Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުހައްމަދު މުއިއްޒު

ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް

17 ފެބުރުއަރީ 2026 | އަންގާރަ 19:32

ރާއްޖޭގެ އަމާންކަމާއި ދިވެހީންގެ ގަދަރު މަތިވެރިކުރުމަށްޓަކައި، މި ބަރަކާތްތެރި މައްސަރަކީ ވަގުތަށް ކަމޭހިތުމާއި ހެޔޮ އަމަލުތައް އިތުރުކޮށް، ނަފްސު އިސްލާހުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރެއްވި. އެހެންކަމުން، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ޚުލްގުހެޔޮ، ނަމާދަށް ފަރުވާތެރިވާ މުޖުތަމައެއް ބިނާކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ.

އަލީ ޝާހީން
އަލީ ޝާހީން | 17 ފެބުރުއަރީ 2026 | އަންގާރަ 19:32
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު | ރައީސް އޮފީސް

މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް، ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާނެޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

މާދަމާ ފަށާ މިއަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ،  މުޖުތަމައުކަށް ނުވަތަ ގައުމަކަށް އިސްލާހެއް ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށްވުން މުހިއްމު ކަމަށާއި އެކަން ފަށަން ޖެހެނީ އެ މީހަކާ ހިސާބުން ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، މުޖުތަމައުއިން ދެކެން ބޭނުންވާ ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރައީސް ހިމެނުއްވީ ދީނީ ކަންކަމާއި އާދަކާދައިގެ ކަންކަމާއި އުސޫލާއި ގާނޫނާއި ގަވާއިދަށް ބޯލެނބުމެވެ.

ދިވެހިރާއްޖޭގެ އަމާންކަމަށްޓަކައެވެ. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައެވެ. ހެޔޮލަފާ، ހުލްގު ހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައެވެ. ދުނިޔޭގެ އެހެން މީހުންގެ ކިބައިން ވެސް ދިވެހީންނަށް ހެޔޮބަސްތައް ލިބި، ދިވެހީންގެ ގަދަރު މަތިވެރިވުމަށްޓަކައެވެ
ރައީސް ޑރ. މުހައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައަކީ އުސޫލާއި ގާނޫނާއި ގަވައިދުތަކަށް ބޯލަނބައި، ދީނީކަންކަމާއި އާދަކާދައިގެ ކަންކަން ކުރިއަރުވާ މުޖުތަމައެއްގެ ގޮތުގައި ދިވެހީން ދެކެން ބޭނުންވާ ކަމަށެވެ.  އަދި މިފެށޭ ރަމަޟާން މަހަކީ މާތް ﷲގެ ކިބައިން މަދަދު ހޯދުމަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވައި، ރަމަޟާން މަހަކީ އަޅުކަންތަކާއި ވަގުތުތައް ރާވައިލާ، ވަގުތަށް ކަމޭހިތަން ދަސްކޮށްދީ، ހިތާއި ރޫހުން ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރަން ދަސްކޮށްދޭ މައްސަރެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ދިވެހީންގެ އަމާންކަމަށްޓަކައި އަދި ދުނިޔެއާއި އާޚިރަތުގެ ސަލާމަތަށްޓަކައި، ޚުލްގުހެޔޮ، ފަސް ވަގުތު ބަރާބަރަށް ނަމާދުކުރާ މުޖުތަމައެއް ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ގެ ޚިޠާބުގައި ވިދާޅުވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުރަަމަޟާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ
17 ފެބުރުއަރީ 2026

ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި

17 ފެބުރުއަރީ 2026
ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި
17 ފެބުރުއަރީ 2026

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

17 ފެބުރުއަރީ 2026
އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި
17 ފެބުރުއަރީ 2026

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ
17 ފެބުރުއަރީ 2026

ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި
17 ފެބުރުއަރީ 2026

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް
17 ފެބުރުއަރީ 2026

ފައިސާ ޗާފު ކުރަނީ އެއް ނޫން. ރޯދަ އަށް 20ރ. ގެ ނޫޓުގެ ޑިމާންޑް މާ ބޮޑަށް މައްޗަށް ދިޔައީ އެވެ!

17 ފެބުރުއަރީ 2026
ފައިސާ ޗާފު ކުރަނީ އެއް ނޫން. ރޯދަ އަށް 20ރ. ގެ ނޫޓުގެ ޑިމާންޑް މާ ބޮޑަށް މައްޗަށް ދިޔައީ އެވެ!
17 ފެބުރުއަރީ 2026

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި
16 ފެބުރުއަރީ 2026

ރަމަޟާން: އަހުގެ ތެރޭގައި މުސްލިމުން ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މަސް

16 ފެބުރުއަރީ 2026
ރަމަޟާން: އަހުގެ ތެރޭގައި މުސްލިމުން ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މަސް
16 ފެބުރުއަރީ 2026

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

16 ފެބުރުއަރީ 2026
ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް