Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހީލަތްތެރި ގޮތުގައި މުއިއްޒުގެ ފައިސާ ޗާޕު ކުރުމަށް ދެކޮޅުހެދި ޕެންޝަން ބޯޑަށް ސެލިއުޓް!!

މުއިއްޒު ވިދާޅުވީ ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް. އެކަމަކު ހީލަތްތެރި ގޮތެއްގައި އެހެން ނަމެއްގައި އެކަން ކުރައްވަން އުޅުއްވާތީ ޕެންޝަން ބޯޑުގެ ބޭފުޅުން އެވަނީ އިސްތިއުފާ ދެއްވާފައި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 14:15
އަހުމަދު އިނާޒް

އަހުމަދު އިނާޒް | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބު ނިމި މިހާރު މިދަނީ އެ އިންތިޚާބުން ރައީސްކަމަށް ހޮވުނު މުއިއްޒުގެ ވެރިކަމެވެ. ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި ލައްކަ ވާހަކަ އަޑު އަހާފައި އިބޫ ނޫން ގޮތެއް ހޯދުމަށާއި އެއަށްވުރެ މޮޅު ގޮތެއްގެ އިންތިޒާރުގައި ލީ ވޯޓުން މުއިއްޒު ހޮވުނީތީ އެވެ. ނިންމާލީކީ ނޫނެވެ. ވެރިކަން ކުރެވޭނީ އަދި ވެފައިވާ ވައުދުތައް ފުއްދޭނީވެސް މަޖިލިސް ލިބިގެންނޭ ބުނީމާ އެކަންވެސް ކޮށްދިނީ އެވެ. ބޮޑު ސިންގާ ސުޕަރ މެޖޯރިޓީއެއް މުއިއްޒަށް ދިނީ އެވެ. އެ މެޖޯރިޓީގައި ކުޅިބައި އަތުރާނެ ގޮތަކަށް އަތުރައި، ޕްލޭން ކުރާނެ ގޮތަކަށް ޕްލޭންކޮށް ގެންނާން ބޭނުންހާ ބަދަލެއް ގެނައުމުގެ ފުރިހަމަ ބާރު މުއިއްޒުގެ މުށު ތެރެއަށް ނެގި އެވެ.

ބަސްބުނާ ހިނދުން ގާނޫންތަކަށް އަދި އަމުދުން ގާނޫން އަސާސީއަށް ބަދަލުތައް ގެންނަމުންދަނީ އެވެ. ގެންނަހާ އަވަހަށް އަނެއްކާ ހަމަ އެބަދަލުތައް ބާތިލްވެސް ކުރަނީ އެވެ. ނޫންނަމަ އަލުން އަނބުރާ އަނެއްކާ ބަދަލު ކުރަނީ އެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ މުއިއްޒު މޮޑޭނެ ގޮތަކަށް މޮޑެން އޮތް ފުށްގަނޑެއްހެން ސަރުކާރު މިއޮތީ މުިއްޒަށް ލިބިފަ އެވެ.

އެކަމަކު ބަދަލުވީ އެންމެ ކަމެކެވެ. މުއިއްޒު އޭރު ވިދާޅުވި ވާހަކަތަކެވެ. އެފުށް މިފުށަށް ޖެހުނީ އޭރު ދެއްކި ވާހަކަތަކެވެ. އޭރުވި ވައުދުތައް ކަނޑުގައި އަޅާލި ރޮއްޖަކަށްވެ ނިމެނީ އެވެ. އެވައުދު ތަކަކީ ރުކަށް އެރި މީހާގެ ނަދުރަކާ އެއްގޮތްވަނީ އެވެ. ކުރާނެ ކަމަށް ވިދާޅުވިހާ ކަންކަން ހުރިގޮތައް ބަހައްޓާފައި ނުކުރާނެ ކަމަށް ވިދާޅުވިހާ ކަމެއްކޮށް ނިމެނީ އެވެ. އެކަމަކު ހިތުން ރީތިކޮށް ރައްޔިތުންނަށް ދޮންކަޅުވެސް އަންގާ ނުލައި ކުރާފަދަ ގޮތަކަށެވެ. މާތް މީހެއްގެ ނިވަލުގައި ހުންނަވައިގެން ހީލަތްތެރި ގޮތަކަށެވެ.

މުިއްޒު ވެރިކަމަށް ގެނައި ކުދިން އެބުނާ ޔާމީން މިނިވަން ކުރުމުގެ ވާހަކައެއް ނަގަނަގައިގެނެއް ނުދައްކާނަމެވެ. އޭރު ހަރާމް ހުކުމަކަށްވި ހުކުމް ހަލާލްވީ ގޮތް އިތުރަށް ކިޔައިދޭން ވެއްޖެ ނަމަ އެއީ ބަސަރާއަށް ކަދުރު ވިއްކުންފަދަ ކަމެކެވެ. އެކަމަކު އެފަދަ އެހެން ކަމެކެވެ

ފައިސާ ޗާޕު ނުކުރާނަމޭ ވިދާޅުވީ ކުރީގެ ސަރުކާރަށް މަލާމާތްކޮށްފަ އެވެ. އެސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ބޮޑު ސަބަބެއްގެ ގޮތުގައި ދައްކާފަ އެވެ. ވެރިކަން ކުރާނީ ރުފިޔާ ފައިސާ ޗާޕު ނުކޮށްކަމަށް ވިދާޅުވީ ވަރަށް ޚުޝޫއަތްތެރިކަމާއި ބަލާޣާތްތެރިކަމާއެކުގަ އެވެ. މޫނަށް ރުލެއްވެސް އަރުވާ ނުލައްވާ އަދިވެސް އެވާހަކަ ތަކުރާރު އެކުރައްވަނީ އެހާމެ ފަސާހާތްތެރިކަމާއެކުގަ އެވެ. ރައްޔިތުންނަކީ މޮޔައިން ކަމަށް ހައްދަވާފަ އެވެ. އަމުދުން މުއިއްޒު ނޫނަސް ކިޔަވައިގެން ތިބި މީހުން މިގައުމުގައި އުޅޭނެކަންވެސް ހަނދުމަ ނައްތާލާފަ އެވެ.

މުއިއްޒު ވިދާޅުވަމުން އެގެންދަވަނީ ފައިސާ ޗާޕު ނުކުރާނެ ވާހަކައެވެ. އެކަމަކު ރާއްޖޭގެ ހުރިހާ އިގްތިސޯދީ މާހިރުން އެވިދާޅުވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް އެގަންނަން އުޅޭ ގަނޑަކީ ނެތްފައިސާ ޗާޕުކުރުން ކަމަށެވެ. އެވާހަކަ އެގޮތައް އެދައްކަނީކީ ތަނެއް ދޮރެއް ނޭނގޭ އާދައިގެ މީހުނެއް ނޫނެވެ. ސީދާ ކަމުގެ މާހިރުންނެވެ. ޕެންޝަން ބޯޑުގައި އެކަންކަން އެނގިގެން ތިބި މީހުންނެވެ. ގައުމަށާއި ރައްޔިތުންގެ ލާބަޔަށްޓަކައި އަދި މުިއްޒު އެކުރާން އުޅޭ ފައިސާ ޗާޕުގެ ސަބަބުން ގައުމު ވެއްޓޭނެ ހާލަތަށް ބިރުން އެބޯޑުގެ މެންބަރުންތައް އެވަނީ އެކަމާ ދެކޮޅު ހަދައި އަމިއްލައަށް ވަޒީފާ ދޫކޮށްލައި އެއް ފަރާތް ވެފައެވެ. އެވެރިންނަށް ތައުރީފް ހައްގެވެ. އޭސީސީ ފަދައި މުިއްޒުގެ ސަރުކާރުގެ ކޮރަޕްޝަންތަކާއި ޖަރީމާތަކަށް ކަހާތަން ހިރުވައިވެސް ނުލައި ވަޒީފާ ދިފާއުކޮށްގެން ތިބުމުގެ ބަދަލުގައި އެވަނީ ޕެންޝަން ބޯޑުގެ މެންބަރުން އިސްތިއުފާ ދެއްވާފައެވެ. ރީތިގޮތުގައި މަޝްވަރާކޮށް ތިޔަހެން ނުހެދުމަށް ކުރި އާދޭސްތަކަށް އަޅާ ނުލީމާ އެންމެފަހުން އިސްތިއުފާ އެދެއްވީ އެބޯޑުގެ ޗެއަރމަނެވެ. އެނޫން ގޮތެއް ނެތިގެންނެވެ.

ކޮންމެއަކަސް ހީލަތްތެރި ގޮތަކަށް ނަންނުވެ ކަންކުރާން އުޅޭ މުއިއްޒުގެ ފައިސާ ޗާޕުކުރުންގަނޑު ނޭގޭ މީހަކު މިހާރު މި އުޑު ބަޅުކުރި ހިސާބަކު ނެތެވެ. އެކަން ނޭނގޭ ރައްޔިތަކު މިގައުމަކު ނެތެވެ. ކުރިން އިދިކޮޅުން ދައްކަމުން ދިޔައީތީ ބަޔަކު ގަބޫލު ނުކުރާން ތިއްބަސް ކަމުގެ މާހިރުން ޚާއްޞަކޮށް ޕެންޝަން ބޯޑުގެ ބޭފުޅުން އެވަނީ އެވާހަކަ މުތުލަގަށް ކިޔައިދީފައެވެ. ކަން ނުކުރަނީސް އެކަމުގެ ގެއްލުމާއި އިންޒާރުދީ ރައްޔިތުންނަށް އެކަން ފަޅާއަރުވާލާފައެވެ. ސާބަހެވެ. އައްސަރިބަހުން ސާބަހެވެ. އެބޭފުޅުން އެކުރެއްވީ ގައުމީ ކަމެކެވެ. ގައުމަށްޓަކައި ވެވަޑައިގެންނެވި ބޮޑު ގުރުބާނީއެކެވެ. ސެލިއުޓް ހައްގު ގައުމީ ޖިހާދެކެވެ.

ޑރ. މުއިއްޒުރިޔާސީ އިންތިޚާބުޕެންޝަން ބޯޑުޔާމީން ފައިސާ ޗާޕްކުރުންއެމެރިކާގެ ޤާނޫނުއަސާސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

01 ފެބުރުއަރީ 2026
ސަރުކާރަށް އެޅުނު ގާބިހުގެ ކްރެޑިޓާއެކު ގޮވީއަތަށް

ސަރުކާރަށް އެޅުނު ގާބިހުގެ ކްރެޑިޓާއެކު ގޮވީއަތަށް

29 ޖެނުއަރީ 2026
ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް

ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް

27 ޖެނުއަރީ 2026
 ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު