Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލާމަރުކަޒީ ނިޒާމު

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

އެންމެ ފަހުން 2024 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް އޮތީ 2.2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، 2025 ގެ ބަޖެޓުގައި ކައުންސިލްތަކަށް އޮތީ 1.4 ބިލިއަން ރުފިޔާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2024 | ހޮނިހިރު 10:15
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މީގެ ކުރިން ވެސް ވަނީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް އެތައް ކަމެއް ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މީގެ ކުރިން ވެސް ވަނީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް އެތައް ކަމެއް ކުރެއްވި

މިއަދު ސަރުކާރުގައި އޮތް ޕީއެންސީގެ އިސްވެރިންނާއި، އާންމު މެމްބަރުން ދައްކާ ވާހަކައެއް އޮވެ އެވެ. އެއީ ލާމަރުކަޒީ ނިޒާމުގެ "ޗެމްޕިއަން" އަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަމަށް އެ ބޭފުޅުން ވިދާޅުވާ ވާހަކަ އެވެ. ނަމަވެސް، އެ ވާހަކަތަކާ ދެކޮޅު ވާން ޖެހޭ ސަބަބަކީ މާޒީގައި ކަންތައް ހިނގާފައިވާ ގޮތާއި، މިހާރު ކަންތައްތައް ހިނގަމުންދާ ގޮތުންނެވެ. މާޒީގެ ވާހަކަ އަށް ކޮންމެ ވެސް ވަރަކަށް އަލި އަޅުވާލާފައ މެނުވީ، މިހާރުގެ ވާހަކަ އަށް ދިޔުން އެންމެ ރަނގަޅު ނުވާނެ އެވެ.

މާޒީ އަަށް ބަލާއިރު، ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގަައި ހައުސިންގ މިނިސްޓަރަކަށް ހުންނަވައި، މާލޭ ސިޓީ ކައުންސިލަރުން "މަގުމަތި" ކޮށްލީ އެވެ. ސިޓީ ކައުންސިލްގެ ހުރިހާ ބާރުތަކެއް ހައުސިންގ މިނިސްޓްރީ އަށް ނަންގަވައިގެން އިންނަވާ، ސިޓީ ކައުންސިލަށް އަރުވާލި ވަރު، އެ ބޭފުޅުން ހަނދާން ނުވިޔަސް އަޅުގަނޑުމެން ހަނދާން އެބަ ހުއްޓެވެ. މިއީ އޭރު ކަންތައް ހިންގާފައިވާ ގޮތުގެ ކުޑަ މިންވަރެކެވެ.

ދެން އޮތީ މިހާރު ކަންތައް ހިނގާ ގޮތުގެ ވާހަކަ އެވެ. ޙާލަތު ތަފާތު ވި ނަމަވެސް، އޭރު ވެސް އަދި މިހާރު ވެސް ކުރަނީ އެއް ކަމެކެވެ. އެއީ ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަސައްކަތެވެ. އޭރު އެކަން ކުރެއްވީ ހައުސިންގ މިނިސްޓަރަކަށް ހުންނަވައިގެންނެވެ. ނަމަވެސް، މިހާރު އެކަން ކުރައްވަމުން އެ ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަކީ ލާމަރުކަޒީ ނިޒާމަށް "ބީރައްޓެހި" ބޭފުޅެކެވެ. ވެރިކަން ކުރާ ޕީއެންސީ އަކީ އެ ނިޒާމު ދަންނަ ވެސް ބައެއް ނޫނެވެ.

ޤާނޫނު އަސާސީ އަށް ބަލާއިރު، ލާމަރުކަޒީ ޤަނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން، އެ މާއްދާގެ "ހ" ގައި ބަޔާންކޮށްފައި ވަނީ، ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ މަދުވެގެން ފަސް އިންސައްތަ ކައުންސިލްތަކަށް ޚާއްސަ ކުުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ނިންމާފައިވާ އެ އަދަދު، އާމްދަނީގެ ފަސް އިންސައްތަ އަށް ވުރެ ކުޑަ އެވެ. އެކަމާ ދެކޮޅަށް ކައުންސިލްތަކުން ދަނީ ވާހަކަ ވެސް ދައްކަމުންނެވެ. ނުރުހުންް ވެސް ފާޅު ކުރަމުންނެވެ.

ކުޑަ މިސާލެއް ދަންނަވާނަމަ، 2024 ވަނަ އަހަރުގެ ބަޖެޓުން 7.8 މިލިއަން ރުފިޔާ ލިބުނު ކައުންސިލްތަކަށް 2025 ގެ ބަޖެޓުން ލިބެން އޮތީ 5.5 މިލިއަން ރުފިޔާ އެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާާއިރު، ކައުންސިލްތަކުގެ ބަޖެޓު ދިޔައީ އެއް އަހަރުން އަނެއް އަހަރަށް އިތުރު ވަމުންނެވެ. ނަމަވެސް، އަންނަ އަހަރަށް ކައުންސިލްތަކަށް ދޭން ބަޖެޓުގައި ހިމަނާފައިވާ މިންވަރާ އެކު، އެކަން ވެސް ފަހަތަށް ދިޔައީ އެވެ. އެންމެ ފަހުން 2024 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް އޮތީ 2.2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، 2025 ގެ ބަޖެޓުގައި ކައުންސިލްތަކަށް އޮތީ 1.4 ބިލިއަން ރުފިޔާ އެވެ.

ކައުންސިލް ތަކުގެ ބެޖެޓުން ދޭން ކަނޑައަޅާފައިވާ އަދަދު ކުޑަވުމާާއެކު، ސިޓީ ތަކާއި، ރަށްތަކާއި، އަތޮޅު ކައުންސިލް ތަކުން އަންނަނީ އިންތިހާ އަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ކައުންސިލް ތަކުގެ ބަޖެޓު ކުޑަ ކުރުމުގެ ސަބަބުން، މުސާރަ ދިނުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ކައުންސިލް ތަކުން އަންނަނީ ބުނަމުންނެވެ. މިއީ ސީދާ ލާމަރުކަޒީ ނިޒާމާ ދެކޮޅު ބަޔަކު، ނުވަތަ އެ ނިޒާމު ނުދަންނަ ބަޔަކު ވެރިކަން ކުރުމުގެ ނަތީޖާ ކަމަށް ވެސް ކައުންސިލްތަކުގެ ވެރިން އަންނަނީ ބުނަމުންނެވެ. އަދި ޕީއެންސީ ފިކުރުގެ ކޮންމެ ވެރިކަމެއްގައި ވެސް ކައުންސިލްތަކަށް މި ފަދަ ދަތިތައް ކުރާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންލާމަރުކަޒީ ނިޒާމުލޯކަލް ގަވަމަންޓް އޮތޯރިޓީމިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
23 ސެޕްޓެމްބަރު 2025

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި

23 ސެޕްޓެމްބަރު 2025
ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި
05 ސެޕްޓެމްބަރު 2025

ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

05 ސެޕްޓެމްބަރު 2025
ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު