Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓްސަލް ޗެލެންޖު

ބޮޑު ތަފާތަކުން ދެއްވަދޫ ބަލިކޮށް، ނައިވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

15 ފެބުރުއަރީ 2026 | އާދީއްތަ 04:50

މިއީ ނައިވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކުރި ފުރަތަމަ ފަހަަރު. މީގެ ކުރިން މިދިޔަ އަހަރުގެ ފައިނަލްގައި އެ ޓީމު ވާދަ ކޮށްފައި ވީ ނަމަވެސް، އެ ފަހަރު ވަނީ ކ.ކާށިދޫއާ ވާދަކޮށް ބަލިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2026 | އާދީއްތަ 04:50
ނައިވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި އުފުލާލަނީ، އެ ޓީމަށް ތަށި ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފް

ނައިވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި އުފުލާލަނީ، އެ ޓީމަށް ތަށި ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފް | ރައީސް އޮފީސް

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި ގއ.ދެއްވަދޫގެ މައްޗަށް ކުރި ހޯދައި، ހދ.ނައިވާދޫ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ނައިވާދޫ އިން ވަނީ 9-3 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ދެއްވަދޫ ބަލިކޮށްފަ އެވެ. މެޗުގައި ދެއްވަދޫ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނައިވާދޫ އިން ވަނީ ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. 

މެޗުގައި ދެއްވަދޫ އަށް ލީޑު ނަގައިދިނީ އަޙުމަދު ރާހިލް ރަޝީދު އެވެ. ނަމަވެސް، އަޙުމަދު ޙަލީމް (އައްމަޑޭ) ޖެހި ލަނޑާ އެކު ނައިވާދޫ އިން ނަތީޖާ ހަމަހަމަ ކުރިއިރު، ނައިވާދޫގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަަގައިދިނީ ޢަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އޭގެ ފަހުން ނައިވާދޫގެ ތިން ވަނަ ލަނޑު ޖެހީ މުޙައްމަދު ޔާމީން އެވެ. އަަދި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހަތަރު ވަނަ ލަނޑު ޖެހީ އައްމަޑޭ އެވެ.

ދެ ވަނަ ހާފު ފަށައިގެން ދެއްވަދޫގެ ދެ ވަނަ ލަނޑު ޖެހީ ރާހިލް އެވެ. އެ ލަނޑުގެ ފަހުން ޙުސެއިން މައިޝާން ވަނީ ނައިވާދޫގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ދެއްވަދޫގެ ތިން ވަނަ ލަނޑު ޖެހީ މުޙައްމަދު އިމްރާން އެވެ. އޭގެ ފަހުން ނައިވާދޫގެ ޝާއްޕެ ވަނީ ދެ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ. ދެއްވަދޫގެ މައިޝާން ވެސް ދެ ވަނަ ލަނޑެއް ޖެހިއިރު، އަނެއް ލަނޑު ޖެހީ ޢަބްދުﷲ ވިސާމް އެވެ. 

މިއީ ނައިވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކުރި ފުރަތަމަ ފަހަަރެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ފައިނަލްގައި އެ ޓީމު ވާދަ ކޮށްފައި ވީ ނަމަވެސް، އެ ފަހަރު ވަނީ ކ.ކާށިދޫއާ ވާދަކޮށް ބަލިވެފަ އެވެ. 

ގޯލްޑަން ފުޓްސަލް ޗެލެންޖްގއ ދެއްވަދޫހދ. ނައިވާދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

ގޯލްޑަން ފުޓްސަލް ޗެލެންޖު: ނައިވާދޫ އާއި ދެއްވަދޫ ފައިނަލް އަށް

12 ފެބުރުއަރީ 2026
ގޯލްޑަން ފުޓްސަލް ޗެލެންޖު: ނައިވާދޫ އާއި ދެއްވަދޫ ފައިނަލް އަށް
04 ޖެނުއަރީ 2026

ޕެނަލްޓީގައި މޮޅުވެ، އޭދަފުށިން ޗެރިޓީ ޝީލްޑު ކާމިޔާބު ކޮށްފި

04 ޖެނުއަރީ 2026
ޕެނަލްޓީގައި މޮޅުވެ، އޭދަފުށިން ޗެރިޓީ ޝީލްޑު ކާމިޔާބު ކޮށްފި
26 ފެބުރުއަރީ 2025

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

26 ފެބުރުއަރީ 2025
ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި
09 އޯގަސްޓު 2023

އައިސް ޕްލާންޓާއެކު، މަސް ރައްކާކުރާނެ ތަނެއް ދެއްވަދޫގައި ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

09 އޯގަސްޓު 2023
އައިސް ޕްލާންޓާއެކު، މަސް ރައްކާކުރާނެ ތަނެއް ދެއްވަދޫގައި ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
09 އޯގަސްޓު 2023

ރައީސް، ގއ. ދެއްވަދޫ ސްކޫލުގެ އައު އިމާރާތާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވައިފި

09 އޯގަސްޓު 2023
ރައީސް، ގއ. ދެއްވަދޫ ސްކޫލުގެ އައު އިމާރާތާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވައިފި
20 ޖުލައި 2023

އީއައިއޭގެ މަސައްކަތް ނިމުމާއެކު ހދ. ނާވައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ: އާޒިމް

20 ޖުލައި 2023
އީއައިއޭގެ މަސައްކަތް ނިމުމާއެކު ހދ. ނާވައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ: އާޒިމް
15 މާރިޗު 2023

ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

15 މާރިޗު 2023
ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ
25 ފެބުރުއަރީ 2023

ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ

25 ފެބުރުއަރީ 2023
ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ
25 ފެބުރުއަރީ 2023

އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި

25 ފެބުރުއަރީ 2023
އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި
25 ފެބުރުއަރީ 2023

ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން

25 ފެބުރުއަރީ 2023
ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް