Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނ އަތޮޅަށް ކުރައްވާ ދަތުރުފުޅު

ބޭރުގެ ބޭންކުތަކުގެ އިތުބާރު ސަރުކާރަށް އެބައޮތް: ރައީސް

ކުރިއަތް އޮތް ދައުރުގައި ކެނދިކުޅުދޫގައި މަދުވެގެން 300 ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2023 | ހޮނިހިރު 13:23
ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ބޭރުގެ ބޭންކުތަކުގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫ ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކެމްޕޭނަށް ނިކުމެވަޑައިގަތް ފަހުންވެސް ވަރަށް ގިނަ ބޭރުގެ ފަރާތްތަކާ ބައްދަލުވެވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުން ވާ ހުރިހާ ވައުދުތައް ފުއްދުމަށް ބޭރުގެ ބޭންކުތަކުންވެސް ފައިސާ ދިނުމަށް ތައްޔާރަށް ތިބިކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

2023 ވަނަ އަހަރާ ހަމައަށް ސަރުކާރު އައިސްފައިވަނީ ދަތި އުނދަގޫ މަސައްކަތްތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެ އިސްލާހު ކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތައް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ކެނދިކުޅުދޫގެ ރައްޔިތުން ސަރުކާރުން ގެންގުޅޭ އުސޫލުތަކާއި އަމަލުކުރަމުން އައި ގޮތް ތަޖުރިބާ ކޮށްފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ދޭ ވޯޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ކޯލިޝަން ހެއްދެވި ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކެނދިކުޅުދޫގައި ރައްޔިތުން އެންމެ ބޮޑަށް އެދުނު ކަމަކީ ޖޫނިއަރ ކޮލެޖާއި ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުން ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލުގެ ބިންގާ އެޅިގެންދާއިރު މަޝްރޫއު އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކުރިއަތް އޮތް ދައުރުގައި ކެނދިކުޅުދޫގައި މަދުވެގެން 300 ރޯހައުސް ނުވަތަ ފްލެޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގިރާ ސަރަހައްދު ރަށުގައި ހިމާޔަތްކުރަން ޖެހިފައިވާ ކަމަށާއި، ރަށުގެ ފުއްޓަރު ފަރާތް ކުރިއަށް އޮތް ދައުރުގައި ހިމާޔަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަތް އޮތް ދައުރުގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ނޫނަށް ނ.ކެނދިކުޅުދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު