Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭ ފޭސް 3

ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން

ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިއުލާނެއްގައި ހުޅުމާލެ ފޭސް 3 ގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސް ކުރިން ދޫކޮށްފައިވާ ބަންޑާރަގޯތީގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށް ބުނެފައިވޭ. މި ގޮތަށް ރަޖިސްޓްރީ ބާތިލްކުރުމަކީ ޤާނޫނީ އެކަށީގެންވާ ސަބަބެއް ނެތި ކުރާ ކަމެއް ކަމަށާއި ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު ސަރުކާރުން ނާޖާއިޒް މަންފާތަކެއް ނަގާ ކަމަށް ފޭސް 3 ޔޫނިއަނުގެ ވަކީލު އަލީ ހުސައިން ވަނީ ތުހުމަތުކުރައްވާފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 18:11
ހުޅުމާލެ ފޭސް 3 ޔޫނިއަންގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހުޅުމާލެ ފޭސް 3 ޔޫނިއަންގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

ހުޅުމާލެ ފޭސް 3 ގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް ކަަމަށް ހުޅުމާލެ ފޭސް 3 ޔޫނިއަން އިން ބުނެފި އެވެ. 

ގެޒެޓުގައި ޖެނުއަރީ 27 ވަނަ ދުވަހު ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ފޭސް 3 ގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލަކާއި ގުޅިގެން ހުޅުމާލެ ފޭސް 3 އިން ހަދާފައިވާ ރެޖިސްޓްރީތައް ބާތިލް ކުރަން ނިންމި ކަމަށް ބުނެފަ އެވެ. ހައުސިން މިނިސްޓްރީގެ 19 ޑިސެންބަރު 2025 ގެ އިޢުލާނާ އެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފަ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އެ ބަދަލާ ގުޅިގެން، ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލުކޮށް، އައު ބަންޑާރަގޯތީގެ ރަޖިސްޓަރީ ދޫކުރުމަށް ވަނީ ހަމަޖެހިފަ ކަމަށް  މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ޙަވާލުކޮށްފައި ނުވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމާއި ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާކަމުގައި އެ އިއުލާންގައި ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހުޅުމާލެ ފޭސް 3 ޔޫނިއަންގެ  ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ ކޮންމެ ސަރުކާރަކުން ރަޖިސްޓްރީގެ އެއްބަސްވުން ދިނަސް ދައުލަތުގެ ނިޝާން ޖަހާ ސިއްކަ ޖަހާފައިވާ ރަޖިސްޓްރީ އަކީ ދައުލަތް ހިންގާ ސަރުކާރު ބަދަލުވީމަ ބޭނުންހާ ގޮތަކަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެކަމަށް ޤާނޫނީ އެކަށީގެންވާ ސަބަބެއް އޮންނަން ޖެހޭނެ ކަމަށާއި މި ވަގުތު މިނިސްޓްރީ އިން ބުނާ ހާލަތަކީ އެފަދަ ހާލަތެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެންނަނީ ކަމަށް ބުނެ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ހުރި ކަމަށް ވެސް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި ވެރިކަމުގައި ލޭންޑް ޔޫޒް ޕްލޭނަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކު ނާޖާއިޒް މަންފާތަކެއް ނަގާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"މި ކަމުގެ ފަހަތުގައި ސަރުކާރުން ބިން ވިއްކާކަމަށް ވާނަމަ އޭސީސީ އިން ސަމާލުވާން ޖެހޭ. އެކަން ކުރަނީ ބިޑަށް ހުޅުވާލައިގެންތޯ ނޫންތޯ އެބަ ސަމާލުވާން ޖެހޭ. އެކަމަށް އޭސީސީ އިން ބަލަން ޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

އެތައް ފަހަރަކު ރަށްރަށުގައި ވެސް ލޭންޑްޔޫޒް ޕްލޭން ބަދަލު ކުރާ ކަމަށާއި އެ ބަދަލު ގެންނަ  ކޮންމެ ފަހަރަކު ގޯތީގެ ރަޖިސްޓްރީ ބާތިލް ނުކުރާ ކަން އަލީ ހުސައިން ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން މި ސަރުކާރުން ކުރިން ގުޅީފަޅުގެ ރަޖިސްޓްރީ ވެސް ބާތިލް ކުރަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފަހުން އެ ރަޖިސްޓްރީ ބާތިލް ނުކުރާ ގޮތަށް ނިންމީ ސަރުކާރަށް އާއްމުންގެ ޕްރެޝަރ ބޮޑުވުމުން ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. 

ހުޅުމާލޭ ފޭސް 3ހައުސިންގް މިނިސްޓްރީއަލީ ހުސެއިންބިންވެރިޔާ ސްކީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

29 ޖެނުއަރީ 2026
"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

29 ޖެނުއަރީ 2026
 ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

27 ޖެނުއަރީ 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

25 ޖެނުއަރީ 2026
ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު