Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޯތު ހާބަރު ބަންދުކުރުން

ރޯދަ އާ ދިމާކޮށް ނޯތު ހާބަރު ބަންދުކުރީ އޮޑިވެރިންނާ ކުރި މަޝްވަރާއާ ދިމާ އިދިކޮޅަށް، އޮޑިވެރިންގެ ކަންބޮޑުވުން ބަންޑުން ކޮށްލައިފި!

ސަރުކާރުން ނޯތު ހާބަރުގެ ތަރައްގީގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލަން ވިދާޅުވި ނަމަވެސް އެންމެ ހާބަރު އެއްކޮށް ބަންދު ކޮށްފައިވާތީ އޮޑިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ރަމަޟާން މަހަށް ބޭނުންވާ މުދާ ރަށްރަށަށް ސަޕްލައި ކުރުން ދަތިވެގެން ދާނެ ކަމަށާ ބޯޓުފަހަރުތަކުގައި މަސައްކަތް ކުރާ މީހުންގެ އާމްދަނީ ދަށްވެގެން ދާނެ ކަމަށް އޮޑިވެރިން ބުނޭ. ކުރިއަށް އޮތް ރަމަޟާން މަހު މަދުވެގެން 50 ބޯޓަށް ޖާގަ ލިބޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އޮޑިވެރިން ވަނީ ސަރުކާރަށް ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 14:46
ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ

ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ | މިހާރު

މާލޭ ނޯތު ހާބަރު މި ސަރުކާރުން ބަންދު ކޮށްފައިވަނީ އޮޑިވެރިންނާ އެތައް ފަހަރެއްގެ މަތިން ކުރި މަޝްވަރާއާ ދިމާ އިދިކޮޅަށް ކަމަށާ ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށް ވާއިރު އޮޑިވެރިންނަށް މި ސަރުކާރުން އިންތިހާ އަށް ތަކުލީފު ޖައްސާފައިވާ ތީ އޮޑިވެރިންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި އެވެ. 

ނޯތު ހާބަރުން ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެހެން އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް އަމަލީ މަސައްކަތް ފަށާފައި ވަނީ ތިން މަރުހަލާ އެއްކޮށެވެ. މިއާއެކު މިކަމުގެ ކަންބޮޑުވުން އޮޑިފަހަރުތަކުގެ ވެރިން ވަނީ ރާއްޖެޓީވީ އާ ހިއްސާ ކޮށްފަ އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީ އާ ވާހަކަދެއްކި އޮޑިވެރިން ބުނީ މި މަޝްރޫއު ކުރިއަަށް ދާ ގޮތް އޮޑިވެރިންނާ ސަރުކާރުން ހިއްސާ ކުރި އިރު ބުނި އެއްވެސް ކަމެއް އެގޮތަށް ނުހިނގާ ކަމަށެވެ. އެގޮތުން ސަރުކާރުން ވަނީ މި މަސައްކަތް ކުރާނީ ބޯޓުތަކަށް ދަތި ނުވާގޮތަށް ތިން ފިޔަވައްސަށް ބަހާލައިގެން ކަމަށް ބުނި ކަމަށާ ނަމަވެސް މިހާރު މުޅި ނޯތު ހާބަރު އެއްކޮށް ބަންދު ކޮށްފައިވާއިރު ސަރުކާރުން އަމަލު ކޮށްފައިވަނީ މަޝްވަރާއާ ދިމާ އިދިކޮޅަށް ކަމަށެވެ. 

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާއިރު، އޭގެ މަހެއްހާ ދުވަސް ކުރިން ނުވަތަ ދޮޅުމަސް ކުރިން ރަށްރަށަށް ބޭނުންވާ މުދާ ސަޕްލައިކޮށް ނިންމަން ޖެހޭ އިރު އެކަން ވެސް އޮތީ ނުކުރެވި ކަމަށާ އޭގެ ސަބަބުން އަތޮޅުތެރޭގެ ރައްޔިތުން ނިކަމެތިވެގެން ދާނެ ކަމަށް އޮޑިވެރިން ފާހަގަކޮށްފައި ވެ އެވެ. 

މަހަކު އެއް ދަތުރު ކޮށްގެން އަތޮޅު ތެރޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ގެންދެވޭނެ ފޯމިއުލާއެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ށ. އަތޮޅަށް އެކަނި އަލުގަނޑުމެން ބަލައިލި ނަމަވެސް 6 ބޯޓު މި އޮންނަނީ. ދުވާލަކު ބޯޓެއް ކަހަލަ ގޮތަކަށް އެރަށް ރަށަށް ދަތުރު ކުރާނެ. ފީވަކުން ވެސް އަޅުގަނޑުމެން އެބަ ގެންނަން ހަފްތާއަކު އެއް ދުވަހު އެކޮޅުން މިކޮޅަށް އަންނަ އިރު އަޅުގަނޑުމެން ގެންނަން އެބަ ޖެހޭ 6 އެއްކަ ޓަނު މޭވާއާ ތަރުކާރީ. މިހާރު އަޅުގަނޑުމެން މިކޮޅުގަ ތިބޭތާ 15 ދުވަސް. އަދި 15 ދުވަސް ފަހުން ރަށަށް ދެވޭނެ ކަމަށް މި ބަލަނީ. އެހެން ވެއްޖެޔާ އެކޮޅުން ވެސް އަންނަ ހުރި އެއްޗެހި ނާންނާނެތާ.
ކަންބޮޑުވުން ހިއްސާކުރި އޮޑިއެއްގެ ވެރި އެއް

އޭގެ އިތުރުން ސަރުކާރުގެ މި އަމަލުތަކާއެކު ބޯޓުފަހަރުތަކުގައި މަސައްކަތް ކުރާ މީހުންގެ އާމްދަނީ އިންތިހާ އަށް ދަށް ވެގެން ދާނެ ކަމަށާ އޮޑިފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ތިބީ ނުހަނު ހާލުގައި ތަކުލީފުގައި ކަމަށް ވެސް ކަންބޮޑުވުން ހިއްސާކުރި އޮޑިތަކުގެ ވެރިން ބުންޏެވެ. 

އަޅުގަނޑުމެންގެ އާމްދަނީ އިންތިހާއަށް ދަށަށް ދާނެ. ބޯޓު ތަކުގަ މަސައްކަތް ކުރާ މީހުންގެ މުސާރަ ނުދެވޭ. އަޅުގަނޑުމެންގެ އާމްދަނީ އިންތިހާ އަށް ދަތިވާ އިރުގަ އަތޮޅުތެރޭގެ ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން ދާނެ. 
ކަންބޮޑުވުން ހިއްސާކުރި އޮޑިއެއްގެ ވެރި އެއް

އެހެން ކަމުން އޮޑިވެރިން ވަނީ މިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި މާލޭގެ ކޮންމެވެސް ތާކުން މަދުވެގެން 50 ބޯޓަށް ޖާގަ ލިބޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި ނުދީފި ނަމަ ކުރިއަށް އޮތް ރަމަޟާން މަހު ރައްޔިތުން ވަރަށް ނިކަމެތި ހާލަކަށް ދާނެ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މާލޭ ނޯތުހާބަރުރަަމަޟާންމުދާ އުފުލާ ބޯޓު ފަހަރުއެމްޕީއެލް ބަނދަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

14 ޖެނުއަރީ 2026
ހުޅުމާލޭ ފަޅު ތެރޭގައި ރަށްރަށުން އައިސް ތިބި ދަތުރުވެރިން ހާލުގައި ޖެހިފައި!

ހުޅުމާލޭ ފަޅު ތެރޭގައި ރަށްރަށުން އައިސް ތިބި ދަތުރުވެރިން ހާލުގައި ޖެހިފައި!

29 ޑިސެމްބަރު 2025
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

25 ޑިސެމްބަރު 2025
ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި

ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި

15 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު