Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަން

ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 224,788 ފަތުރުވެރިން ޒިޔާރަތްކޮށް އައު ރެކޯޑެއް ގާއިމުކުރެވުނުކަމަށް ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅުވުމާ ގުޅިގެން، މިއީ މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް އައި ކުރިއެރުމެއްގެ ބައެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައި. މިގޮތުން އަވަށްޓެރި ސްރީލަންކާއިން ވެސް ވަނީ ޖެނުއަރީ މަހު 277,327 ފަތުރުވެރިންނާއެކު އެ ގައުމުގެ ތާރީޚީ ރެކޯޑެއް މުގުރާލާފައި. ރާއްޖެއަށް އިންޑިއާ ފަތުރުވެރިން އަންނަ މިންވަރު ދަށަށް ދިޔަ ނަމަވެސް، ލަންކާގެ ފަތުރުވެރިކަމުގެ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އިންޑިއާ މާކެޓުންކަން ތަފާސްހިސާބުތަކުން ދައްކާ.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 08:20
ސްރީލަންކާގެ ކޮޅުނބުގެ ގޯލް ފޭސް ސަރަހައްދުގައި ބޭރުގެ ފަތުރުވެރިން ތަކެއް ހިނގާފައި ދަނީ.

ސްރީލަންކާގެ ކޮޅުނބުގެ ގޯލް ފޭސް ސަރަހައްދުގައި ބޭރުގެ ފަތުރުވެރިން ތަކެއް ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް

ރާއްޖޭގެ ފަތުރުވެރި ކަމުގެ ރެކޯޑެއް ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް އިބްރާހިމް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީމަހު ހެދި ރިކޯޑް މާ މަތިކަން އެ ގައުމުގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު ވަނީ ފެބްރުއަރީ ފުރަތަމަ ދުވަހު، ޖެނުއަރީ މަހު ރާއްޖެ އަށް 224،788 ފަތުރުވެރިން ޒިޔާރަތް ކޮށް މަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރުމުގެ ރިކޯޑެއް ހަދާފައިވާ ކަމަށް ސޯޝަލް މީޑިއާ ގައި ވިދާޅުވެފަ އެވެ.

Advertisement - businessAdvertisement

މިނިސްޓަރު ތޯރިގް ވަނީ މިކަމާ ވެސް ރައީސް މުއިއްޒު އާ ގުޅުވާ، މުއިއްޒު އަށް ތައުރީފް ކުރައްވާފަ އެވެ.  ޖެނުއަރީ މަހު ގާއިމުކުރެވުނު އައު ރެކޯޑަކީ، މިއަހަރުގެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް އުންމީދީ ފެށުމެއް ކަމަށާއި، މި ތަފާސްހިސާބުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސް، އޭގެ މަންފާ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންތެރި ތަޞައްވުރާއި، އެކަމަށްޓަކައި ކުރައްވާ މިންނެތް މަސައްކަތްޕުޅުގެ ހެކިތައް ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުން، މިއީ ސަރުކާރުން ކޮންކަމެއް ކޮށްގެން ހެދުނު ރެކޯޑެއްތޯ ސުވާލު ކޮށްފައިވެ އެވެ. އަދި މިއީ މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް އޭގެ ޒާތުގައި ލިބެމުން އަންނަ ކުރި އެރުމުގެ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އަނެއްކޮޅުން، ހުސްވި އަހަރުގެ ފަހުކޮޅު ނުރައްކާތެރި ތޫފާނެއްގެ ބޮޑެތި ގެއްލުންތަކެއް ލިބުނު އަވަށްޓެރި ސްރީލަންކާ އިން ފަތުރުވެރިކަމުގެ ސިނާއަތުން އާ އަހަރު ފަށާފައިވަނީ ތާރީޚީ ކާމިޔާބީއަކާއެކުގަ އެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ގައުމަށް 277,327 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އެއް މަސްދުވަހުގެ ތެރޭގައި އެ ގައުމަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ރެކޯޑު ކުރެވުނު ފަހަރެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ސްރީލަންކާ އަށް ޒިޔާރަތްކުރި 252,761 ފަތުރުވެރިންނާ އަޅާބަލާއިރު، މިއީ 9.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2018 ވަނަ އަހަރުގެ ރެކޯޑާ އަޅާބަލާއިރު މިއީ 16.1 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. 

ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ފިނި މޫސުމާ ދިމާކޮށް ސްރީލަންކާ އަށް އަންނަ ފަތުރުވެރިންގެ އަދަދު މިފަހަރު ވަނީ ކުރީ އަހަރުތަކަށްވުރެ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އާންމުގޮތެއްގައި ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޑިސެމްބަރު މަހަކީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މަސް ނަމަވެސް، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ 2025 ގެ ޑިސެމްބަރަށްވުރެ 18,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް އެ އުސޫލު ބަދަލުކޮށްލާފަ އެވެ.

މުޅި ޖެނުއަރީ މަހު ވެސް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އެ ގައުމުގައި އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، އެވްރެޖްކޮށް ދުވާލަކު 8,946 ފަތުރުވެރިން އެ ގައުމަށް އެތެރެވި އެވެ. އަދި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޖެނުއަރީ 15 ވަނަ ދުވަހު އެކަނިވެސް 10,483 މީހުން ޒިޔާރަތްކުރި އެވެ. މީގެ އިތުރުން، ޖެނުއަރީ މަހުގެ ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ހަފުތާގައި ވެސް ހަފުތާއަކު 60,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ.

އިންޑިއާ އައުޓް ކެމްޕޭން ގެ އިތުރުން އިންޑިއާގެ ވެރިންނަށް ހަޖޫ ޖަހާ ރައީސް މުއިއްޒުގެ ސަރުކާރުގައި އިސްކޮށް ތިބި ބައެއް ފަރާތްތަކުން ހިންގި މުޑުދާރު ކެމްޕޭނުގެ ސަބަބުން ރާއްޖެ އަސް ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުތަކުގައި ފާހަގަ ކުރެވޭ ވަރަށް ދަށަށް ދިޔަ އިރު، ސްރީލަންކާ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ މަގާމުގައި އަދިވެސް އޮތީ އަވަށްޓެރި އިންޑިއާ އެވެ. އެ ގައުމުން 52,061 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާއިން ޒިޔާރަތްކުރި 43,375 ފަތުރުވެރިންނާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.

 މީގެ އިތުރުން ޔޫރަޕާއި އެމެރިކާގެ މާކެޓްތަކުންވެސް ބޮޑު ކުރިއެރުމެއް ސްރީލަންކާ އަށް ވަނީ ފެނިފަ އެވެ. 

މަސްދަރު: ޑެއިލީ މިރަރ

ތޯރިގް އިބްރާހީމް ސްރީލަންކާރާއްޖެ-އިންޑިއާއިންޑިއާ އައުޓް ކެމްޕެއިންފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނާއި ދަރިކަލުން ނަމާލުު ތަހުގީގީ އިދާރާތަކަށް ހާޒިކޮށް ބަޔާން ނަގައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނާއި ދަރިކަލުން ނަމާލުު ތަހުގީގީ އިދާރާތަކަށް ހާޒިކޮށް ބަޔާން ނަގައިފި

03 ފެބުރުއަރީ 2026
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

02 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026
އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

30 ޖެނުއަރީ 2026
ދިގުރަށު ގޮނޑުދޮށުން ނަޖިސް ބޭރުވީ ނަރުދަމާ ހޮޅިއެއް ފަޅައިގެން ދިއުމުން، އެކަން އެދުވަހު ހައްލު ކުރި: ކައުންސިލް

ދިގުރަށު ގޮނޑުދޮށުން ނަޖިސް ބޭރުވީ ނަރުދަމާ ހޮޅިއެއް ފަޅައިގެން ދިއުމުން، އެކަން އެދުވަހު ހައްލު ކުރި: ކައުންސިލް

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު