދުވަމުން ގެންދިޔަ މަންޒަރެވެ.

ރަޝީދާ ބުނީ ދެން ފެނިގެން ދިޔައީ 5 ފޫޓުގެ ބޮޑު ރާޅެއް ގޭގެ ބިށްދޮށުން އައި މަންޒަރު ކަމަށެވެ. "އެވަގުތު ހިތް ފަޅައިގެން ދިޔަ ކަހަލަ. މޭގަނޑު އަނގަޔަށް އައިކަހަލަ" އެ ވަގުތު ސިފަ ކުރަމުން އޭނާ ބުންޏެވެ. ރޮއެރޮއެ އޮތް ތުއްތު ކުއްޖާ ގޮވައިގެން ދުއްވައިގޮތެއް ވެސް ނޭނގުނު ކަމަށް އޭނާ ބުންޏެވެ. ވިހޭތާ މާގިނަ ދުވަހެއްވެސް ނުވާއިރު ވަރަށް އުނދަގުލުން ދުވުނު ގޮތަކަށް އަތިރިއާއި ދިމާލަށް ދިޔައީ ކޮންމެ ޙާލެއްގަވެސް އެ ތުއްތު ދަރިފުޅު ރައްކާތެރިކުރާށެވެ.

ރަޝީދާ ބުނީ އޭނާގެ ޙާލަތު ހުރިގޮތުން މާ ދުރަކަށް ނުދެވުނު ކަމަށެވެ. ރަށަށް ބިންދާލަން ތައްޔާރުވެފައިވާ ރާޅުން ދެމައިން ސަލާމަތްވުމަށް ވަދެވުނީ ގާތް ރަށްޓެއްސެއްގެ ގެއަކަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ރާޅު އަރައިގަތީ ގަދަޔަަށް "ކައްކާލާފައި" ކަމަށެވެ. އަދި ރާޅު ބިންދާލިއިރު އޮތީ ތުއްތު ދަރިފުޅު އުރައިގެން ހިފެހެއްޓުނު ގޮތަކަށް އެގޭގެ ގޯތީގައި ހުރި ރުކެއްގައި ހިފައިގެން ކަމަށެވެ.

ހިތްދަތި ރާގަކުން ރަޝީދާ ބުނީ އެވަގުތު މީހުން އޮޔާދާ މަންޒަރު ފެނުނު ކަމަށެވެ. އަދި ބައެއް މީހުން އޭނާ އެކޭ އެއްފަދައިން ގަހެއްގައި ނުވަތަ ރުކެއްގައި ހިފަހައްޓައިގެން އޮތް ކަމަށެވެ. އަނެއް ބަޔަކު އުސް ފާރަކަށް އަރައިގެން ގަދަ ރާޅާ އެކު ފާރު ވައްޓާނުލާތޯ ދުޢާކޮށްލަ ކޮށްލާ ތިބި މަންޒަރުވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ. ރަޝީދާ ބުނީ ފެންގަނޑު އެވަގުތު ހުރީ އިސްކޮޅުވެސް ނުޖެހޭ ހިސާބުގައި ކަމަށެވެ. އެވަގުތު ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ރޮއެ އަޑު ނަގަމުންދިޔަ ކަމަށް އޭނާ ބުންޏެވެ.

ރަޝީދާ ބުނީ ރަށަށް ސުނާމީ އެރިތާ 5 މިނެޓު ވެސް ނުވެ ރާޅު އެ ރަށުން ފައިބައިގެން ދިޔަ ކަމަށެވެ. ނަމަވެސް އެ އައި ބާރުމިނުގެ ސަބަބުން ރަށް އެއްކޮށް ދޮވެލާފައި ދިޔަ ކަހަލަ ކަމަށް އޭނާ ބުންޏެވެ. ރަށުން ފައިބައިގެން ދިޔަ ރާޅާއެކު ކުދިންގެ މާމަވެސް ނިޔާވީ ކަމަށް އޭނާ ބުންޏެވެ. އަދި މާމަގެ ހަށިގަނޑު ފެނުނީ 3 ދުވަސް ފަހުން ކަމަށެވެ. މީގެއިތުރުން މިޙާދިސާގައި މަންމަގެ ތިމާގެ މީހަކު ވީނުވީ އެއް ނޭނގި ގެއްލުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ރަށުން ރާޅު ފައިބައިގެން ދިޔުމާއެކު އެންމެން އެއްވީ ރަށުގެ ބަނދަރު ޞަރަޙައްދުގަ ކަމަށެވެ. އަދި މަސްދޯނިތަކުގައި ރަށުގެ ހުރިހާ ރައްޔިތުންނާއެކު ދިޔައީ ލ. ގަމަށެވެ. ރަޝީދާ ބުނީ ގަމަށް ގޮސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށެވެ.

ރަޝީދާ ބުނީ އެދުވަހު ގަތް ބިރު ބުނެދޭންވެސް ނޭނގޭ ކަމަށެވެ. ފުރާނަ އަތް މައްޗަށް ލައިގެން ނުކުތީ ދަރިފުޅު ރައްކާތެރި ކުރެވޭތޯ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

03 ޖޫން 2018
ރައީސް ޔާމީނެވެ. ތިއަށް ކިޔަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

ރައީސް ޔާމީނެވެ. ތިއަށް ކިޔަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

02 މެއި 2018
ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

21 އެޕްރީލު 2018
އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު