Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

އަލް ނަޞްރު ބަލިކޮށް އަލް އިއްތިހާދުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދިއިރު، އެ ޓީމަކީ އެންމެ ފަހުން މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެވެ. އަލް އިއްތިހާދުން ވަނީ މިހާތަނަށް ހަ ފަހަރު ކިންގްސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2025 | ބުދަ 06:27
މެޗުގައި ލަނޑު ޖެހުމަށް ފަހު ބެންޒީމާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބެންޒީމާ އުފާ ފާޅު ކުރަނީ

ކިންގްސް ކަޕްގެ ގަދަ 16 ވަނަ ބުރުގައި ވާދަވެރި އަލް އިއްތިހާދުއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އަލް ނަޞްރު މުބާރާތުން ކަޓައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް އިއްތިހާދުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އަލް އިއްތިހާދުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އަލް ނަޞްރުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަަހައިގެން އަލް އިއްތިހާދު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އަލް އިއްތިހާދުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ކަރީމް ބެންޒީމާ އެވެ. އޭގެ 15 މިނެޓު ފަހުން އެންޖެލޯ ގެބްރިއެލް ވަނީ ލަނޑު ޖަހައި އަލް ނަޞްރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހޮސެމް އޮއާރް ވަނީ ލަނޑު ޖަހައި އަނެއްކާ ވެސް އަލް އިއްތިހާދަށް ކުރި ހޯދައިދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަލް އިއްތިހާދުގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ ބުނެފައި ވަނީ، އަލް ނަޞްރުގެ ކޯޗު ޖޯޖް ޖީސަސް އަކީ މޮޅު މީހެއް ކަމަށާއި، އޭނާ ވަނީ ޕޯޗުގަލް އަށް ނިސްބަތްވާ ކޯޗުންގެ ތެރެއިން އެންމެ މޮޅު ފަސް ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށެވެ. ކޮންސެއިސާއޯ ބުނީ، އޭނާގެ ފަރާތުން ޖޯޖް އަށް އޮތީ ފުރިހަމަ އިޙުތިރާމް ކަމަށެވެ.

މީގެ އިތުރުން އަލް ނަޞްރުގެ ކޯޗު ޖޯޖް ބުނެފައި ވަނީ އެ ޓީމުގެ އެންމެ މުހިންމު އަމާޒަކަށް އޮތީ ސައުދީ ޕްރޯ ލީގު ކަމަށެވެ. އަދި ކިންގްސް ކަޕަކީ އެ ޓީމުގެ ދެ ވަނަ އަމާޒު ކަމަށް ވީ ނަމަވެސް، އެ މުބާރާތަކީ ވެސް ވަރަށް ބޮޑު މުބާރާތެއް ކަމަށް އޭނާ ބުންޏެވެ. އެ މުބާރާތް ކާމިޔާބު ކުރަން ވެސް އަލް ނަޞްރުން ބޭނުންވި ކަމަށާއި، ނަމަވެސް އެކަމުގައި ފެއިލް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިއީ އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު ތިން ވަނަ މެޗުކަން ފާހަގަކޮށް ޖޯޖް ބުނީ، އޭގެ ތެރެއިން ދެ މެޗުން އަލް ނަޞްރު މޮޅުވެފައިވާ ކަމަށާއި، އަނެއް މެޗުން ބަލިވެފައިވާ ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެވުނު ކަމަށާއި، އަލް އިއްތިހާދަށް ދެއްކި ރަތް ކާޑަށް ފަހު، އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކުރަން އަލް ނަޞްރުން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް، އެކަން ކާމިޔާބު ނުކުރެވި، މެޗުން ބަލިވީ ކަމުގައި އޭނާ ބުންޏެވެ.

އަލް ނަޞްރު ބަލިކޮށް އަލް އިއްތިހާދުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދިއިރު، އެ ޓީމަކީ އެންމެ ފަހުން މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެވެ. އަލް އިއްތިހާދުން ވަނީ މިހާތަނަށް ހަ ފަހަރު ކިންގްސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ކިންގްސް ކަޕްއައްނަސްރުއަލް އިއްތިހާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު