Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

މި ތަމްރީނުތައް ކުރިއަށް ގެންދަނީ އެމެރިކާއިން އީރާނަށް އަމާޒުކޮށް ބިރުދެއްކުމުގެ ބަސްމަގު ވަރުގަދަކޮށް އީރާނުގެ އައްސޭރިފަށާ ކައިރިއަށް އަސްކަރީ ބާރުތައް ޖަމާކޮށްފައިވާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 07:18
މި ފޮޓޯއިން ފެންނަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 އިން 30 އަށް، އިންޑިއާ ކަނޑުގެ އުތުރު ގައި އަދި އޮމާން ކަނޑުގައި އީރާނާއި، ރަޝިޔާ އަދި ޗައިނާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ބޮޑު އަސްކަރީ ތަމްރީނުތަކުގެ މަންޒަރެއް.

މި ފޮޓޯއިން ފެންނަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 އިން 30 އަށް، އިންޑިއާ ކަނޑުގެ އުތުރު ގައި އަދި އޮމާން ކަނޑުގައި އީރާނާއި، ރަޝިޔާ އަދި ޗައިނާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ބޮޑު އަސްކަރީ ތަމްރީނުތަކުގެ މަންޒަރެއް. | ޕްރެސްޓީވީ

އީރާނާއި، ޗައިނާ އަދި ރަޝިޔާއިން ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އީރާނާއި ވޮޝިންޓަނާ ދެމެދު މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އީރާނާއި ރަޝިޔާ އަދި ޗައިނާއިން ގުޅިގެން ބާއްވާ މި އަސްކަރީ ތަމްރީނުތައް އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ.

"މެރިޓައިމް ސެކިއުރިޓީ ބެލްޓް" ގެ ނަމުން ނަންދީފައިވާ މި ތަމްރީނުތަކުގައި އީރާނުގެ ނޭވީއާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ނޭވީގެ އިތުރުން ޗައިނާ އާއި ރަޝިޔާގެ ކަނޑުގެ ސިފައިންގެ ޔުނިޓްތަކުން ބައިވެރިވާނެއެވެ.

އޮފިޝަލުން ހާމަކުރައްވާފައިވާ ގޮތުގައި، މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މި ތަމްރީނުތަކުގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

އީރާނުގެ ނޭވީން 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފެށި "މެރިޓައިމް ސެކިއުރިޓީ ބެލްޓް" ތަމްރީނުތައް މިހާތަނަށް ހަތް ފަހަރު ބާއްވާފައިވެއެވެ. މިއީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ތެހެރާނާއި، ބެއިޖިންގް އަދި މޮސްކޯއާ ދެމެދު އޮންނަ އަސްކަރީ ގުޅުން ހާމަކޮށްދޭ ކަމެކެވެ.

މީގެ ކުރިން ބޭއްވި މިފަދަ ތަމްރީނުތަކުގައި ކަނޑުމަތީގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކާއި، ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅޭ ތަމްރީނުތަކުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކުރިއަށް އޮތް އަސްކަރީ ތަމްރީނުތައް ބޭއްވުމަށް ތައްޔާރުވަމުން މިދަނީ، ވޮޝިންޓަނުން އީރާނަށް އަމާޒުކޮށް ބިރުދެއްކުމުގެ ބަސްމަގު ވަރުގަދަކޮށް، އީރާނުގެ އައްސޭރިފަށާ ކައިރިއަށް އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ޖަމާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އަސްކަރީ ބާރުތައް ޖަމާކުރުމުގެ ބޭނުމަކީ މަޝްވަރާގެ މޭޒަށް އައުމަށް ތެހެރާނަށް ބާރު އެޅުން ކަމަށެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، 2025 ވަނަ އަހަރުގެ ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާއަށްވުރެ މާ ނުރައްކާތެރި އަސްކަރީ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އީރާނުން ވަނީ އެމެރިކާގެ ބިރުދެއްކުންތަކާއި މަޖުބޫރުކުރުންތަކަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ. އަދި ބިރުދެއްކުމާއި ފިއްތުންތަކުގެ ތެރެއިން ޑިޕްލޮމެސީ ކާމިޔާބު ނުވާނެ ކަމަށް އީރާނުން ބުނެފައިވެއެވެ. ހަމަހަމަކަމާއި އަދި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ މަޝްވަރާތަކަށް ތައްޔާރަށް އޮތް ނަމަވެސް، އެމެރިކާ ނުވަތަ އެމެރިކާގެ ބައިވެރިން އީރާނުގެ މަސްލަހަތުތަކަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކަށް ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އެމެރިކާގެ ކަނޑުގެ ސިފައިންގެ ސްޓްރައިކް ގްރޫޕެއް މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، ބޭނުންވެއްޖެ ހިނދެއްގައި އީރާނަށް ހަމަލާދިނުމަށް އެ ގްރޫޕް އޮތީ "ތައްޔާރަށް" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާންޗައިނާރަޝިއާއީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-ޗައިނާ-ރަޝިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

01 ފެބުރުއަރީ 2026
އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

01 ފެބުރުއަރީ 2026
އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

01 ފެބުރުއަރީ 2026
އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟

އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟

31 ޖެނުއަރީ 2026
ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު