Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލިފާނުގެ ހާދިސާ

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 17:37
އަލިފާން ރޯވެ ގޮވި މެޝިން

އަލިފާން ރޯވެ ގޮވި މެޝިން

މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސި 07:45 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ދިރިއުޅުނު އަންހެނަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

މިހާދިސާގައި ދޮންނަ މެޝިނެއްގައި އެކަނި ރޯވި ނަމަވެސްް އެގޭގައި ދިރިއުޅެމުންދިޔަ މީހުންނަށް ވަނީ ވަރަށް ދަތި ހާލެއް ކުރިމަތިވެފަ އެވެ.

ތ.ގުރައިދޫ އުމުރުން 56 އަހަރުގެ ހައްވާ މަނިކެ އާދައިގެ މަތިން ބަދިގެއަށް ވަނީ، އެރޭގެ ކެއުމަށް އެއްޗެއް ތައްޔާރުކޮށްލުމަށެވެ. އެހެން ނަމަވެސް ކަންތައްވެގެންދިޔައީ މުޅިން އެހެން ގޮތަކަށެވެ. އުނދުން ރޯކޮށްލި އިރަށް ބާރު އަޑު ފައްގަނޑަކާ އެކު ދޮންނަ މެޝިނުގައި ރޯވީއެވެ. މ.ފެސިނޭޝަންގޭގައި ހިނގި މިހާދިސާގެ އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް ހުއްޓެވެ. މިހާދިސާ ހިނގި ގޮތް ހައްވާ މަނިކެގެ ފިރިހެން ދަރިފުޅުވަނީ ރާއްޖެއެމްވީއަށް ކިޔާދީފަ އެވެ.

އަހުމަދު ފަޒީން ( އަސްލު ނަަމެއް ނޫން) ޑިއުޓީ ނިންމާލުމަށް ފަހު ގެޔަށް އައީ އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ގެޔަށް އައިސް ކޮޓަރީގައި އޮތީ އަންހެނުންނާއެކު ފިލްމެއް ބަލާށެެވެ. އޭގެ ގާތްގަނޑަކަށް 45 މިނެޓް ފަހުން ކުއްލިއަކަށް ބާރު އަޑުފައްގަޑާއެކު މުޅި ގެ ހެލިގަތެވެ. ކޮޓަރީގެ އެނދުވެސް، މައްޗަށް އެރިހެން ހީވިއެވެ. . ކައިރީގަ އިން އަނބިމީހާ ވެސް ރޯންފެށި އެވެ. ކޮޓަރިން ނިކުތް އިރު ސިޓިންރޫމް ބެލްކަންޏަށް ވާގޮތަށް ހުރި ބިއްލޫރި ދޮރުތައް ތަޅައިގެން ގޮސް ބިއްލޫރިތައް ވަނީ ތިރިޔަށް ފައިބާފައެވެ. . އަވަހަށް ދެބުރިއަށް ހުރި އެ އިމާރާތުގެ ގްރައުންޑް ފްލޯއަށް ފޭބީ ވީ ގޮތެއް ބެލުމަށެެވެ. ސިޑިން ފޭބި އިރު މަންމަ (ހައްވާ މަނިކެ)ގެ ހެދުމުގެ ބޮޑުބައެއްގައި ރޯވެފައި ހުއްޓާ ފެނުނެވެ. މަންމަ ވަރަށް ބާރަށް ހަޅޭލަވަމުންދެ އެވެ. މަންމަ އަވަހަށް ފާހާނާއަށް ވައްދާ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލި އެވެ. ހަށިގަނޑުގެ ބޮޑުބައެއް ފިހި ހެދުމުގެ ބޮޑުބައެއް ވިރިފައިވުމުން، ބެޑްޝީޓަކުން މަންމަގެ ހަށިގަނޑު ކަވަރުކޮށް، ހޮސްޕިޓަލަށް ގެންދިއުމަށް ނިކުތީއެވެ. އެމަގުން ދިޔަ ޓެކްސީއަކަށް އެރުވުމަށް ފަހު މަންމަ އާއި ގޭ މީހަކު ހޮސްޕިޓަލަށް ފޮނުވާލީ އެވެ. އޭރު ގެ ހުރި ސަރަހައްދަށް މީހުންތައް ވަނީ ޖަމާވެފަ އެވެ. އަލިފާން ރޯވެފައި އޭރު ހުރީ ހަމައެކަނި މެޝިނުގަ އެވެ. ދުވެފައި އައިސް ބަދިގެއަށް ވަން އިރު އުނދުން ރޯކުރުމަށް، ގޭސް ދޫކޮށްފައި ހުއްޓެވެ. މިއީ ގޭސް ލީކުވެގެން ހިނގާދިޔަ ހާދިސާއެއް ކަމަށްއެހިސާބުން ބެލެވުނެވެ.

މިއީ ފަޒީނަށް ހާދިސާ ފެނުނު ގޮތެވެ. އޭނާ މިއަދު އެންމެ ބޮޑަށް ބޭނުން ވަނީ މަންމައަށް އަވަސް ފަރުވާލިބި، އެ އާއިލާއަށް ކުރިމަތިވި ކަންކަމުން އަރައިގަތުމެވެ.

ހައްވާމަނިކެ ހަށިގަނޑުގެ 55 ފަސެންޓް ފިހިފައިވާ އިރު އޭނާގެ މޫނު ނޫން އެހެން ހުރިހާ ތަނެއް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. ހަށިގަނޑުގެ ބައެއް ސަރަހައްދުތަކުގެ ހަންގަނޑު ބަދަލުކުރަން ޖެހުނު އިރު އެކަމަށް ބޭނުންވާ ހަން ވެސް އޭނާގެ ހަށިގަނޑުން ނެގެން ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. . މޫނުވެސް ވަނީ ކޮންމެވެސް ވަރަކަށް ފިހިފަ އެވެ..އޭނާގެ ހާލަތާމެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އައިލާއިން ބުނެ އެވެ. އާއިލާއިން ބޭނުން ވަނީ އޭނާ ބޭރަށް ގެން ގޮސް ފަރުވާ ދިނުމަށެވެ. އެހެންނަމަވެސް، އޭނާއަށް އިތުރަށް ދޭން އޮތް ފަރުވާއަކީ ރާއްޖެއިން ދެވޭނެ ފަރުވާއަކަށް ވާތީ ބޭރަށް ދިޔުމަށް އާސަންދަ ހިދުމަތް ލިބޭގޮ ތްވަނީ ނުވެފަ އެވެ. ނަމަވެސް އައިލާއިން އަމިއްލަ ޚަރަދުގައި ބޭރަށް ގޮސް ފަރުވާދިނުމަށް އެ އާއިލާގައި އެވަރުގެ ތަނަވަސް ކަމެއް ނެތެވެ..

އެގޭގައި 10 މީހުން ދިރިއުޅޭ އިރު އެހާދިސާ ހިނގި އިރު އެގޭގައި ތިބީ 5 މީހުންނެވެ. އެ އެންމެން މިހާރު ދިރިއުޅެމުން ދަނީ ޑިޒާސްޓަރ މެނޭޖްމެންޓުން ފޯރުކޮށްދީފައިވާ ކުލީ ކޮޓަރީގަ އެވެ. ޑިޒާސްޓަރ އިން 500ރ.ގެ ރޭޓުގައި ދެ ކޮޓަރި 7 ދުވަހުގެ މުއްދަތަށް އެ އާއިލާއަށް ވަނީ ހަމަޖައްސައި ދީފަ އެވެ. އެގޭ އެންމެންނަކީ ވެސް ގެއިން ކައިބޮއި އުޅޭ ބަޔަކަށް ވާތީ، ކުލީ ކޮޓަރީގައި ދިރިއުޅެންޖެހުމުން ކެއުމަށް އިތުރު ޚަރަދެއް ކުރަން ވަނީ ޖެހިފަ އެވެ. މިއީ ވެސް އެ އާއިލާއަށް ކުރިމަތިވެފައިވާ އިތުރު ކަންބޮޑުވުމެކެވެ. ހާދިސާ ހިނގި ގެއަކީ ކުއްޔަށްހިފައިގެން އެމީހުން ދިރިއުޅުނު އުޅުނުގެއެކެވެ. ނަމަވެސް އެގެ ވަނީ ރެދުލައި ސީލިންގ ފަޅައިގެން ގޮސް މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެފަ އެވެ.

މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، މިފަދަ އަލިފާނުގެ ހާދިސާތަކުން ކޮންމެފަދަ ގެއްލުންތަކަކާ ވެސް ކުރިމަތިވެދާނެ އެވެ. މިފަދަ ހާދިސާތަކުން ސަލާމަތް ވުމަށް، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އެޅުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަންދޭންޖެހެ އެވެ. އެހެން ނޫނީ މިފަދަ ހިތާމަވެރި އިތުރު ހާދިސާތައް ހިނގުމަށް މަގުފަހިވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

22 އެޕްރީލު 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!

އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!

25 ނޮވެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު