Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޕްރޯ ލީގު

އަލް ތައާވޫން އަތުން ހޯދި މޮޅާ އެކު، އަލް ނަޞްރުން ފަރަގު ކުޑަ ކޮށްފި

މޮޅާ އެކު، އަލް ނަޞްރުން ވަނީ އެއް ވަނައިގައި އޮތް އަލް ޙިލާލްއާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަ ކޮށްފައި. އެއް ވަނައިގައި އަލް ޙިލާލް އޮތީ 17 މެޗުން 45 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 04:41
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސައުދީ ޕްރޯ ލީގުގައި އަލް ތައާވޫންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ލީގު ތާވަލްގެ ދެ ވަނައިގައި ފަރަގު ކުޑަ ކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ އަލް ތައާވޫންއާ ދެކޮޅަށް ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އަލް ނަޞްރުގެ ހަމައެކަނި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑެވެ. 

މެޗު ފަށައިގެން އަލް ނަޞްރުން ވަނީ ރަނގަޅަށް ކުޅެން މަސައްކަތް ކޮށްފަ އެވެ. މެޗުގެ ކުރީ ކޮޅު އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ، ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުން އަލް ނަޞްރަށް ލިބުނު ހިލޭ ޖެހުމެއްގައި ރޮނާލްޑޯ ހުރަސްކޮށްދިން ބޯޅަ މުޙައްމަދު ސިމަކާން ބޮލުން ޖަހައި ގޯލަށް ވައްދާލި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައި ނުގަންނަން ވަނީ ނިންމައިފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އަލް ނަޞްރަށް ލީޑު ލިބުނީ، އެ ޓީމުގެ ސަޑިއޯ މާނޭ ހުރަސްކޮށްދިން ބޯޅަ އަށް ކުޅެން އުޅުމުގެ ތެރޭގައި އަލް ތައާވޫންގެ މުޙައްމަދު އަލް ދައުސަރީގެ ބޮލުގައި ޖެހި ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މޮޅާ އެކު، އަލް ނަޞްރުން ވަނީ އެއް ވަނައިގައި އޮތް އަލް ޙިލާލްއާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. އެއް ވަނައިގައި އަލް ޙިލާލް އޮތީ 17 މެޗުން 45 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އަލް ނަޞްރަށް ލިބެނީ 40 ޕޮއިންޓެވެ.

އައްނަސްރުސައުދީ ޕްރޯ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

1000 ގޯލު ހަމަ ކުރުމުގެ ވާހަކައިގައި ރޮނާލްޑޯ "އިންސާﷲ"އޭ ބުނުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ

30 ޑިސެމްބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު