Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

ކޮންމެ އިންތިޚާބަކާ ދިމާކޮށް އެމްޑީޕީގެ ބަލިކުރުމުގެ ބޭނުމުގައި ކުޅޭ އެއް ކާދަކީ ދީނީ ކާޑެވެ. ލާދީނީ ބައެއްގެ ގޮތުގައި ސިފަކޮށްފައެެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިވެސް މިހާރު އެވަނީ އެކާޑް ކުޅެން ފަށާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2026 | ބުރާސްފަތި 12:48
ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި.

ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި. | އެކްސް

ރައްޓެއްސަކު މަގުމަތިން ދިމާވެގެން ބުނެލިއެވެ. ބޮޑުތާ ޖެހުނީ ދޯއެވެ. ވީ ކީއްތޯ އަހާލީމެވެ. ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ބުނީ "އެފެށީ ހަމަ އެފޮތުން" ކަމަށެވެ. "ގެޓެއް" ނުވިއޭ ތަންކޮޅެއް ތިލަކޮށްލަ ދީފާނަންހޭ ބުނެލީމެވެ.

އޭނާ ބުނީ މިވެރިންގެ ފަހު ކާޑަކީ ދީނާ ގައުމަށްޓަކައެވެ. މިނޫނިއްޔާ ގައުމުދެކެ ލޯބިވާ އަދި ދީނަށް އުޅޭ ބަޔަކު ނޫޅޭ ކަހަލައެވެ. އޭނާ ފަށްޗަކަށް އަމުނާލިއެވެ.

ކުޑައިކޮށް ވިސްނާލީމެވެ. އޭނާ ބުނިހެން ހީވާކަހަލަ ހެޑްލައިންތަކެއް އަޅައިގަތެވެ. ގައުމު ސަލާމަތްކުރާން ބޭނުމިއްޔާ ޕީއެންސީން ކައުނސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ ކަމަށް ވިދާޅުވީ ގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރެވެ. ދީނީ ތައުލީމް ހާސިލް ކުރައްވައިގެން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. މާކުރީ ޒަމާނެއްގައި އިދިކޮޅުގައި ހުންނަވައިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި މިހާރު ހިތްޕުޅާ ނުވެގެން އުޅުއްވާ މީހުންގެ ފުރަތަމަ ސަރުކާރުގައި ދެއްކެވި ވާހަކަފުޅު އަހަރެން ތަކުރާރެއް ނުކުރާނަމެވެ.

އެކަމަކު ކޮންމެ އިންތިޚާބަކާ ދިމާކޮށް މިއީ އިވޭ އަޑެކެވެ. ވަކި ބަޔަކީ ލާދީނީ ބައެކެވެ. އެވެރިން ހޮވައިފިނަމަ ރާއްޖެއިން އިސްލާމްދީން ފުހެވިދާނެ ކަމެވެ. އެންމެން ޣައިރުދީނަށް އަނބުރާނެ ވާހަކައެވެ. މިސްކިތްތަކުގެ ބަދަލުގައި ފައްޅިއަޅާނެއޭވެސް ހިސާބަކަށް ގޮވިއެވެ. އެވެރިންގެ ސަރުކާރެއްގައި މިސްތަކުން ބަންގީގެ އަޑެއް ނުއިވޭނެޔޭވެސް ބުނެ އުޅުނެވެ.

އެކަމަކު އެބުނާ ބައެއްގެ ދެވެރިކަމެއް ނިމިއްޖެއެވެ. ގައިމު އެބުނާ އަޑެއް މިސްކިތަކުން ނުކެނޑުނެވެ. މިތަނުން ފެނުނު ފައްޅިއެއް ނެތެވެ. އެޅި މިސްކިތެއް މަދެއް ނޫނެވެ. އިސްލާމީ ކަންކަކްނ ކުރަން ފުރަތަމަ އައްވަލަށްވެސް މިނިވަން ވުޒާރާއެއް ހަދާ އެވުޒާރާއަށް ވަޒީރަކު ލީވެސް ހަމަ އެވެރިންނެވެ. އެވުޒާރާ ހަމައިސކޮޅަށް ތެދުވެލާ މިތަނުގައި ހިންގާންފެށި ދީނީ ކަންތައްތައްތައްވީ އިތުރެވެ. ސީދާ މައްސަލައަށް އެޑްރެސްކޮށް ހަފްތާއަކު އާ ޚުތުބާއެއް ދޭން ފެށިއެވެ. ދީނީ އިލްމުވެރިންގެ ބިރުވެރިކަން ނައްތާލައި އެވެރިންނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނެވެ. އިސާހިތަކު ކުރިން ހަރަކާތްތެރި ނުވެވުނު ދީނީ އިލްމުވެރިންނަށް ބާރަށް ދީނީ މަސައްކަތް ފަށައިގަނެވުނެވެ. ރަށްރަށުގައި ދޭނެ އިރަކު ތަގްރީރުތައް ދެވެން ފެށުނެވެ. ދީނީ ޖަމްއިއްޔާ ޖަމާއަތަތްއ ހަދައިގެން ހިންގުމުގެ ޖާގަ ކަށަވަރުވިއެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ކުރިން އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ނުކުރެވޭހާ ބޮޑަށް ޖާގަ ތަނަވަސްވީ އެބުނާ އެމްޑީޕީން ރާއްޖޭގެ ވަެރިކަމާ ހަވާލުވުމާއެކުގައެވެ. އޭގެ ފަހުން ލިބުނު ދުލުގެ މިނިވަންކަމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއެކު މިހާރު އެވަނީ އެކަމަށް ހުރަސްނޭޅޭވަރަށް މަލަރުވެފައެވެ.

މިއީކީ ނަގަނަގައިގެން ތަކުރާރުކުރަން ޖެހޭވަރުގެ ވާހަކައެއް ނޫނެވެ. ކިރިޔާވެސް ރާއްޖޭގެ ކަންކަމުގައި ކަންހިނގިގޮތުގެ އާޖްފާޖް އެނގޭ މީހަކަށް ވަހުމެއް އޮޅުމެއް އޮތްކަމެއް ނޫނެވެ.

އެކަމަކު މިފަހަރުގެ އިންތިޚާބުގައިވެސް އެފެށީ އެވާހަކައެވެ. އާ ރާގަކަށް އަނެއްކާވެސް އެލަވަ ކިޔާން އެވަނީ ފަށާފައެވެ. އެލަވަ ކިޔައިގެން އެބެރަށް ނަށުވައިގެން ގެނައި ސަރުކާރުންނެވެ. ކުރީގެ ސަރުކާރުތަކުން ކުރީތީ ދީނާ ދެކޮޅު ކަމަކަށްވެގެން އަޑު އުފުލި ކަންކަން ކުރަމުންދާ ސަރުކާރުންނެވެ. ކުރިން ޔޯގާ ހަރާމްވެގެން އައިސް މިހާރު ހަލާލްވި ސަރުކާރުންނެވެ. މިއުޒިކާއި ސްޓޭޖް ޝޯވތައ ގޯސްވެގެން އައިސް އެއަށްވުރެ ގިނައިން އެކަންކަން ބާއްވަމުންދާ ސަރުކާރުންނެވެ. އިސްރާފު ބޮޑުވެ ޖަށްވަށް ހަވަޔަށް ބަޑިބޭހުގެ ގޮތުގައި ދެއިރު ދެދަޅައަށް ހަވާ އަރުވަމުންދާ ސަރުކާރުންނެވެ. ބަލާލި ކޮންމެ ދިމާލަކުން ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ކުރެވޭ އަޑުތައް އިވިއިވި އޮތް ސަރުކާރުންނެވެ. ހަމަޔަށް އެފަދަ ކަންކަމުގައި އުޅޭ މީހުން ރީތިކޮށް ނަލަކޮށް އެކަންކުރާން ދޫކޮށްލައިގެން އޮތް ސަރުކާރުންނެވެ. މިހުރިހާކަމެއް ފޫބައްދައި ފަސާހާތްތެރިކަމާއި ބަލާޣާތްތެރިކަމާއެކު ރޯމާ ދުވާލު އިތުރުފުޅު ހައްދަވަމުން ގެންދަވާ ވަލިއްޔުލް އަމުރަކު ހުންނެވި ސަރުކާރަކުންނެވެ.

ކޮންމެއަކަސް ދީނީ ކާޑާއި ގައުމީ ކާޑު މިހާރު ބާވިތާ ކިތަންމެ ދުވަހެކެވެ. ތިޔަވާހަކަތައް ނޭނގޭ ހަމަ އެކަކުވެސް މިހާރަކު ނޫނެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ތިޔަކުޅެނީ ފަހުކާޑުކަން އެންމެން ދަނެއެވެ. ތިޔައީ މިހާރު ބާ ލަވައެކެވެ. ވައިގާ ނުހިފާނެ ކުރީގެ ލަވައެކެވެ. ކޮންމެ ފަހަރަކުވެސް ގައުމަށްޓަކައޭ ދީނަށްޓަކައޭ ބުނެ އައިސް ދެން ގަންނަ ގަނޑު ފަހުމް ނުވާ މީހަކު މި އުޑުބަޅުކުރި ހިސާބަކު ނެތެވެ.

 

ޕީއެންސީޑރ މުޙައްމަދު ޝަހީމް އަލީ ސައީދުއިޖުތިމާޢީ ވުޒާރާއެމްޑީޕީޔޯގާކަރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

19 ފެބުރުއަރީ 2026
އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

19 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

19 ފެބުރުއަރީ 2026
ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

19 ފެބުރުއަރީ 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު