Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނ އަތޮޅަށް ކުރައްވާ ދަތުރުފުޅު

ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި

ކެނދިކުޅުދޫގައި އަލަށް ހުޅުވި އިންޖީނުގެއަކީ 12 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އެ ރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 އޯގަސްޓު 2023 | ހޮނިހިރު 14:19
ރައީސް ކެނދިކުޅުދޫ ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވަނީ

ރައީސް ކެނދިކުޅުދޫ ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވަނީ

ނ. ކެނދިކުޅުދުއާއި ހެނބަދޫ އިންޖީނުގެއާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުވައިފިއެވެ.

މި ދެ ރަށުގެ އިންޖީނުގެއާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

ފެނަކަ ކޯޕަރޭޝަނުން ކެނދިކުޅުދޫގައި އަލަށް ހުޅުވި އިންޖީނުގެއަކީ 12 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އެ ރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއެކެވެ. އެ ރަށުގައި ކުރިން ހުރި އިންޖީނުގެއާއި އޮފީހުގައި އެއްފަހަރާ ތިން މުވައްޒަފުންނަށް މަސައްކަތް ކުރެވޭއިރު، އައު އިންޖީނުގެއާއި އޮފީސް އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. މި އައު އިންޖީނުގެއާއެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީވެސް ވަނީ 1170 ކިލޯވޮޓުން 1720 ކިލޯވޮޓަށް މަތިކޮށްފައެވެ.

ހެނބަދޫގައި އައު އިންޖީނުގެއެއް ހުޅުވާފައި މިވަނީ 10 އަހަރުވީ އިންޖީނުގެ ބަންދުކުރުމަށްފަހުއެވެ. ކުރީގެ އިންޖީނުގެއާއި އޮފީސް އިމާރާތުގައި ތިން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ އޮންނައިރު، އައު އިންޖީނުގެއާއި އޮފީސް އިމާރާތުގައި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. މި އިންޖީނުގެއާއެކު ހެނބަދޫގެ ކަރަންޓުގެ ކެޕޭސިޓީ ވަނީ 396 ކިލޯވޮޓުން 498 ކިލޯވޮޓަށް މަތިކޮށްފައެވެ.

ކެނދިކުޅުދުއާއި ހެނބަދޫގައިވެސް އައު އިންޖީނުގެތައް އެޅުމަށް ފެނަކައިން ނިންމީ، އެ ދެ ރަށުގައި ކުރިން އިންޖީނުގެތައް ހިންގަމުން އައީ އާއްމުން ދިރިއުޅޭ ސަރަހައްދުގައި ކަމަށްވާތީއެވެ. އައު އިންޖީނުގެތައް ބަދަލުކޮށްފައިވަނީ އާއްމުންނަށް އުނދަގޫ ނުވާނެ ހިސާބުތަކަށެވެ. މިގޮތަށް އެކި ރަށްރަށުގެ އިންޖީނުގެތައް އެ ކުންފުނިން އަންނަނީ ބަދަލު ކުރަމުންނެވެ.

ރައީސް ނޫނަށް ފެނަކަ ކޯޕަރޭޝަންނ. ހެނބަދޫނ.ކެނދިކުޅުދޫ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
07 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި

07 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
29 އޮކްޓޯބަރު 2025

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025
ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން
07 އޮކްޓޯބަރު 2025

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

07 އޮކްޓޯބަރު 2025
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
03 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި

03 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު