Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޕްސްޓީން، ޑރ. ވަހީދު

ޑރ. ވަހީދު އެޕްސްޓީން އަށް: މިއުޅެނީ މުސްކުޅި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދޭން، ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން!

އެމެރިކާ ސަރުކާރުން ޖެފްރީ އެޕްސްޓީން އާ ގުޅުން ހުރި މިލިއަން އާ ފައިލްތައް އާންމުކުރި އިރު ކުރީގެ ރައީސް ޑރ. ވަހީދާއި އެޕްސްޓީން އާ ދެމެދު ހިނގި އީމެއިލްތައް އާންމުވެއްޖެ. 2013 ގައި ވަހީދު އެޕްސްޓީން އަށް ފޮނުވި އީމެއިލްގައި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދީ ސިޔާސީ ކަންކަމުން ދުރުވެ ރިޓަޔަރކުރައްވަން ދަސްކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 07:45
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި މައުމޫނު އަބްދުލް ގައްޔޫމް.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި މައުމޫނު އަބްދުލް ގައްޔޫމް. | ސޯޝަލް މީޑިއާ

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގާތް އެކުވެރިޔާ ޖެފްރީ އެޕްސްޓީން އަށް ފޮނުއްވި އީމެއިލް އެއް ގައި އޭނާ މި އުޅުއްވަނީ "މުސްކުޅި ރައީސް މައުމޫނަށް" ރަނގަޅު ފިލާވަޅެއް ދޭން ކަމަށާއި ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން ކަމަށް ވިދާޅުވި ކަން ހާމަ ވެއްޖެ އެވެ.

މިކަން ހާމަވީ އެޕްސްޓީން އަށް, މެއި 15، 2013 ގައި ޑރ. ވަހީދު ފޮނުއްވި އީމެއިލަކުން ނެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާ ގުޅުންހުރި އެތައް މިލިއަން އާ ފައިލްތަކެއް އާންމުކުރި އިރު ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އާއި އެޕްސްޓީން އާ ދެމެދު ހިނގާފައިވާ ގިނަ އަދަދެއްގެ އީމެއިލްތަކެއް ވަނީ އާންމު ވެފަ އެވެ.

މިއީ މިދިޔަ އަހަރު ފާސްކުރި ގާނޫނެއްގެ ދަށުން، އެމެރިކާ ސަރުކާރުން މިހާތަނަށް އާންމުކުރި އެޕްސްޓީން އާ ގުޅޭ އެންމެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެވެ.

މިދިޔަ ހުކުރު ދުވަހު އާންމުކުރި މި މައުލޫމާތުތަކުގެ ތެރޭގައި ތިން މިލިއަން ސަފުހާގެ ލިޔެކިޔުމާއި، 180،000 ފޮޓޯ އަދި 2،000 ވީޑިއޯ ހިމެނެ އެވެ. މި ތަކެތި އާންމުކޮށްފައި ވަނީ، އެޕްސްޓީން އާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ހާމަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި ގާނޫނެއްގެ ދަށުންނެވެ.

ޖެފްރީ އެޕްސްޓީން އަށް ޑރ. ވަހީދު ފޮނުއްވި އީމެއިލް އެއްގެ ސްކްރީން އިމޭޖް.
ޖެފްރީ އެޕްސްޓީން އަށް ޑރ. ވަހީދު ފޮނުއްވި އީމެއިލް އެއްގެ ސްކްރީން އިމޭޖް.

އެމެރިކާ ސަރުކާރުން ހާމަ ކުރި ލިޔުންތަކަށް ބަލާއިރު ރައީސް ޑރ. މުއިއްޒުގެ ޚާއްޞަ މަންދޫބުގެ މަޤާމު ދެއްވާފައިވާ، ކުރީގެ ރައީސް ޑރ. ވަހީދު އާ އެޕްސްޓީން އާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް ކަން ވަނީ ހާމަވެފަ އެވެ.

"އަޅުގަނޑުމެން މިދަނީ އިތުރު ދެ ޕާޓީ އެއް އަޅުގަނޑުމެންނާ ގުޅުމަށް މަސައްކަތް ކުރަމުންނެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯދޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނުގެ އާއިލީ ބޭފުޅުންނަށްޓަކައި މި އިންތިޚާބު ކާމިޔާބު ކުރައްވަން ކުރައްވާ މަސައްކަތުން، މިފަހަރު ރަނގަޅު ފިލާވަޅެއް ލިބިވަޑައިގަންނަވާނެއެވެ. އެއީ ސިޔާސީ ކަންކަމުން ދުރުވެ، ރިޓަޔަރ ކުރައްވައިގެން ހުންނަވަންވީ ވަގުތު ޖެހިއްޖެކަން މިފަހަރު ހާމަވެގެންދާނެއެވެ." ރައީސް ވަހީދު އެޕްސްޓީން އަށް ފޮނުއްވި އީމެއިލް ގައިވެ އެވެ.

އެޕްސްޓީން ވަހީދަށް ފޮނުވި ޖަވާބު ގައި ކޯލިޝަން އަށް މަރުހަބާ ކިޔާ ކަމަށް ބުނެފައިވެ އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަންޖެފްރީ އެޕްސްޓީންމައުމޫން އަބްދުލްގައްޔޫމްއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއެޕްސްޓީން-ޑރ.ވަހީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ޑރ. ވަހީދު ގެ ނަން މަދުވެގެން 240 ފަހަރު، ވަހީދު އާއި އެޕްސްޓީން އަކީ ވަރަށް ގާތް ދެ މީހުން، ވަހީދުގެ އިންތިޚާބުގައި އެޕްސްޓީންގެ އެހީތެރިކަން!

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ޑރ. ވަހީދު ގެ ނަން މަދުވެގެން 240 ފަހަރު، ވަހީދު އާއި އެޕްސްޓީން އަކީ ވަރަށް ގާތް ދެ މީހުން، ވަހީދުގެ އިންތިޚާބުގައި އެޕްސްޓީންގެ އެހީތެރިކަން!

31 ޖެނުއަރީ 2026
އެޕްސްޓީން ފައިލް ގައި ޑިއުކް އާއި ރަޝިޔާ އަންހެންކުއްޖަކާ ބައްދަލު ކުރުމާއި، ބިލްގޭޓްސް އަށް ޖިންސީ ގުޅުމުން ބައްޔެއް ޖެހުނު ވާހަކަ އާއި މަސްކް މަޖާ ކުރަން ދާން އުޅުނު ވާހަކަ!

އެޕްސްޓީން ފައިލް ގައި ޑިއުކް އާއި ރަޝިޔާ އަންހެންކުއްޖަކާ ބައްދަލު ކުރުމާއި، ބިލްގޭޓްސް އަށް ޖިންސީ ގުޅުމުން ބައްޔެއް ޖެހުނު ވާހަކަ އާއި މަސްކް މަޖާ ކުރަން ދާން އުޅުނު ވާހަކަ!

31 ޖެނުއަރީ 2026
އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

20 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް އާންމު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު ޓްރަމްޕް ތަސްދީގު ކުރައްވައިފި

ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް އާންމު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު ޓްރަމްޕް ތަސްދީގު ކުރައްވައިފި

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު