Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ މިނިސްޓްރީ

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރަން ގެންދިޔައީ ކަރަންޓު ނެތް، ކުރީގެ ހައުސިންގ މިނިސްޓްރީއަށް

7 ފެބުރުއަރީ 2026 | ހޮނިހިރު 07:04

އެޕޮއިންޓްމަންޓް ދީފައިވާ ގަޑިއަށް މީހުން ހާޒިރުވިއިރު، ކަރަންޓު ނެތް އިމާރާތެއްގައި އެއްވެސް އިންތިޒާމެއް ނެތި ގިނަ ވަގުތު މަޑުކުރަން ޖެހުމުގެ އިތުރުން، ޚިދުމަތް ދިނުމުގައި ބޮޑެތި ލަސްތަކެއް ހުރިކަން އާންމުން ފާހަގަކުރެ. މިކަމާ ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް ބުނީ ޚިދުމަތް ދިނުމުގައި އެކަށީގެންވާ ތައްޔާރީތަކެއް ވެފައި ނެތް ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން | 7 ފެބުރުއަރީ 2026 | ހޮނިހިރު 07:04
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން | ރާއްޖެ އެމްވީ

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރަން ކަރަންޓް ނެތް ކުރީގެ ހައުސިންގ މިނިސްޓްރީ އަށް މީހުން އެއްކޮށްފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޖިސްޓްރީ ހަވާލުކުރަން މީހުންނަށް އެޕޮއިންޓްމަންޓް ދީފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 9 އިން ފެށިގެންނެވެ. އެވަގުތު އެތަނުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި ހެނދުނު 10 ޖެހުމާއި ހަމައަށް ވެސް އެތަނުން އެ މިނިސްޓްރިގެ އެއްވެސް ބޭފުޅަކު ފެނިފައެއްނުވެ އެވެ. 10 ޖެހިފަހުން ސައިކަލެއްގައި އައި މީހަކު އެ އިމާރާތުގައި ކަރަންޓު ނެތުމުން މިހާރު ހައުސިންގ މިނިސްޓްރީ ހިންގަމުންދާ ދަރުބާރުގެ އަށް ދިއުމަށް ބުނިކަމަށް އޭނާ ބުންޏެވެ. 

Advertisement - newsAdvertisement
އެޕޮއިންޓްމަންޓް ހެއްދި ފަރާތްތަކަށް ފޮނުވި މެސެޖު

އެޕޮއިންޓްމަންޓް ހެއްދި ފަރާތްތަކަށް ފޮނުވި މެސެޖު

އޭނާ ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ދިއުމަށް ސަމާލުވާން އެމިނިސްޓްރީން އެދިފައިވާ ކަމަށާއި އެހެން ނަމަވެސް ގަޑިއެއްގެ އިރުވެގެން ދިޔައިރު އިށިއިނދެލާނެ ގޮނޑިއެއްވެސް ޖަހާފައި ނެތް ކަމަށެވެ. އަދި އެއްވެސް ކަހަލަ އިންތިޒާމެއް ނެތްކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އޭގެ އިތުރުން އެހާއިރުފަހުން އަދި އެތަނުގައި މީހުން ތޮއްޖެހުނުފަހުން ހިދުމަތް ދޭންފެށި އެންމެ ކައުންޓަރަކުން ކަމަށް އޭނާ ކިޔައިދިނެވެ. 

މީގެ އިތުރުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރި ހަވާލުކުރަން އެޕޮއިންމަންޓް ދިނުމަށް ފަހު ހައުސިންގ މިނިސްޓްރީ އިން ފޮނުވި މެސެޖުގައި ވާގޮތުން، އެޕޮއިންމަންޓް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވެވޭނަމަ އަލުން އެޕޮއިންޓްމަންޓް ހެދޭނީ 24 ގަޑިއިރު ފަހުންނެވެ. އަދި އެޕޮއިންޓްމަންޓް ރިކުއެސްޓަށް އެދެވޭނީ ބޭނުންވާ ތާރީހުގެ 5 ދުވަސް ކުރިން ކަމަށް ވެސް އެމެސެޖުގައި ބުނެފައިވެ އެވެ. 

ހުޅުމާލޭގެ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، އައު ލޭންޑް ޔޫސް ޕްލޭނެއް ހަދާފައިވުމުން، އެ ޕްލޭނަށް ރިއާޔަތްކޮށް، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އައު ލޮޓް ނަންބަރެއް ކަނޑައަޅާ ދެވަނަ ފަހަރަށް ގުރުއަތު ނެގީ 20 ޑިސެމްބަރު 2025 ވަނަ އަހަރު އެވެ. 

ބިންވެރިޔާ ސްކީމްހުޅުމާލޭ ފޭސް 3ހައުސިންގް މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު
31 ޖެނުއަރީ 2026

ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުރު ނަގަން ފަށައިފި

31 ޖެނުއަރީ 2026
ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުރު ނަގަން ފަށައިފި
30 ޖެނުއަރީ 2026

ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް، އެގްރީމެންޓްތައް ބާތިލް ކުރަނީ ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓް ތައް ބަހާލަން!

30 ޖެނުއަރީ 2026
ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް، އެގްރީމެންޓްތައް ބާތިލް ކުރަނީ ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓް ތައް ބަހާލަން!
29 ޖެނުއަރީ 2026

ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން

29 ޖެނުއަރީ 2026
ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން
29 ޖެނުއަރީ 2026

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

29 ޖެނުއަރީ 2026
މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި
29 ޖެނުއަރީ 2026

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

29 ޖެނުއަރީ 2026
"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ
27 ޖެނުއަރީ 2026

ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

25 ޖެނުއަރީ 2026

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

25 ޖެނުއަރީ 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި
20 ޖެނުއަރީ 2026

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

20 ޖެނުއަރީ 2026
ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ
18 ޖެނުއަރީ 2026

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

18 ޖެނުއަރީ 2026
"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް