Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން 2026

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްގެ އައިޑީކާޑު އޮތް ކޮންމެ މީހަކަށް އަހަރުން އަހަރަށް ލިބޭ މާލީ މަންފާ ލިބޭނެ ކަަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 08:26
ވެލައްސަރު ރިސޯޓް.

ވެލައްސަރު ރިސޯޓް. | ގެޓީ އިމޭޖަސް

ސަރުކާރުން ކުންފުންޏެއް ހަދައި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ބޭރު ފައިސާ ޖަމާ ކުރަން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތު ރަސްމީކޮށް ފެށިގެން އައީ މީގެ 54 އަހަރު ކުރިން ކަމަށާއި، އެއީ 1972 ވަނަ އަހަރު ކަމަށެވެ. ނަމަވެސް މި ސިނާއަތަށް ބައިގަރުނަށްވުރެ ގިނަ ދުވަސްވީއިރު ވެސް މި ދާއިރާއިން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ލާރިއެއް ވެސް ލިބޭނެ އެއްވެސް މަގެއް އެއްވެސް ސަރުކާރަކުން ފަހިކޮށް ދީފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި  އެންމެ ބޮޑު ދައުރެއް އަދާ ކުރާ ސިނާއަތްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ކަމުގައިވާ ރީތި ގޮނޑުދޮށްތަކާ  ފަޅުތަކާ  ފަރުތަކާ ރަށްތައް ގުދުރަތީ އެސެޓްތައް ދިގު މުއްދަތަކަށް އެންމެ ބޮޑަށް ބޭނުން ކުރަމުންދާ އަދި މަދު ހާލަތެއްގައި މެނުވީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ބަދަލުތަކެއް އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތް ކަމަށެވެ. 

އެހެންކަމުން މި ގުދުރަތީ އެސެޓްތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ސީދާ އާމްދަނީއެއް ލިބޭނެ މަގެއް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ރާއްޖޭގައި ތަރައްގީ ކުރާނެ ކަމަށެވެ. 

މިކަމާ މެދު ކެބިނެޓްގައި މަޝްވަރާކޮށް ސަރުކާރުން މިހާރު ނިންމާފައިވަނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީ ކޮށް އެރިސޯޓުތަކުން ފައިދާ ގޮތުގައި ލިބޭ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށް ދޭނަން. އަދި ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި ހަމަހަމަ ކަމާއެކު ގާނޫނަކުން  ކަނޑައަޅާ ހަމަޖައްސާނަން. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްގެ އައިޑީކާޑު އޮތް ކޮންމެ މީހަކަށް އަހަރުން އަހަރަށް ލިބޭ މާލީ މަންފާ ލިބޭނެ ކަަމަށެވެ. 

އަންދާޒާ ކުރެވެނީ މި އިވެސްޓްމަންޓު ދިވެހި ރައްޔިތުންގެ އެކައުންޓަށް  ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް. ހިސާބު ހާދާލާއިރު  އެވްރެޖްކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވަގެންދާނެ. މިސާލަކަށް 5 މެންބަރުންގެ އާއިލާއެއް ނަމަ، އެ އާއިލާގެ ކޮންމެ މެންބަރެއް މަދުވެގެން 10 ރިސޯޓުގެ ޝެއަރ ހޯލްޑަރަކަށް ވުމުގެ އިތުރުން އެއާއިލާއަކަށް އަހަރަކު މަދުވެގެން  އިރާދަކުރެއްވިއްޔާ 2000 އެމެރިކާ ޑޮލަރު ލިބިގެންދާނެ. މިކަން ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ ކަންކަން ވަރަށް ހަލުހި ކަމާއެކު އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ، ފަތުރުވެރިކަމުގެ ސިނާއަތަށް މީގެ ކުރިން ސަރުކާރުން ވަނުމަށް މަސައްކަތް ކޮށްފައިނުވެ އެވެ. މި ސިނާއަތަށް އިންވެސްޓްކޮށްގެން ވިޔަފަރި ހިންގަމުންދަނީ އަމިއްލަ ވިޔަފާރިވެރިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރިސޯޓުރިޔާސީ ބަޔާން 2026ފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

05 ފެބުރުއަރީ 2026
ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

05 ފެބުރުއަރީ 2026
ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ޣަފޫރު

2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ޣަފޫރު

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު