Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:32

މީގެ އިތުރުން އޭނާ ބުނެފައި ވަނީ އަލް އިއްތިހާދު މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ވާދަވެރި ޓީމެއް އަތުން ތިން ޕޮއިންޓު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:32
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ރޮނާާލްޑޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ރޮނާާލްޑޯ އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަޞްރު އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އަލް ނަޞްރު އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. '

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި އަލް ނަޞްރު އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަލް ނަޞްރުގެ ކޯޗު ޖޯޖް ޖީސަސް ބުނެފައި ވަނީ، އަލް ނަޞްރު އަންނަނީ މަޑު މަަޑުން ކުރިއަށް އަރަމުން ކަމަށާއި، އޭނާގެ ޓީމުގެ ވަރަށް ގިނަ ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވެސް ޓީމުން އެކަން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ އަލް އިއްތިހާދު މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ވާދަވެރި ޓީމެއް އަތުން ތިން ޕޮއިންޓު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އޭނާ ބުނީ އަލް އިއްތިހާދުން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓުގައި ވެސް މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރުވެފައިވާއިރު، އަލް ނަޞްރު އަދި ވީ ތިން މަސް ދުވަސް ކަމަށެެވެ.

އަލް ނަޞްރުގެ ކޯޗަކަށް ޖީސަސް ހަމަޖެއްސީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާ ބުނީ ބޭނުން ވަނީ އެ ޓީމާ އެކު ކާމިޔާބު ހޯދަން ކަމަށާއި، ކުރަން ޖެހޭ މަސައްކަތް ފަސޭހަ ނުވާނެ ކަމަށެވެ. މިވަގުތު އޮތް ރޫޙުގައި ޓީމު ކުރިއަށް ދާން ބޭނުންވާކަން ފާހަގަކޮށް އޭނާ ބުނީ، އަލް ނަޞްރަކީ މިހާރު ވެސް ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުން ވެސް މޮޅުވެ، އަލް ނަޞްރު އެއް ވަަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އަލް އިއްތިހާދަށް ލިބެނީ ނުވަ ޕޮއިންޓެވެ.

އަލް އިއްތިހާދުސައުދީ ޕްރޯ ލީގުއައްނަސްރު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
28 ޖެނުއަރީ 2025

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
24 ޑިސެމްބަރު 2024

ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް

24 ޑިސެމްބަރު 2024
ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް
07 ޑިސެމްބަރު 2024

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި
23 ނޮވެމްބަރު 2024

ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ

23 ނޮވެމްބަރު 2024
ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް