Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 300-450 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން!

ޓޫރިސްޓް އެރައިވަލްސް 20-30 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށަށް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 30 މާރިޗު 2020 | ހޯމަ 14:13
ރާއްޖޭގައި ހިންގާ ރިސޯޓެއް

ރާއްޖޭގައި ހިންގާ ރިސޯޓެއް

ބަވަނަވެފައިވާ ދުނިޔޭގައި ފަތުރުވެރިންގެ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އދ. ގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ (ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކަށް ފަތުރުވެރިންގެ ގޮތުގައި، 1.5 ބިލިއަން މީހުން ދަތުރުކޮށްފައިވެއެވެ.

ނަމަވެސް، ކޮވިޑް-19 ގެ ވަބާ ދުނިޔޭގެ ހަތަރު ބިތަށް ފެތުރި، ބަދަލުވެފައިވާ ހާލަތާއި ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ޔޫއެންޑަބްލިޔުޓީއޯ އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް މިވަރުގެ ބޮޑު ހީނަރުކަމެއް އައި މައިގަނޑު ސަބަބަކީ، އެއް ގައުމުން އަނެއް ގައުމަށް މީހުން އެތެރެވުމާއި ބޭރުވުން ހުއްޓުމަކަށް ގެނެސް، ދަތުރުފަތުރުކުރުން މަނާކުރުމާއި ގުޅިގެންނެވެ. ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ އިހްތިސާސް ހިނގާ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ. އަދި އެ ގައުމުތަކުގެ ރައްޔިތުން ފިޔަވައި، އެހެނިހެން ގައުމުތަކުން އަންނަ މީހުން އެތެރެވުން މަނާކޮށްފައެވެ.

ޔޫއެންޑަބްލިޔުޓީއޯގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުން، މިދިޔަ އަހަރާ އަޅާކިޔާއިރު ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ 300-450 ބިލިއަން ޑޮލަރާ ދޭތެރޭގެ އަދަދަކަށް ދަށަށް ދާނެއެވެ. 2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމްލަ ޖުމްލަ 1.5 ޓްރިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ.

މިހާރުގެ ހާލަތާއި ގުޅިގެން ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ހޯދާފައިވާ ކުރިއެރުން ގެއްލިގެން ހިނގައިދާނެ ކަމަށް މާހިރުން ބުނެއެވެ. ދުނިޔެއަށް ކުރިމަތިވީ އިގްތިސާދީ ހީނަރުކަމަށް ފަހު ވެސް ފަތުރުވެރިންގެ ގޮތުގައި ގައުމުތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދަށަށް ގޮސްފައިވަނީ އެންމެ 4 އިންސައްތައަށެވެ.

ބަދަލުވަމުން އަންނަ ހާލަތާއި ގުޅިގެން، މިހާރަށް ވުރެ ވެސް ހާލަތު ގޯސްވެދާނެ ކަމަށް ޔޫއެންޑަބްލިޔުޓީއޯ އިން ވަނީ އަންދާޒާކޮށްފައެވެ. އަދި މި ވަބާއިން ސަލާމަތްވުމުގެ ކޮޅުމަތި އަދި ފެންނަން ނެތްއިރު، ހުރިހާ ގައުމުތަކަކުން ވެސް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑު އާމްދަނީއެއް ލިބޭ ގައުމުތަކުން މިކަމަށް ސަމާލުވެތިބުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އެގޮތުން، މި ހާލަތުން އަރައިގަތުމަށް އެއް ގައުމު އަނެއް ގައުމުގެ އެހީތެރިކަން މުހިންމު ކަމަށާއި، ގުޅިގެން މަސައްކަތްކުރުމަށް ޔޫއެންޑަބްލިޔުޓީއޯގެ ސެކެޓްރީ-ޖެނެރަލް ޒުރާބް ޕޮލޮލިކާޝްވިލީ ގޮވާލެއްވިއެވެ. މިލިއަނެއްހާ މުވައްޒަފުންގެ ވަޒީފާތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާއިރު، މި ހާލަތުން އަރައިގަނެވޭނީ ގުޅިގެން ކުރާ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

09 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު