Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ނާވައިދޫ ބަނދަރުގެ މަސައްކަތް

އީއައިއޭގެ މަސައްކަތް ނިމުމާއެކު ހދ. ނާވައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ: އާޒިމް

މިމަސް ތެރޭގައި އީއައިއޭގެ މަސައްކަތް ނިމޭނެ ކަމަށް މައުލޫމާތު ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2023 | ބުރާސްފަތި 11:45
ހދ. ނާވައިދޫގެ މިހާރުގެ ބަނދަރު

ހދ. ނާވައިދޫގެ މިހާރުގެ ބަނދަރު

އެންވަރަޔަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތް ނިމުމާއެކު ހދ. ނާވައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖެނުއަރީ މަސްތެރޭގައި ކަމަށާއި، އީއައިއޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެހެން ކުންފުންޏަކާ ކަމަށެވެ. ބަނދަރުގެ އަމަލީ މަސައްކަތްތައް ފެށޭނީ އެ މަސައްކަތް ނިމުމުން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިމަސް ތެރޭގައި އީއައިއޭގެ މަސައްކަތް ނިމޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މަސައްކަތް ނިމިއްޖެ ކަމުގައިވާނަމަ އޯގަސްޓު މަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިސަރުކާރުން ތަރައްގީ ކުރާ ހުރިހާ ބަނދަރެއް ނިންމާ ރައްޔިތުންނާ ހަވާލުކުރާނީ އެންމެ ފުރިހަމައަށް ތަރައްގީ ކުރުމަށްފަހު ކަަމަށެވެ. އެގޮތުން ޕޭމަންޓާއި މަގު ބައްތި ޖަހާ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު އެއްކޮށް ނިންމާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަނދަރަށް ބަދަލުތަކެއް ނުގެންނަ ކަމަށްވާނަމަ 18 މަސް ތެރޭގައި ބަނދަރުގެ ހުރިހާ މަސައްކަތެއް ނިންމާ ރައްޔިތުންނާ ހަވާލުކުރާނެ ކަމަށެވެ.

ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 16 ޖަނުއަރީ 2023 ގައެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، އައު ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 290 މީޓަރ ބްރޭކްވޯޓަރ ޖެހުން، 10 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ ޖެހުން، 25 މީޓަރ ގުރޯއިން ޖެހުން، 73.3 މީޓަރ ރިވެޓްމެންޓް ޖެހުން، 231 މީޓަރ އެއްގަމު ތޮށި ޖެހުން، 231 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 62 މރިންގ ރިންގް ހަރުކުރުން އަދި ރޭންޕެއް ހެދުން، ކޮންކްރީޓް ޖެޓީއެއް ހެދުން، މަގު ބައްތި ހަރުކުރުން އަދި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ހދ. ނައިވާދޫއާދަމް ޢާޒިމްއެމްޓީސީސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު