Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން 2026

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 10 ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު ދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ވާހަކަފުޅަކީ ހަގީގަތާ ހިލާފު، އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައި. ރިސޯޓު ހެދުމަށް ހިނގާނެ ބޮޑު ހަރަދާއި، އޮޕަރޭޝަނަލް ކޮސްޓް އަދި ލޯނު ދެއްކުމަށް ހޭދަވާނެ މުއްދަތަށް ބަލާއިރު، ރައީސް ވިދާޅުވި ފަދަ ފައިދާއެއް ނެރެވޭނެ އެއްވެސް އިގްތިސާދީ ހަމައެއް ނެތް ކަމަށް ފައިސަލް ފާހަގަކުރެއްވި. އެހެންކަމުން، ރައްޔިތުންނަށް ނުވާނެ ކަންކަމުގެ ހުވަފެން ދެއްކުމުގެ ބަދަލުގައި، ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް އިގްތިސާދު ކުރިއެރުވުމަށް އިސްކަންދިނުމަށް އެމަނިކުފާނު ގޮވާލެއްވި.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 14:01
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް. | ރައީސް އޮފީސް

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައިވާ ފައިސަލް ވަނީ މުއިއްޒުގެ ރިޔާސީ ބަޔާނުގައި މި މޭރުމުން ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ފައިސަލް ފާހަގަ ކުރެއްވި ގޮތުގައި 2030 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެކަމަށް ތަފާސް ހިސާބު ތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން، 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް ހިސާބު ތަކުން ނުދައްކަ އެވެ.

ތަފްސީލީ ގޮތެއްގައި މުއިއްޒުގެ މި ވާހަކަފުޅަށް ފާޑުވިދާޅުވަމުން ފައިސަލް ވިދާޅުވީ މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ޚަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.

"10 ރިސޯޓު ހަދަން މި ދައްކަނީ 800 މިލިއަނެއްހައި ޑޮލަރު ހޯދާނެ ގޮތެއްގެ ވާހަކަ. ސޯޝަލް ހައުސިން އަށް ވެސް މި އުޅެނީ ފައިސާ ނުހޯދިގެން. އެހެން އޮއްވާ، ސަރުކާރުން ފައިވްސްޓާ ރިސޯޓެއް ހެދުމަށްޓަކައި މި އަދަދު ހޯދާނެ ގޮތެއް ނުވިސްނުނު،" ފައިސަލް ވިދާޅުވި އެވެ.

މެދު ކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުން ތަކާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރި ކަމުގެ ތެރެއިން، 500 ޑޮލަރަށް ރޫމެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ ސުވާލު އުފައްދަވަމުން، 500 ޑޮލަރުގެ ރޭޓުން 65 އިންސައްތައިގެ އޮކިއުޕެންސީއެއްގައި ރޫމް ރެވެނިއު ގޮތުގައި އެންމެ ގިނަވެގެން މި ލިބެނީ 17 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާއި ދެމެދުގެ މިންވަރެއްކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އޭގެ އިތުރުން ރިސޯޓެއް ހިންގުމަށް ޓެކްސް ދެއްކުމާއި، މުވައްޒަފުންގެ މުސާރަ ދިނުމާއި އަދި އެހެނިހެން ޚަރަދުތައް ކަނޑާލުމަށް ފަހު ބާކީ ވާނީ ކިހާވަރެއްކަން އިނގޭތޯ ވެސް ފައިސަލް އައްސަވާފައިވެ އެވެ. އަދި މިވަރު ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 އިންސައްތަ އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން ކަމަށާއި އަދި އޭގެ އިތުރުން ނަގާ ލޯނަށް ފައިސާ ދެއްކުމަށް ވެސް ވެސް އެންމެ މަދުވެގެން 8 އަހަރުވަރު ބޭނުންވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މި ދައްކަނީ 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރެން ޖެހޭ ވާހަކަ."

ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ދިވެހި ރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ކަމަށާއި މިހާތަނަށް އައިއިރު، ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާ އަށް ގެއްލުން ލިބިފައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ،" ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އެކްސް ގައި ބުރާސްފަތި ދުވަހު ކުރެއްވި ޕޯސްޓުގައި ވަނީ މީގެ ކުރިން މުއިއްޒު ވެފައިވާ ބައެއް ވައުދުތަކަށް ވީި ގޮތާ ބެހޭ ގޮތުން ވެސް ސުވާލު ކުރައްވާފަ އެވެ.

"ވިސްނަވާ! ކޮބައިތޯ ބިއްލޫރި ޓަނަލް؟ ކޮބައިތޯ އައްޑޫ ބްރިޖު؟ ކޮބައިތޯ ބަންކަރިން؟ ކޮބައިތޯ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް؟ ކޮބައިތޯ ގއ.ވިލިނގިލީގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓު؟ ކޮބައިތޯ ގދ.ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު؟ ކޮބައިތޯ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ނިންމަވާނެ ކަމަށް ވިދާޅުވި ކަންކަން."
ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ، ރިޔާސީ ބަޔާން ވާން ޖެހޭނީ ރައްޔިތުންނަށް އުންމީދެއް ގެނުވައިދޭ، ޤައުމުގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާމަ ކުރާ އެއްޗަކަށް ކަމުގައެވެ. އަދި އެއީ އެއްގޮތަކަށް ވެސް ނުވާނެ ވަރުގެ ކަންތަކުގެ ވާހަކަ ދައްކައި، ރައްޔިތުންނަށް ކަންކަން އޮޅުވާލާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި ކިތަންމެ ދިގު ބަޔާނެއް ދެއްވި ނަމަވެސް، އޭގައި އޮއްޓަރު ހުރި ރަނގަޅު ކަންކަން ނުހިމެނެންޏާ އެބަޔާނެއް ވާނީ ހުސް ހާސަރަކަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ކުރަންވީ ކަމަކީ ސަރުކާރުން ކުރާ ބޭކާރު ޚަރަދު ކުޑަކޮށް، ސިޔާސީ ބޭނުމުގައި ވަޒީފާ އިތުރު ނުކޮށް، ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާ އެކު، އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި އިޤުތިޞާދީ ފުދުންތެރިކަމާއި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސް ދެވޭނީ އެގޮތުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ނަސީމްރިޔާސީ ބަޔާން 2026ފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު

މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު

05 ފެބުރުއަރީ 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު