Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

މައްސަލަ ފެންމަތިވެ އަމިއްލަ ބާރު އޮތް މަޖިލީހުން ރަސްމީކޮށް ހާމަކުރިތާވެސް އަހަރަކާ ގާތްވީ. އޭސީސީން ވެސް އެމައްސަލަ ބަލާކަން ހާމަކުރިތާ ވެސް ހަމަ އެވަރުވީ. ވީކަމެއް ކުރެވުނު ކަމެއް އެޅުނު ފިޔަވަޅެއް ނެތް.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 08:05
ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް ޑރ މުހައްމަދު މުޢިއްޒު | ރާއްޖެ އެމްވީ

ދިވެހީން ކައްކަން ބޭނުންކުރާ ގޭސްކޮޅު ގެނެސްދޭ މޯލްޑިވް ގޭހުގެ 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަށް އާއްމު ރައްޔިތުންނަށް ފަޅާއަރުވާލީ ސަރުކާރުން ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ނާޒިމް އެވާހަކަ ދެއްކެވީ ޔޯލަ ކޮށްލާފައި އާދައިގެ ހޮޅުއަށްޓެއްގައި ނޫންނަމަ އެކުއުޅޭ ސިޔާސީންނާއެކު އެރުއްވި ކޮފީއެއްގަ އެއް ނޫނެވެ. ސީދާ އެފަދަ ކަންކަން ބަލަން އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ރަސްމީ ޖަލްސާއެއްގަ އެވެ. ރާއްޖެ އަށް ގޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީ އެއް ނޭނގި ގެއްލިފައިވާކަން ނާޒިމް ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން 9 އޭޕްރީލް 2025 ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭނާ އެކަން ހާމަކުރެއްވިއިރު އެފަދަ އަޑުތަކެއް ސޯޝަލް މީޑިއާގައިވެސް ވަނީ ތިލަވެފަ އެވެ.

މިއީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށް ނާޒިމް ކޮމިޓީގައި ހާމަކުރެއްވި އެވެ. ގެއްލުނީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ނާޒިމް ވިދާޅުވިގޮތުން އެފަދަ އެހެން ފައިސާތަކެއް ވެސް ގެއްލިފައިވާ ކަމަށް ވެސް ދޭހަވި އެވެ. އަދި ގެއްލުނު ފައިސާ ނުހޯދި ވާކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،" ނާޒިމް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްވާންސަށް ދެއްކީ 250،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ.

މިފަދަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށް ވެސް ނާޒިމް ކޮމިޓީގައި ވިދާޅުވި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިވަރުގެ ބޮޑު އެއްޗެއް ފަޅާއަރުވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެންމެ ލާރިއެއް ދެލާރިއެއް ނޫނެވެ. ސީދާ ރައްޔިތުންގެ ފައިސާ އެވެ.

މިކމަމާއެކު ދެން ފެނުނީ އެކަން އޭސީސީން ތަހުގީގް ކުރަން ފެށިކަމަށް ބުނި ޚަބަރެވެ.

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާތައް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފެށިކަން ކަށަވަރުކޮށްދިނީ ނޫސްވެރިން ސުވާލުކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލްއެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ. އެއީވެސް އެވާހަކަ ނާޒިމް ފަޅާއަރުވާލި 9 އޭޕްރީލް 2025 ވަނަ ދުވަހު އެވެ.

ރައްޔިތުންނަށް ފަޅާ އަރައިގެން ސޯޝަލް މީޑިޔާގައި ތުންތުންމަތީން ދެކެވެމުން އައި އެވާހަކަ ރަސްމީ ސިފައެއްގައި ޕީއެންސީން މެޖޯރިޓީ އޮންނަ މަޖިލީހުގެ ނައިބު ރައީސް ހާމަކުރެއްވުން ވެގެން ދިޔައީ ރަސްމީކޮށް އެކަން އިއުލާން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ ފައިސާއިން ގެއްލުނު އެހާގިނަ ފައިސާ ހޯދިދާނެ ކަމަކަށް ހީކުރެވުނު ކަމަކަށެވެ.

އެކަމަކު އެވާހަކަ ފަޅާއެރިތާ އެތައް ދުވަހެއް ވީނަމަވެސް ރަސްމީކޮށް ޕީއެންސީން ހަންމަތަކުރާ މަޖިލީހުން ރަސްމީކޮށް ފަޅާއަރުވާލިތާވެސް އަހަރަކާ ގާތް ކުރަނީއެވެ. އެފައިސާ ގެއްލުނު ގޮތުގެ ޔޯލަ ވާހަކަތައްވެސް އެތައް ގޮތަކަށް ދައްކާ ނަގާތާވެސް ދުވަސްތަކެއް ވިއެވެ. ކުންފުނީގެ އެމްޑީ ޖުއާ ކުޅުންފަދަ ހަރާމް ކަމަކަށް އެފައިސާ ބޭނުންކުރި ކަމުގެ ތުހުމަތުވެސް އޭގެތެރޭގައި ހިމެނިއްޖެއެވެ. އެއަށް ސީދާ އެމްޑީ އަބްދުﷲ މުހައްމަދު (ބޯފަން އަބުޅޯ) ނޫނެކޭވެސް ބުނެފިއެވެ. ޖުވާ ނުކުޅޭ ކަމަށް އޭނާ ވިދާޅުވިނަމަވެސް އެފައިސާއަށް ވީގޮތެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަދައިގަތީ ކޮރަޕްޝަން ނައްތާލުމަށެވެ. އަދި އަޑަށް ބާރުލައްވާފައި ވިދާޅުވަމުން ގެންދަވަނީ އެފަދަ ކަންކަމުގައި ބޮލެއް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށެވެ. ކިހާ ރީތި ހެއްޔެވެ. ހާދަހާވާ ސަޅިއެވެ. ބަހުން އެހާމެ ސާބިތެވެ. އެކަމަކު އެވިދާޅުވާ އެމްޑީ ހުންނެވީ ހުންނެވި ގޮތަށް އެހައިބަތުގައެވެ. ކުޑަމިނުން މައްސަލަ ބަލާތީ އެއްފަރާތްވެސް ކޮށްނުލައެވެ. ބަރާބަރަށް ރައްޔިތުންގެ ފައިސާއިން މުސާރައާއި އިނާޔަތް ލިބިގެން ފުރިހަމަ ޖާހަތުގަ އެވެ. އަނެއްކާ އަނެއް ޝިޕްމެންޓްގެ ފައިސާވެސް އެފަދަ ގޮތަކަށް ގެއްލުވާލެވޭވަރުގެ ބާރުވެރި އެމްޑީގެ މަގާމުގަ އެވެ. މައްސަލަ ފެންމަތިވެ އަމިއްލަ ބާރުއޮތް މަޖިލީހުން ރަސްމީކޮށް ހާމަކުރިތާވެސް އަހަރަކާ ގާތްވީ އެވެ. އޭސީސީންވެސް އެމައްސަލަ ބަލާކަން ހާމަކުރިތާވެސް ހަމަ އެވަރުވީ އެވެ. ވީކަމެއް ކުރެވުނު ކަމެއް އެޅުނު ފިޔަވަޅެއް ނެތެވެ.

ކޮންމެއަކަސް ރައީސް މީހާ މޫނަށް ރުލެއްވެސް އަރުވާ ނުލައްވާ ތިޔަ ވިދާޅުވާ ވާހަކައިގެ ޗަސްބެއް ނެތްކަން މިކަމުން އެކަނިވެސް ހާމަވެ އެވެ. ތިޔަ ވިދާޅުވާ ބޮލެއް ކަނދުރާއަކަށް ނުބައްލަވާނީ އާދައިގެ ސޮރަކު ކުރީމާކަން އިތުރަކަށް ބުނެދޭކަށް ނުޖެހެ އެވެ. ނޫންނަމަ ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި ސިޓީ ކައުންސިލުން ވަޒީފާ ދީގެން ލޮނުޒިޔާރަތް ޕާކު ހަވާލުކޮށްގެން ބޯފަން އަބްދުﷲ ކޮށްދިން މަސައްކަތުގެ އަގު ހަމަނުވާތީ ބޮލާ ކަނދުރާ މިފަހަރު ނުފެނުނީ ހެއްޔެވެ. އެހެންކަމަށްވާނަމަ ތިޔަ ދެއްކެނީ ހަމަ މުޅިންވެސް ހޮޅި ވާހަކަ އެވެ.

އަހުމަދު ނާޒިމް މޯލްޑިވް ގޭސްއަބްދުﷲ މުހައްމަދުރައީސް މުއިއްޒުކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

06 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!

ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!

05 ޖެނުއަރީ 2026
ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

05 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު