Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން

ރަމަޟާން: އަހުގެ ތެރޭގައި މުސްލިމުން ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މަސް

އިސްލާމީ ކަލަންޑަރު ހަނދުގެ މަސްތަކަށް ބިނާވާތީ ކޮންމެ އަހަރަކުވެސް ރަމަޟާން މަސް ފެށޭ ތާރީޚު ކުރިއަށް ޖެހޭއިރު، 2030 ވަނަ އަހަރު ދެ ރަމަޟާން މަސް އަންނާނެ. ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދުވާލުގެ ވަގުތު ތަފާތުވުމުގެ ސަބަބުން ރޯދައަށް ހުންނަންޖެހޭ ވަގުތު ތަފާތުވި ނަމަވެސް، އުތުރު ބިތުގެ ގައުމުތަކުގައި ރޯދަ ހިފަންޖެހޭ ވަގުތު 2031 ވަނަ އަހަރާ ހަމައަށް ދާނީ ކުރުވަމުން. މި ބަރަކާތްތެރި މައްސަރަކީ ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރު ކަމަށްވުމާއެކު، މުސްލިމުން މި މަހުގައި އަޅުކަންތަކާއި ތަޤުވާވެރިކަން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭ.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 17:10
ގުދުސްގެ އޯލްޑް ސިޓީގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައިވާ ޑޯމް އޮފް ދަ ރޮކް ކައިރީގައި، މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ގޮތުން ހަނދު ބެލުމަށްޓަކައި މީހަކު ޓެލެސްކޯޕެއް ބޭނުންކުރަމުންދާއިރު، އެ މަންޒަރު ބަލަން ބަޔަކު މަޑުކޮށްލައިގެން - ފެބްރުއަރީ 28, 2025.

ގުދުސްގެ އޯލްޑް ސިޓީގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައިވާ ޑޯމް އޮފް ދަ ރޮކް ކައިރީގައި، މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ގޮތުން ހަނދު ބެލުމަށްޓަކައި މީހަކު ޓެލެސްކޯޕެއް ބޭނުންކުރަމުންދާއިރު، އެ މަންޒަރު ބަލަން ބަޔަކު މަޑުކޮށްލައިގެން - ފެބްރުއަރީ 28, 2025. | ގެޓީ އިމޭޖަސް

މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ، ހަނދު ފެންނަ ގޮތުގެ މައްޗަށް ބިނާކޮށް، ފެބްރުއަރީ މަހުގެ 18 ނުވަތަ 19 ވަނަ ދުވަހު އެވެ.

ޖުމްލަ 29 ނުވަތަ 30 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މަހުގައި، ރޯދަ ހިފާ މުސްލިމުން ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކެއުމާއި ބުއިމުން ދުރުހެލިވާނެއެވެ. އެމީހަކު ހުރި ސަރަހައްދެއްގެ ގޮތުން، އާންމުގޮތެއްގައި ދުވާލަކު 12 ގަޑިއިރާއި 15 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ރޯދަ ހިފަން ޖެހޭނެ އެވެ. މުސްލިމުން ގަބޫލުކުރާ ގޮތުގައި ރަމަޟާން މަހަކީ މީގެ 1،400 އަށްވުރެ ގިނަ އަހަރު ކުރިން ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ކީރިތި ޤުރުއާނުގެ ފުރަތަމަ އާޔަތްތައް ބާވައިލެއްވުނު މައްސަރެވެ.

ރޯދަ ހިފުމަކީ "ތަޤުވާވެރިކަން" ނުވަތަ މާތްﷲ އަށް ބިރުވެތިވުން އިތުރުކުރުމުގެ މަގްސަދުގައި، ދުވާލުގެ ވަގުތުތަކުގައި ކެއުމާއި، ބުއިމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި އަދި ޖިންސީ ގުޅުން ހިންގުމުން ދުރުހެލިވެ ހުރުމެވެ.

ކޮންމެ އަހަރަކު ރަމަޟާން މަސް ފެށޭ ތާރީޚު ތަފާތުވަނީ ކީއްވެ؟

އިސްލާމީ ކަލަންޑަރު ބިނާވެފައިވަނީ ހަނދުގެ މަސްތަކުގެ މައްޗަށް ކަމަށްވެފައި، ކޮންމެ މަހެއްގައި 29 ނުވަތަ 30 ދުވަސް ހިމެނޭތީ، ކޮންމެ އަހަރަކުވެސް ރަމަޟާން މަސް ފެށޭ ތާރީޚު 10 ނުވަތަ 12 ދުވަސް ކުރިއަށް ޖެހެ އެވެ.

ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ދިރިއުޅޭ އުތުރު ބިތުގެ ގައުމުތަކުގައި، މި އަހަރު ރޯދައަށް ހުންނަންޖެހޭ ވަގުތު ކުޑަކޮށް ކުރުވާނެއެވެ. އަދި 2031 ވަނަ އަހަރާ ހަމައަށް މި ވަގުތު ދާނީ ކުރުވަމުންނެވެ. 2031 ވަނަ އަހަރު ރަމަޟާން މަސް ދިމާވާނީ އަހަރުގެ އެންމެ ދުވަސް ކުރުވާ "ވިންޓަރ ސޮލްސްޓިސް" ނުވަތަ ފިނި މޫސުމުގެ ދުވަސްވަރާ އެވެ.

ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުން މި އަހަރު ރޯދައަށް ހުންނަންޖެހޭ ވަގުތު، މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވާނެ އެވެ.

ހަނދުގެ އަހަރެއް، އިރުގެ އަހަރަކަށް ވުރެ 11 ދުވަސް ކުރުވުމުގެ ސަބަބުން، 2030 ވަނަ އަހަރު ދެ ރަމަޟާން މަސް އަންނާނެ އެވެ. އެއީ އެ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ފެށޭ ރަމަޟާން މަހާއި، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފެށޭ ރަމަޟާން މަހެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަ ހިފާ ވަގުތުތައް

ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދުވާލުގެ ވަގުތު ދިގުމިނުގައި ތަފާތުތަކެއް ހުރެ އެވެ.

މިހާރު މިއީ އުތުރު ބިތުގެ ގައުމުތަކަށް ފިނި މޫސުން ކަމަށްވުމުން، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރޯދައަށް ހުންނަންޖެހޭ ވަގުތު މި ރަމަޟާން މަހު ކުރުވާނެއެވެ. އެގޮތުން ފުރަތަމަ ދުވަހު ގާތްގަނޑަކަށް 12 ގަޑިއިރާއި 13 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ރޯދަ ހިފަން ޖެހޭއިރު، މަސް ނިމެންދެން މި ވަގުތު ދާނީ އިތުރުވަމުންނެވެ.

ޗިލީ، ނިއުޒީލެންޑް އަދި ދެކުނު އެފްރިކާ ފަދަ ދެކުނު ބިތުގެ ގައުމުތަކުގައި ދިރިއުޅޭ މީހުން ރޯދައަށް ހުންނަންޖެހޭ ވަގުތު ދިގުވާނެ އެވެ. އެގޮތުން ފުރަތަމަ ދުވަހު 14 ގަޑިއިރާއި 15 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ރޯދަ ހިފަން ޖެހޭނެ އެވެ. ނަމަވެސް، މަސް ނިމެންދެން އެ ސަރަހައްދުތަކުގައި ރޯދަ ހިފަންޖެހޭ ވަގުތު ދާނީ ކުރުވަމުންނެވެ.

ރަމަޟާން މަހުގެ ތަހުނިޔާ

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގައި ރަމަޟާން މަހުގެ ތަހުނިޔާ ބަދަލުކުރުމުގައި އެ ބަޔެއްގެ އަމިއްލަ ބަހުން ތަފާތު ބަސްތައް ބޭނުންކުރެ އެވެ.

މުސްލިމު ގައުމުތަކުގައި އެންމެ އާންމުކޮށް ބޭނުންކުރާ ތަހުނިޔާގެ ބަސްތަކަކީ "ރަމަޟާން މުބާރަކް" އަދި "ރަމަޟާން ކަރީމް" އެވެ. މީގެ މާނައަކީ ބަރަކާތްތެރި ނުވަތަ ދީލަތި މައްސަރަކަށް ތިބާ އަށް އެދެމޭ ބުނުމެވެ.

މަސްދަރު: އަލް ޖަޒީރާ

ރަަމަޟާންނަބިއްޔާ މުޙައްމަދު ﷺޤުރުއާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

16 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ

ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ

16 ފެބުރުއަރީ 2026
ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

15 ފެބުރުއަރީ 2026
ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު