Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންނާ ބެހޭ ވޯޓެއް ނޫން، ބައިވެރިނުވީ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ފުރުސަތު ދެވޭތީ: ފޮރިން މިނިސްޓްރީ

16 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:36

އާރްޓޫޕީ ވޯޓުތަކުގައި ބައިވެރިނުވާން ރާއްޖެއިން ވަނީ ނިންމާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:36
ރޮންޖާ މުސްލިމުންތަކެއް، މިޔަންމާ ސަރުކާރުން ކުރަނީ ނަސްލު ނައްތާލުމުގެ މަސައްކަތް

ރޮންޖާ މުސްލިމުންތަކެއް، މިޔަންމާ ސަރުކާރުން ކުރަނީ ނަސްލު ނައްތާލުމުގެ މަސައްކަތް

އދ. ގައި ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުންނާ ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި ވޯޓުގައި ބައިވެރިނުވީ އެފަދަ ވޯޓްތަކުގެ ސަބަބުން ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ބާރުގަދަ ގައުމުތަކަށް ފުރުސަތު ދެވޭތީ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އ.ދ. ގައި ހުކުރު ދުވަހު ނެގި ވޯޓަކީ އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ 72 ވަނަ ސެޝަންގެ އެޖެންޑާ އާއި އެސެޝަނުގެ މަސައްކަތްތައް އިންތިޒާމް ކުރުމަށް ހަވާލުކުރެވިފައިވާ އާންމު ކޮމިޓީގެ ރިޕޯޓުގައި، ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ނަންބަރު 132 ގެ ދަށުން 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ' މިމައުޟޫޢު ހިމަނާނެތޯ ނުވަތަ ނުހިމަނާނެތޯ ބެލުމަށް ނެގުނު ޕްރޮސީޖަރަލް ވޯޓެއް ކަމަށެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީއިން ބުނީ އެ ވޯޓަކީ ރޮހިންޖާ މުސްލިމުންނާއި ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޖާ މުސްލިމުންގެ ނަން ހިމަނާފައި ވެސް ނުވާ ކަމަށެވެ.

މިނިސްޓްރީއިން ބުނީ 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައި ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތައް ކަމަށެވެ. އަދި އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެއިން އ.ދ. ގައި ސެޕްޓެމްބަރު މަހުގައި ވެސް ގޮވާލާފައިވާނެ ކަމަށް ބުނެފައިވެއެވެ.

އެ ވޯޓަކީ ރޮހިންޖާ މުސްލިމުންނާ ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި އެ މައްސަލައިގައި ރޮހިންޖާ މުސްލިމުންގެ ނަން ވެސް ހިމަނާފައިނުވާ ކަމަށް ދިވެހި ސަރުކާރުން ބުނާއިރު ގްލޯބަލް ސެންޓަރ ފޯ ދަ ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް(ޖީސީއާރްޓޫޕީ) އިން ހޮނިހިރު ދުވަހު ނެރުނު އާރްޓޫޕީ މޮނިޓަރ އިޝޫ 35 ގައި ބުނެފައިވާ ގޮތުން މިޔަންމާގެ ސަރުކާރުން ދަނީ ރޮހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސެންޓަރުގެ ރިޕޯޓުގައިވާ ގޮތުން ރޮހިންޖާ ދަރިކޮޅާ ދެކޮޅަށް ހިންގަމުންދާ ކަންތައްތަކަކީ އިންސާނިއްޔަތާ ދެކޮޅު އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްކުށެވެ.

އެ ސެންޓަރުން ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ވީހާވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފަ އެވެ. އެގޮތުން، މިޔަންމާގެ އަސްކަރިއްޔާއާއި ފުލުހުންނާއެކު ކުރިއަށްދާ އެންމެހާ ޓްރެއިނިންގ ޕްރޮގްރާމްތަކެއް ހުއްޓާލުމަށާއި އިންސާނީ އެހީދޭ ފަރާތްތަކަށް ރަޚައިން ސްޓޭޓްއަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި، ރޮހިންޖާ ދަރިކޮޅަށް ތަފާތުކުރުމަށް ތަސްދީގުކޮށްފައިވާ އެންމެހާ ގާނޫނުތައް އުވާލުމަށް ވަނީ ގޮވާލާފަ އެވެ.

މިޔަންމާގެ އިތުރުން، ސީރިއާ، އިރާގު، ޔަމަން، ސައުތް ސޫދާން، ޑީއާރް ކޮންގޯ، ސޫދާން، ބުރުންޑީ، ފިލިޕީންސް، އަފްގާނިސްތާން އަދި ސޯމާލިއާގެ ހާލަތާ މެދު ވެސް އެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ވޯޓްގެ ތަފްސީލް ޝީޓުން ހާމަވެ އެވެ.

އެ އައިޓަމް ރަސްމީ އެޖެންޑާގައި ހިމެނުމަށް ފާސްވީ 113 ގައުމެއްގެ ތާއީދާއެކު އެވެ. ރަސްމީ އެެޖެންޑާގައި އައިޓަމް ހިމެނުމާ ދެކޮޅަށް 21 ގައުމަކުން ވޯޓް ދީފައިވެއެވެ. 17 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ދީފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް