Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

އެމްޑީޕީގެ ލީޑަރޝިޕުން ރ. ދުވާފަރަށް ކުރި ޒިޔާރަތުގައި، އެ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ފާހަގަވި. އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރާއި ބައި ވެގެންދިޔައިރު ދުވާފަރުގައި މަޝްރޫއުތައް ހުއްޓިފައިހުރުމުން ރައްޔިތުން މިހާރު ތިބީ ސަރުކާރަށް "ނޫނެކޭ" ބުނަން ތައްޔާރަށް ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 14:30
އެމްޑީޕީގެ ކެމްޕެއިން ޓީމް ރ. ދުވާފަރަށް ކުރި ދަތުރުގެ ތެރެއިން

އެމްޑީޕީގެ ކެމްޕެއިން ޓީމް ރ. ދުވާފަރަށް ކުރި ދަތުރުގެ ތެރެއިން | އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑިޕީގެ ލީޑަރޝިޕްގެ ބޭފުޅުން އަތޮޅު ތެރެއަށް ފުރާވަޑައިގެންފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ބުރާސްފަތި ދުވަހުގެ ރޭ ލޯންޗުކުރުމަށްފަހު ހުކުރު ދުވަހު އަތޮޅުތެރެއަށް ކުރާ މިދަތުރުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

އެގޮތުން ހުކުރު ދުވަހު ހަވީރު ރ. ދުވާފަަރު ގައި ވަނީ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތެއް ބާއްވާފަ އެވެ. މި ހަރަކާތް ނިންމަވާލެއްވުމަށްފަހު ރާއްޖެ އެމްވީ އަށް ދެއްވި އިންޓާވިއުއެއްގައި އެމްޑީޕީ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ، މިހަރަކާތުން އެންމެ ބޮޑަށް ފާހަގަވީ ރައީސް މުޢިއްޒު ހައްދަވާ ދޮގު ރައްޔިތުންނަށް ސާފުވެފައިވާ މިންވަރު ކަމަށާއި މިސަރުކާރަށް ދެ އަހަރާއިބައި ވެގެންދިޔައިރު ދުވާފަރުގެ ތަރައްގީއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.

ދެއަހަރާއި ބައިވެގެންދިޔައިރު މިރަށުގައި އެޅި ބިންގަލެއް ފެންނާކަށެއް ނެތް މިހާރު. އެހެންވީމަ ރައްޔިތުން ގަބޫލުކުރޭ އަބަދުވެސް އެމްޑީޕީ ސަރުކާރު އައިސްގެން ނޫންގޮތަކަށް މިރަށުގައި މަސައްކަތްތަކެއް ނުކުރެވޭނެ ކަން. މިރަށުގެ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ނުފެންނާނެކަން. އެހެންވީމަ މިރަށުގެ ރައްޔިތުން އެމްޑިޕީ ޓީމާއެކު ތިބިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު.
އިބްރާހިމް ނާޒިލް 

ނާޒިލް ވިދާޅުވީ ދުވާފަރުން އަދިވެސް ފެންނަނީ އެމްޑީޕީގެ ސަރުކާރުން ކޮށްފައިހުރި މަސައްކަތްތައް ކަމަށާއި 2 އަހަރުވެގެންދިޔައިރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ ދުވާފަރުގެ ރައްޔިތުން މިސަރުކާރަށް ނޫނެނެކޭ ބުނެފި ކަމަށެވެ. 

އެމްޑީޕީއިބްރާހިމް ނާޒިލްރ. ދުވާފަރުލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

13 ފެބުރުއަރީ 2026
ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

13 ފެބުރުއަރީ 2026
ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު