Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑީޖޭއޭ

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

ޑީޖޭއޭގެ ޑިރެކްޓަރ ލީގަލް ކޮމްޕެލަޔަންސް މައުސޫމާ ފާރޫޤުގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އާރުޓީއައި ރިކުއެސްޓެއް ހުށަހަޅުމުން ޑީޖޭއޭ އިން ވަނީ އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ. މިކަން ހިނގާފައިވަނީ ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ޝަރުއީ ދާއިރާގެ މުވައްޒަފުން މެޕްކުރި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ޑިސެމްބަރު 2025 | ހޮނިހިރު 15:43
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އަދި މައުސޫމާ ފާރޫގު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އަދި މައުސޫމާ ފާރޫގު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ގެ ޑިރެކްޓަރ ލީގަލް ކޮމްޕެލަޔަންސް މައުސޫމާ ފާރޫޤުގެ މުސާރަ އާއި އިނާޔަތްތައް ހާމަ ކުރަން އެ އޮފީހުން ދެކޮޅު ހަދައިފިއެވެ.

މައުސޫމާގެ މުސާރައާއި އިނާޔަތްތައް ހޯދަން، ޑީޖޭއޭއިން ދެކޮޅު ހަދާފައި މި ވަނީ ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް، ޝަރުއީ ދާއިރާގެ މުވައްޒަފުން މެޕްކޮށްފައިވާ ގޮތާއި މެދު، ޖުޑީޝަރީގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ އެކު ސީރިއަސް ތުހުމަތުތަކެއް މުވައްޒަފުން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

Advertisement - newsAdvertisement

އެގޮތުން ޑީޖޭއޭގެ ވަކި ބަޔަކު ބޭނުންވާ ގޮތަށް، މުވައްޒަފުން މެޕްކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތަށް އެކަން ހިންގުމުގައި އިސްކޮށް ހުރި ކަމަށް އެ މުވައްޒަފުން ތުހުމަތުކުރާ މައުސޫމާގެ މުސާރަ އާއި އިނާޔަތްތައް އަދި މައުސޫމާ ހިޖުރަކޮށްފައިވާ އޮނިގަނޑު ހޯދުމަށް، ޑީޖޭއޭ އަށް އާރުޓީއައި ރިކުއެސްޓެއް ވަނީ ހުށަހަޅާފަ އވެެ،

މައުސޫމާގެ މުސާރައާއި އިނާޔަތްތައް ހޯދަން، ޑީޖޭއޭ އަށް ހުށަހެޅި ރިކުއެސްޓްގައި އެދިފައިވަނީ ޑިރެކްޓަރ ލީގަލް ކޮމްޕެލަޔަންސް މައުސޫމާ ފާރޫޤު، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމް ވޯރކް" ގެ ދަށުން ހަދާފައިވާ ޝަރުއީ ދާއިރާ އަށް ހާއްސަ ޖޮބް މެޓްރިކްސްގެ ތެރެއިން ހިޖުރަ ކުރައްވާފައިވަނީ ކޮން މެޓްރިކްސްއަކަށްތޯ އަދި އެ ކަމަނާގެ މުސާރަ އާއި އެންމެހައި އިނާޔަތްތައް ހާމަކޮށްދިނުމަށެވެ.

އެހެންނަމަވެސް އެ ރިކުއެސްޓްގައި އެދިފައިވާ މައުލޫމާތު ދިނުމަށް ޑީޖޭއޭ އިން ވަނީ ދެކޮޅު ހަދާފަ އެވެ. ޑީޖޭއޭ އިން ދިން ޖަވާބުގައި ބުނެފައިވަނީ އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ޑީޖޭއޭ އިން ސިއްރުކުރަން ނިންމީ ކަމަށް އެ ޖަވާބުގައި ބުނެފައި ވެ އެވެ.

ޑީޖޭއޭ އިން، ދައުލަތުގެ ޕޭ ރޯލްގައި ހުރި މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން ދެކޮޅު ހަދާފައި ވާއިރު އެ މައުލޫމާތަކީ ގާނޫނު ބުނާ ގޮތުން އަމިއްލަ އިސްނެގުމުގައި ވެސް ހާމަ ކުރަން ޖެހޭ ފަދަ މައުލޫމާތެއްކަން ފާހަގަކޮށްލެވެ އެވެ. އަދި އެ ފަދަ މައުލޫމާތު ނުދީގެން މީގެ ކުރިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އެ މައުލޫމާތަކީ ސިއްރު މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަ ކުރަން ޖެހޭނެ ކަމަށްވަނީ ކަނޑައަޅައިފައެވެ.

ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް، ޝަރުއީ ދާއިރާގެ މުވައްޒަފުން މެޕްކޮށްފައިވާ ގޮތާއި މެދު ޖުޑިޝަރީގެ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އަދި އެކަމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް، ޕެޓިޝަނެއް ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުން ވަނީ ހުށަހަޅައިފައެވެ. އަދި ކަޅު ހެދުމުގައި ނުކުމެ  ނުރުހުން ހުރިކަން މުވައްޒަފުން ވަނީ މީގެ ކުރިން ވެސް ހާމަކޮށްފަ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންމައުސޫމާ ފާރޫޤުދައުލަތުގެ ޕޭ ފްރޭމްވޯކްއާރު.ޓީ.އައިޖުޑީޝަރީ މުވައްޒަފުން

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
18 ނޮވެމްބަރު 2024

ރައީސެވެ. މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުމަކީ ތަފާތު ދެކަމެކެވެ.

18 ނޮވެމްބަރު 2024
ރައީސެވެ. މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުމަކީ ތަފާތު ދެކަމެކެވެ.
29 އޮކްޓޯބަރު 2024

ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިން

29 އޮކްޓޯބަރު 2024
ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު