Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެންގުން - އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ

ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް އަމަލުކުރެވެން ނެތް ކަމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 މާރިޗު 2024 | އަންގާރަ 18:45
އެލްޖީއޭ

އެލްޖީއޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގެން، ސިޔާސީ ކެމްޕޭނު ކުރެއްވުން ކުށްވެރިކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލަ އާއި ގުޅިގެން އެލްޖީއޭ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކުރަން އެކޮމިޓީން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ. އެ ކޮމިޓީން އެގޮތަށް ފާސްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގެން، ސިޔާސީ ކެމްޕޭނު ކުރެއްވުން ކުށްވެރިކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައިވާތީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަހުމަދު އީސާ އެ ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލަ އަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް އަމަލުކުރެވެން ނެތް ކަމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބުނެފައެވެ.

އެލްޖީއޭ އިން ބާތިލްކުރަން އެންގި ބަޔާނަކީ ކެނދިކުޅުދޫ ކައުންސިލުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުން އެންގި އެންގުންތަކާ އެއްގޮތަށް އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވަނިކޮށް، އެ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ރައީސް އަދި ސަރުކާރުގެ ވަޒީރުން، މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެކެވެ.

އެކަމާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ރައީސް ވަޑައިގެންނެވި ހިސާބުން ފެށިގެން ރައްޔިތުންނާއި މުހާތަބުކުރުމަށް ބޭއްވި ހަފްލާގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސިލުން ބައިވެރިވެފައިވާނެ ކަމަށެވެ. އަދި އެދުވަހު ބޭއްވި ހަފުލާ އެ ކައުންސިލަަށް ސިފަވީ، ރައީސް ދަތުރުފުޅުގެ ނަމުގައި ވަޑައިގެން މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ބަޖެޓުން ސިޔާސީ ކަންކަމަށް ޚަރަދު ކުރުވާތީ އެކަމުގެ ކަންބޮޑުވުން ކެނދިކުޅުދޫ ކައުންސިލުން ވަނީ ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްއެލްޖީއޭނ.ކެނދިކުޅުދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު