Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓް

ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، އަލުން ޚިދުމަތް ދީފި

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު އިރުއޮއްސި 6:45 ހާއިރު. މި ހާދިސާގައި 5 ވަނަ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުން ވެފައިވޭ. އަދި 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 07:35
ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން، ފުލުހުންނާއި، އެންޑީއެމްއޭގެ އޮފިޝަލުން ހަރަކާތްތެރި ވަނީ.

ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން، ފުލުހުންނާއި، އެންޑީއެމްއޭގެ އޮފިޝަލުން ހަރަކާތްތެރި ވަނީ. | އެންޑީއެމްއޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދީފި އެވެ.

ބުދަ ދުވަހު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް އަލުން ދީފައިވާ ކަމަށް އެޗްޑީސީން ހާމަ ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން، މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ދިން އެހީތެރިކަމުގެ މުއްދަތު ހަމަވުމާއެކު، އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.  

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 30 ޖެނުއަރީ 2026 ވީ ހުކުރު ދުވަހު އިރުއޮއްސި 6:45 ހާއިރު އެވެ. މި ހާދިސާގައި 5 ވަނަ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުން ވެފައިވާއިރު، އަލިފާން ފުރަތަމަ ރޯވެފައިވަނީ އެ ޓަވަރުގެ ވައިގޮޅީގައި ހުރި އައުޓްޑޯ އޭސީ ޔުނިޓެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ. 

ބޮޑު އާބާދީއެއް އޮންނަ ހިޔާ ޓަވަރުތަކުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގައި ގެއްލުންތައް ވެފައިވެ އެވެ.

ހިޔާ ފްލެޓްނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

31 ޖެނުއަރީ 2026
އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

31 ޖެނުއަރީ 2026
ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ

ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ

26 ޖެނުއަރީ 2026
278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި

278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި

25 ޖެނުއަރީ 2026
މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް އެޗްޑީސީ ގެ އުސޫލުތައް ބަދަލު ކޮށްފި

މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް އެޗްޑީސީ ގެ އުސޫލުތައް ބަދަލު ކޮށްފި

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު