Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތް ކުރަނީ

މި އެއްބަސްވުމުގެ ދަށުން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކުރުމުގެ އިތުރުން ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައް ކުރުމަށް ވަނީ ނިންމާފައި. މިއީ ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކޮށް، ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭސީސީން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 09:28
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި، މުވައްޒަފުން ކެންޕަސް ބޭރުގައި ހަރަކާތްތެރިވަނީ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި، މުވައްޒަފުން ކެންޕަސް ބޭރުގައި ހަރަކާތްތެރިވަނީ. | އެމްއެންޔޫ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. 

އާދިއްތަ ދުވަހު، އޭސީސީއާ އެމްއެންޔޫއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ.އާއިޝަތު ޝެހެނާޒް އާދަމް އެވެ. 

އޭސީސީން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތް ދެނެގަނެ އެކަންކަން ހާސިލް ކުރުމާއި، ކޮމިޝަނުން ދޭ ލަފާ ތަންފީޒު ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމާއި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމް ކުރުން އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ. 

މީގެ އިތުރުން އޭސީސީން ބުނީ، މި އެއްބަސްވުމުގެ ދަށުން އޭސީސީން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވާކްޝޮޕްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ކަރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމާއި ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރު ކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ހިންގުން ހިމެނޭ ކަމަށެވެ. އެމްއެންޔޫގެ ފަރާތުން ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލުމުގައި ކަރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަނާއެކު ގުޅިގެން މަސައްކަތް ކުރުމާއި އެންޓި ކޮރަޕްޝަން ސިޔާސަތުތައް ތައްޔާރު ކުރުމުގައި ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ. އަދި ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައްކޮށް ޖަރނަލްތައް ޝާއިއު ކުރުމުގައި ވެސް ޔުނިވަރސިޓީއަށް އެހީތެރިވާނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ.  

އޭސީސީން ބުނީ، މި އެއްބަސްވުމަކީ ކަރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ދައުލަތުގެ އެކި ދާއިރާތަކުން ކަރަޕްޝަނުގެ ހިރާސް ކުޑަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހިންގޭ ތަމްރީނުތަކާ ކުރެވޭ ދިރާސާތަކުގެ ސަބަބުން މުޖުތަމައުގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބޮޑު ބާރަކަށްވާނެ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންކަރަޕްޝަން އެމްއެންޔޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

14 ފެބުރުއަރީ 2026
ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

10 ފެބުރުއަރީ 2026
ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

02 ފެބުރުއަރީ 2026
ތިމާވެށީގެ ގާނޫނާ ޚިލާފަށް މަސައްކަތް ފެށި ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފި

ތިމާވެށީގެ ގާނޫނާ ޚިލާފަށް މަސައްކަތް ފެށި ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފި

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު