Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

މި އަހަރުގެ ޖެނުއަރީ މަހު ފެންމަތިވެގެން ދިޔައީ މޯލްޑިވް ގޭހުގެ އެމްޑީ އެ ކުންފުނީގެ ދޯންޏާއި ކުންފުނީގެ ވަސީލަތްތަކުގެ ނަހަމަ ބޭނުންކޮށްގެން މަސްދަތުރު ދާ މައްސަލަ. މި މައްސަލައަކީ  2025 ވަނަ އަހަރު ވެސް ފެންމަތިވި މައްސަލައެއް. މިއާއެކު ގިނަ ކުންފުނިތަކުގައި ވެރިން ދައުލަތުގެ ކާރު ނަހަމަ ބޭނުން ކުރާ ކަމަށް މައުލޫމާތު ލިބިފައިވޭ. މީގެ ތެރޭގައި ފުލުހުންނާއި، ސިފައިންގެ ބޭފުޅުން ދައުލަތުގެ ކާރުކޮޅު އަމިއްލަ ބޭނުމަށް ބޭނުންކުރާ އަޑުތައް ވަނީ ފެތުރިފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 09:01
ދިވެހި ސަރުކާރުން ބޭނުން ކުރުމަށް ގެނެސްފައިވާ ކާރުތަކެއް

ދިވެހި ސަރުކާރުން ބޭނުން ކުރުމަށް ގެނެސްފައިވާ ކާރުތަކެއް | މޯލްޑިވްސް ޕޮލިސް

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި ކޮރަޕްޝަނަށް ކުޑަކޮށް ވެސް ޖާގައެއް ނުދެއްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. މިނިސްޓްރީތަކާއި، ކުންފުނިތަކުގެ ވެރިންގެ ގޮތުގައި އައްޔަން ކުރައްވާނީ ވެސް އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރާ ބޭފުޅުން ކަމަށް ވިދާޅުވެފައިވެ އެވެ. ގައުމުގެ ކަންކަން ކުރެއްވުމުގައި އިސްލާމީ ތާރީހުގައި ކަންކަން ހިނގާފައިވާ ގޮތާއި، އިސްލާމީ ލީޑަރުން ވެރިކަން ކުރެއްވި ގޮތަށް ބައްލަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. 

އެގޮތުން މި ސަރުކާރުގެ ބޭފުޅުން ވެސް ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ތައުރީފު ކުރައްވައި، އިސްލާމީ ތާރީޚު ދުއް އެންމެ އަމާނާތްތެރި ގޮތުގައި ވެރިކަން ކުރެއްވި ހަލީފާއިން ކަމަށްވާ އުމަރު ބިން އަބްދުލް އަޒީޒް ފަދަ ބޭބޭފުޅުންގެ ވާހަކަ ދައްކަވާ މިސާލު ޖައްސަވަ އެވެ. ނަމަވެސް އުމަރު ބިން އަބްދުލް އަޒީޒަކީ  މަސައްކަތުގައި އިންނަވައި، އާއްމު މީހަކު އަމިއްލަ ބޭނުމެއްގައި ބައްދަލު ކުރެއްވުމަށް އައުމުން ފުޅި ބައްތި ނިއްވަވާލެއްވި ބޭފުޅެކެވެ. އެއީ އެފުޅި ބައްތީގައި ސަރުކާރުގެ ތެޔޮ ހުރުމުން އެމަނިކުފާނު އަމަލު ކުރެއްވި ގޮތެވެ. އެހާވެސް އަމާނަތްތެރި ބޭފުޅެކެވެ. 

ނަމަވެސް މިސަރުކާރުގައި ކަން ހިނގަނީ މިހެންތޯ އެވެ.  މިސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެގެން ދިޔަ އެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާ މައްސަލަ ވެސް އެހާމެ ބޮޑެވެ. މަގާމުގެ ނާޖާއިޒު ފައިދާ ނަގައި، ނުފޫޒު ފޯރުވައި، އެ މަންފާ ހޯދުމުގައި ހައްދެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެންމަތިވެގެން ދިޔައީ ރާއްޖެ އަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި، މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި 250،000 ޑޮލަރު ގެއްލުވާލި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެ ކުންފުނީގެ ދޯންޏާއި ކުންފުނީގެ ވަސީލަތްތަކުގެ ނަހަމަ ބޭނުންކޮށްގެން މަސްދަތުރު ދާ މައްސަލަ އެވެ. މި މައްސަލައަކީ  2025 ވަނަ އަހަރު ވެސް ފެންމަތިވި މައްސަލަ އެކެވެ.

މިއާއެކު ގިނަ ކުންފުނިތަކުގައި ވެރިން ދައުލަތުގެ ކާރު ނަހަމަ ބޭނުން ކުރާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މީގެ ތެރޭގައި ފުލުހުންނާއި، ސިފައިންގެ ބޭފުޅުން ދައުލަތުގެ ކާރުކޮޅު އަމިއްލަ ބޭނުމަށް ބޭނުންކުރާ އަޑުތައް ވަނީ ފެތުރިފަ އެވެ.

އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ މިހާރު ހުންނެވީ ޗުއްޓީގަ އެވެ. ނަމަވެސް އަބަދުވެސް ދައުލަތުގެ ކާރުކޮޅު އެކަމަނާގެ ގޭގެ ދޮރުމަތީގައި އޮންނަން ޖެހޭ ކަމަށާއި، ދައުލަތުގެ ކާރުކޮޅު ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. 

މީގެ އިތުރުން ކަސްޓަމްސްގައި ޑެޕިއުޓީންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ވެސް ބަހުގައި ޚިދުމަތް ދޭ އުސޫލުން، އާއިލާ މީހުންނާއި، ރައްޓެހިންނަށް ދައުލަތުގެ ކާރުކޮޅު ގައި ދަތުރު ކޮށްދޭ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. ދަރިން ސްކޫލަށް ގެންދިއުމާއި، މަސައްކަތު މީހުން ގެއަށް ގެންދިއުމާއި، ބާޒާރު ކުރުމުގެ އިތުރުން ވެސް އަމިއްލަ ކަންކަމުގައި ދައުލަތުގެ ކާރުކޮޅު ބޭނުން ކުރުމުގައި އޮތީ ހައްދުން ނައްޓާފައި ކަމަށް އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. 

ދައުލަތުގެ ވަސީލަތްތަކާއި މުދާ ނަހަމަ އަމިއްލަ ބޭނުމަށް ބޭނުން ކުރަމަކީ ކޮރަޕްޝަނެވެ. މިކަން މިގޮތަށް ކުރުމުގެ ކުޑަ ވެސް ޖާގައެއް ގާނޫނުން ގައި ވެސް ދީފައިނުވެ އެވެ. ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި މިކަންކަން ކުރަމުންދާއިރު، އެކަން ހުއްޓުވާނެ އިދާރާއެއް ތަހުގީގު ކުރާނެ ބަޔަކު ނެތުމަކީ ވެސް މިގައުމު ކޮރަޕްޝަންގެ ހާއްޔަކަށް ވެއްޓިފައިވާކަމުގެ ހެއްކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަން ފާތިމަތު ދިޔާނާއަބްދުﷲ މުހައްމަދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ: ކުރީގެ ނައިބު ރައީސް ފައިސަލް

މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ: ކުރީގެ ނައިބު ރައީސް ފައިސަލް

02 ފެބުރުއަރީ 2026
ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

01 ފެބުރުއަރީ 2026
ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

01 ފެބުރުއަރީ 2026
ގައުމު އޮތީ ދަރަނީގެ ކާރިސާ އެއްގައި، މުއިއްޒު ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ގައުމީ އެއްބަސްވުމަކަށް އަންނަން ޖެހޭ: މާރިޔާ

ގައުމު އޮތީ ދަރަނީގެ ކާރިސާ އެއްގައި، މުއިއްޒު ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ގައުމީ އެއްބަސްވުމަކަށް އަންނަން ޖެހޭ: މާރިޔާ

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު