Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާން އިން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 07:02
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެއާއެކު އޭނާ އިތުރަށް ވިދާޅުވީ އީރާން އިން އަންނަނީ އެމެރިކާ އާއެކު ވާހަކަ ދައްކައި މަޝްވަރާ ކުރަމުން ކަމަށާއި، އެކަމުގައި ގޮތެއް ހެދޭތޯ ބައްލަވާނެ ކަމަށެވެ.

އީރާން އަށް އަމާޒުކޮށް ޓްރަމްޕް ގިނަ އިންޒާރު ތަކެއް ދެމުން އަންނައިރު، އޭނާ ގޮވާލައްވާފައި ވަނީ އީރާން އިން އެމެރިކާ އާއެކު މަޝްވަރާކޮށް، އެއްބަސްވުމަކަށް އައުމަށެވެ. 

ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާން އިން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ސަލާމަތީ ބައެއް ސަބަބުތަކާ ހުރެ، ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގައި ހުރި އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ އެކުވެރި ޤައުމު ތަކަށް ޕްލޭން ހިއްސާ ނުކުރެވޭނެ ކަމަށާއި، އެެއީ ނޫސްވެރިންނަށް އެ ޕްލޭންގެ މައުލޫމާތު ހިއްސާ ކުރުން ކަހަލަ ކަމަކަށް ވާނެ ކަމަށެވެ. އަދި ބައެއް ޙާލަތްތަކުގައި ނޫސްވެރިންނަށް ޕްލޭންގެ މައުލޫމާތު ދިނުމަށް ވުރެ ވެސް ގޯސް ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާ އިން ވަނީ، ޔޫއެސްއެސް އަބްރަހަލް ލިންކަން އެއާ ކްރާފްޓް އީރާންއާ ދިމާލަށް ފޮނުވައިފަ އެވެ. 

އާދިއްތަ ދުވަހު ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާން އާއެކު ކުރާ މަޝްވަރާ ތަކުން ޤަބޫލު ކުރެވޭ ކަމެއް ހާސިލުވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އީރާން އިން އެމެރިކާ އާއެކު ސީރިއަސް ގޮތެއްގައި ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން ޑީލެއް ހަދަން ބޭނުންވާ ކަމަށެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްއީރާންއީރާން-އެމެރިކާ ގެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

01 ފެބުރުއަރީ 2026
އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

01 ފެބުރުއަރީ 2026
އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟

އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟

31 ޖެނުއަރީ 2026
ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

31 ޖެނުއަރީ 2026
އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި: ކޮމާންޑަރު

އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި: ކޮމާންޑަރު

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު