Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދޭ: "ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ"

16 ފެބުރުއަރީ 2026 | ހޯމަ 11:30

ނ. ކެނދިކުޅުދޫގައި އާ ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޮޑު ބިމެއް ހަމަޖައްސައި ދީފައިވީ ނަމަވެސް، އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީއަށް މަޝްރޫއުގެ ތަފްސީލާއި ކުރެހުންތައް ނޭނގޭތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 16 ފެބުރުއަރީ 2026 | ހޯމަ 11:30
 ދާ ސަރަހައްދުގައި ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު، ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ދެއްވަނީ.

ދާ ސަރަހައްދުގައި ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު، ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ދެއްވަނީ. | ރާއްޖެ އެމްވީ

ނ.ކެނދިކުޅުދޫ އާޕޮލިސް ސްޓޭޝަންގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށާއި އެ ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ ކަމަށް އެ ރަށުގެ ކައުންސިލް އިން ބުނެފި އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުޙައްމަދު ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އަށް އެ ތަނުގެ މަސައްކަތާއި ގުޅޭ ތަފްސީލްތައް ނޭނގޭ ކަމަށެވެ. އަދި އެ ތަނުގެ ކުރެހުމާއި ގުޅޭ ގޮތުން އެމްޓީސީސީ އިން ސުވާލުކުރަނީ ކައުންސިލާއި ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

"އަޅުގަނޑުމެންނަކަށް ނޭނގެ މި ތަނުގައި އަޅަނީ 1 ބުރީގެ ތަނެއް ކަމެއް، 2 ބުރީގެ ތަނެއް ކަމެއް. ބިން ހަވާލުކޮށްފައި މި އޮތީ. މަސައްކަތް ކުރިއަކަށް ނުދޭ." އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ކެނދިކުޅުދޫ ކައުންސިލަކީ ސަރުކާރުން ކުރާ މައްކަތްތަކަށް ފުރިހަމަ އަށް އެއްބާރު ލުން ދޭނެ ކައުންސިލެއް ކަމަށެވެ. އެގޮތުން ކެނދިކުޅުދޫ އަށް ބޭނުންވާ ފެންވަރުގެ ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމަށް ކައުންސިލުން ހިލޭސާބަހަށް ބޮޑު ބިމެއް އެ ރަށުން ދީފައި ވާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މިހާރު އެ ރަށުގައި ހުރި ޕޮލިސް ސްޓޭޝަނަކީ ވެސް ކައުންސިލުން އިމާރާތް ކޮށް ކަމާއި ގުޅުން ހުރި އިދާރާ އާއި ހަވާލުކޮށްފައިވާ ތަނެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކައުންސިލުން ހަދާފައި އެތަން ހަވާލު ކުރީ. ދެން އެ ތަނަށް ކޮންމެވެސް ވަރެއްގެ ކުއްޔެއް ދައްކަން ޖެހޭތީ އެ ބޭފުޅުން އެ ކަންބޮޑުވެ ވަޑައިގަންނަވަނީ. މާލޭގައި އިމާރާތް ހަދައިގެން، މިލިއަނުން ފައިސާ ދިނަސް އެއީ މައްސަލަ އެއް ނޫން. ރަށެއްގައި ކުޑަ އެއްޗެއް ދައްކަން ޖެހުނީމަ ބޮޑު ކަމަކަށް މި ވަނީ." ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އާ ޕޮލިސް ސްޓޭޝަން އެޅުމަށް އެންމެ ފުރަތަމަ ކައުންސިލުން ދިނީ 5000 އަކަފޫޓުގެ ބިމެއް ކަމަށެވެ. ނަމަވެސް އެތަން ކުޑަ ވެގެން އެ ޝަކުވާ ކުރުމުން، 18،000 އަކަފޫޓުގެ ބިމެއް ކައުންސިލުން ވާނީ އެ މަސައްކަތަށް ހަމަޖައްސާދީފައި ކަމަށް ހަސަން ވިދާޅުވި އެވެ.

ކެނދިކުޅުދޫ ކައުންސިލުން އެދިފައި ވަނީ މަދުވެގެން 8 މީހުންނަށް މަސައްކަތް ކުރެވޭ ގޮތަށް އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ އިންތިޒާމްތައް ހަމަޖައްސާ ދިނުމަށެވެ. އެ ރަށުގައި ފުލުހުންގެ ޚިދުމަތް ދޭން ފެށީ 2022 ވަނަ އަހަރެވެ.

ކެނދިކުޅުދޫހައްސާން މުހައްމަދުމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީރާއްޖެޓީވީ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

15 ފެބުރުއަރީ 2026
ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!
15 ފެބުރުއަރީ 2026

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ
13 ފެބުރުއަރީ 2026

ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފައިސާ ހަމަނުޖެހޭތީ މަޑުޖެހިއްޖެ: ކައުންސިލްގެ ރައީސް ރައޫފް

13 ފެބުރުއަރީ 2026
ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފައިސާ ހަމަނުޖެހޭތީ މަޑުޖެހިއްޖެ: ކައުންސިލްގެ ރައީސް ރައޫފް
11 ފެބުރުއަރީ 2026

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

11 ފެބުރުއަރީ 2026
ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް
06 ފެބުރުއަރީ 2026

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

06 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް
02 ފެބުރުއަރީ 2026

އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ، އަދި މަޝްރޫއު ވެސް ނުފެށޭ: އީއާރުއޭގެ ޗީފް އެގްޒެކެޓިވް

02 ފެބުރުއަރީ 2026
އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ، އަދި މަޝްރޫއު ވެސް ނުފެށޭ: އީއާރުއޭގެ ޗީފް އެގްޒެކެޓިވް
15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް