Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ވުޒާރާ

17 ރަށެއްގެ ކުޅިވަރު މަޝްރޫއުތައް ހިންގަން ހަވާލު ކުރީ ސިފައިންގެ ކުންފުނި ސިވެކްއާ

ކުޅިވަރު ވުޒާރާ އިން ސިވެކްއާ ހަވާލު ކޮށްފައިވާ 20 މަޝްރޫއުގެ ތެރޭގައި ފުޓްސަލް ދަނޑުތައް ޤާއިމު ކުރުމާއި، ހޭންޑު ބޯޅަ ކޯޓު ޤާއިމު ކުރުމާއި، ވޮލީ ކޯޓު ޤާއިމު ކުރުމާއި، ސްވިމިން ޓްރެކް ޤާއިމު ކުރުން އަދި ފުޓުބޯޅަ ދަނޑު ޤާއިމު ކުރުން ފަދަ މަޝްރޫއުތައް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 04:06
ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ކުޅިވަރު މަޝްރޫއުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ކުޅިވަރު މަޝްރޫއުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުޅިވަރު ވުޒާރާ އިން ރާއްޖޭގެ 17 ރަށެއްގައި ހިންގާ ކުޅިވަރުގެ މަޝްރޫއުތައް ހިންގުމަށް، ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ ހަވާލު ކޮށްފި އެވެ.

ރާއްޖޭގެ 17 ރަށެއްގައި ކުޅިވަަރުގެ 20 މަޝްރޫއެއް ހިންގުމަށް ކުޅިވަރު ވުޒާރާ އިން ސިވެކްއާ ހަވާލު ކޮށްފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އެވެ. ސިފައިންގެ ގޭގައި ބޭއްވި އެ ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ދިލްޝާން ޢަބްދުﷲ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަޙުމަދު ޒުބެއިރު އެވެ.

އެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އޭގެ އިތުރުން އެ ވުޒާރާގެ އެހެން އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

ކުޅިވަރު ވުޒާރާ އިން ސިވެކްއާ ހަވާލު ކޮށްފައިވާ 20 މަޝްރޫއުގެ ތެރޭގައި ފުޓްސަލް ދަނޑުތައް ޤާއިމު ކުރުމާއި، ހޭންޑު ބޯޅަ ކޯޓު ޤާއިމު ކުރުމާއި، ވޮލީ ކޯޓު ޤާއިމު ކުރުމާއި، ސްވިމިން ޓްރެކް ޤާއިމު ކުރުން އަދި ފުޓުބޯޅަ ދަނޑު ޤާއިމު ކުރުން ފަދަ މަޝްރޫއުތައް ހިމެނެ އެވެ. 

ސިވެކްއާ ހަވާލު ކޮށްފައިވާ 20 މަޝްރޫއުގެ ތަފްސީލު:

1. އދ.ފެންފުށީ ފުޓްސަލް ދަނޑުގެ ޓާފް ބަދަލު ކުރުން.

2-. އދ.އޮމަދޫ ހޭންޑު ބޯޅަ ކޯޓު ޤާއިމު ކުރުން.

3. ބ.ކަމަދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުން.

4. ފ.ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުން.

5. ފ.ދަރަނބޫދޫ ވޮލީ ކޯޓު ޤާއިމު ކުރުން.

6. ގއ.ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތު ކުރުން.

7. ހއ.ދިއްދޫ ސްވިމިން ޓްރެކް ޤާއިމު ކުރުން.

8. ހދ.މަކުނުދޫ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުން.

9. ހދ.ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމު ކުރުން.

10. މ.ވޭވަށު ފުޓްސަލް ދަނޑު ތަރައްޤީ ކުރުން.

11. ނ.ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމު ކުރުން.

12. ނ.ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުން.

13. ނ.ޅޮހި ފުޓުބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމު ކުރުން.

14. ނ.ޅޮހި މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމު ކުރުން.

15. ނ.ޅޮހި އައުޓްޑޯ ވޮލީ ކޯޓު ޤާއިމު ކުރުން.

16. ނ.މަގޫދޫ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުން.

17. ނ.މަނަދޫ އައުޓްޑޯ ވޮލީ ކޯޓު ޤާއިމު ކުރުން.

18. ނ.މިލަދޫ ފުޓުބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމު ކުރުން.

19. ނ.ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމު ކުރުން.

20. ވ.ފުލިދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުން.

ކުޅިވަރު ދާއިރާގެ މަޝްރޫއުތައް ހިންގުމަށް ސިވެކްއާ ހަވާލު ކޮށްފައިވާއިރު، މިއީ ކުޅިވަރުގެ މަޝްރޫއުތައް ހިންގުމަށް ސިވެކްއާ ހަވާލު ކުރި ފުރަތަމަ ފަހަރެވެ. މި ސަރުކާރުން ރަށް ރަށުގައި ފިޓްނަސް ސެންޓަރުތައް ޤާއިމު ކުރުމަށް ވެސް ހަވާލު ކޮށްފައި ވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އާ އެވެ. މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ވެސް ވަނީ ބައެއް މަޝްރޫއުތައް ހަވާލު ކޮށްފަ އެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުސިވެކް

ކޮމެންޓް

އިތުރަށް ކިޔާލަން

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

03 ސެޕްޓެމްބަރު 2025
މުއިއްޒު ދިދަޔާ ވާހަކަ ދެއްކެވި ރަސްމިއްޔާތުން މެމްބަރު ޝުޖާއު ކުންފުންޏަށް 15 މިލިއަން ރުފިޔާ!

މުއިއްޒު ދިދަޔާ ވާހަކަ ދެއްކެވި ރަސްމިއްޔާތުން މެމްބަރު ޝުޖާއު ކުންފުންޏަށް 15 މިލިއަން ރުފިޔާ!

02 އޯގަސްޓު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު