Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިވެރިން

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

މާލޭ ނޯތު ހާބަރު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ފެށުމުން އޮޑިފަހަރު ކައިރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވި. ހާބަރުގެ 30 އިންސައްތަ ސަރަހައްދު ބޭނުން ނުކުރެވޭއިރު، 70ން 90ށް ދޯނި ކިއޫގައި އޮތުމާއި އެކު އިތުރު 10 ވަރަކަށް ދުވަސް ހޭދަވަމުންދާ ކަމަށް އޭނާ ވިދާޅުވި. ރަމަޟާން މަހާ ދިމާކޮށް މިފަދަ މަޝްރޫ އެއް ފެށުން ކުށްވެރިކުރައްވައި ހުޅުމާލެއިން ނަމަވެސް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން އޭނާ ގޮވާލެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖެނުއަރީ 2026 | ބުދަ 07:28
އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ

އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ | އެމްޑީޕީ ސެކްރިޓޭރިއެޓް

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށާ އޭގެ ކުރިން ރަށްރަށަށް ބޭނުންވާ މުދާ ސަޕްލައި ކޮށް ނިންމަން ޖެހޭ އިރު ހުޅުމާލެއިން ނަމަވެސް އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް ސަރުކާރުން މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މާލޭ ނޯތު ހާބަރު މަރާމާތު ކުރުމުގެ ބޮޑު މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އެ ސަރަހައްދު ބޭނުންކުރާ ދޯނިފަހަރު ކައިރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމުގެ ޝަކުވާ އޮޑިވެރިން އިންތިހާ އަށް ކުރަމުންދާ ކަމަށެވެ.  

ނޯތު ހާބަރުން ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެހެން އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް އަމަލީ މަސައްކަތް ފަށާފައި ވަނީ ތިން މަރުހަލާ އެއްކޮށް ކަމަށާ މިހާރު އެ މަސައްކަތް އޮތީ މުޅިން ހުއްޓިފައި ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. މީގެ ސަބަބުން ނޯތު ހާބަރުގެ ގާތްގަނޑަކަށް 30 އިންސައްތަ ސަރަހައްދު ބޭނުން ނުކުރެވޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އޭގެ ބަދަލުގައި އޮޑިފަހަރުތަކަށް ދީފައިވާ ރަސްމީ ފާލަން ސަރަހައްދުން ޖާގަ ލިބެނީ އެންމެ 7 ދޯންޏަށް ކަމަށެވެ. 

އަޅުގަނޑާ ދިމާވި ބައެއް ބޭފުޅުން ދެއްކި ހިސާބުތަކަށް ބަލާއިރު، 70، 80 ނުވަތަ 90 އެއްހާ ދޯނި އެބައޮތް ކިއޫގައި. މި ކިއޫގެ ތަރުތީބުން ދޯނިތަކަށް ފުރުސަތު ލިބޭއިރު، އިތުރު 10 ވަރަކަށް ދުވަސް އެބަ ހޭދަވޭ. އަޅުގަނޑު ސަރުކާރަށް ގޮވާލަން ހުޅުމާލެއިން ނަމަވެސް މި އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަވައިދޭން. މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ ޖޫން ނުވަތަ ޖުލައި ހިސާބުގައި ކަމަށްވާއިރު، އެހާ ދުވަހު އޮޑިވެރިންނަށް މި ތަކުލީފުގައި ނުތިބެވޭނެ،
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ގެ މެންބަރު އަބްދުއްޣަފޫރު މޫސާ 

ޣަފޫރު ވިދާޅުވީ ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާއިރު، އޭގެ މަހެއްހާ ދުވަސް ކުރިން ނުވަތަ ދޮޅުމަސް ކުރިން ރަށްރަށަށް ބޭނުންވާ މުދާ ސަޕްލައިކޮށް ނިންމަން ޖެހޭނެ ކަމަށެވެ. ރަމަޟާން މަހާ ދިމާކޮށް މިފަދަ މަޝްރޫއެއް މި ސަރުކާރުން ފެށި ފެށުން ވެސް ކުށްވެރި ކުރައްވާ ޣަފޫރު ވިދާޅުވީ މީގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން ހުޅުމާލެއިން ނަމަވެސް އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް ސަރުކާރުން މިހާރުން މިހާރަށް ހަމަޖެއްސުމަށް ޣަފޫރު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

އަބްދުލްގަފޫރު މޫސާއެމްޑީޕީރަަމަޟާންނޯތު ހާބަރު

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2026

ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

12 ޖެނުއަރީ 2026
ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ
12 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ

12 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ
12 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

12 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު
11 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި

11 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި
10 ޖެނުއަރީ 2026

އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި

10 ޖެނުއަރީ 2026
އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި
07 ޖެނުއަރީ 2026

މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު

07 ޖެނުއަރީ 2026
މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު
06 ޖެނުއަރީ 2026

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ
06 ޖެނުއަރީ 2026

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

06 ޖެނުއަރީ 2026
ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ
05 ޖެނުއަރީ 2026

ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި

05 ޖެނުއަރީ 2026
ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި
05 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބު ގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަޒީފާގެ ހުށަހެޅުމާއި، ބިރު ދެއްކުން ފަދަ ކަންކަން ދަނީ ހިނގަމުން: ބިގޭ

05 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބު ގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަޒީފާގެ ހުށަހެޅުމާއި، ބިރު ދެއްކުން ފަދަ ކަންކަން ދަނީ ހިނގަމުން: ބިގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު