Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އޮފީސް

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުން ރައީސް އޮފީހުން 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ 206.8 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 7.1 މިލިއަން ރުފިޔާ އިތުރަށް ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވޭ. މުވައްޒަފުންގެ އަދަދު ބޮޑުވުމާއި ރައީސް މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުތަކާއި ކޮމިއުނިޓީ މީޓިންގްތައް ބާއްވަވުމަކީ ހަރަދު އިތުރުވުމުގެ މައިގަނޑު ސަބަބުތަކެއް ކަމަށް ބެލެވޭ. ބަޖެޓަށްވުރެ އިތުރަށް ހަރަދުކުރުމަކީ ފިސްކަލް ޑިސިޕްލިން ދަށްވުމުގެ ނިޝާނެއް ކަމަށް ފާހަގަކުރެވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 17 ޑިސެމްބަރު 2025 | ބުދަ 13:29
ރައީސުލްޖުމްހޫރިއްޔާ ގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ގެ އޮފީސް

 ރައީސް އޮފީހަށް 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް، މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީ ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ހަފްތާގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހުން ހަރަދުކޮށްފައިވަނީ 213.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރަށް ރައީސް އޮފީހަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 206.8 މިލިއަން ރުފިޔާ އެވެ.

މިއިން ދައްކާ ގޮތުން ރައީސް އޮފީހުން ބަޖެޓަށްވުރެ 7.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ.

ރައީސް އޮފީހުގެ ހަރަދު ބަޖެޓަށްވުރެ އިތުރުވެފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ ހަރަދު މަދުވެފައިވާ ކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރައީސް އޮފީހުން ހަރަދުކޮށްފައިވަނީ 222 މިލިއަން ރުފިޔާ އެވެ.

ރައީސް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑުކަމަށާއި، އަދި ދަތުރުތަކަށް ވެސް ވަރަށް ބޮޑަށް ހަރަދުކުރާ ކަމަށް ބެލެވެ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުތައް ވެސް ދަނީ  އިތުރު ކުރައްވަމުންނެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މާލޭގައި ވެސް ރައްޔިތުންނާ ބައްދަލުކުރައްވައި، ކޮމިއުނިޓީ މީޓިންގްތައް ބާއްވަވަމުން ގެންދަވަ އެވެ. މި ހުރިހާ ހަރަކާތްތަކަކީ ރައީސް އޮފީހުގެ ހަރަދު އިތުރުވުމަށް މައިގަނޑު ސަބަބުތަކެއް ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ އިދާރާތަކުން ބަޖެޓަށްވުރެ އިތުރަށް ހަރަދުކުރުމަކީ ފިސްކަލް ޑިސިޕްލިން ދަށްވުމުގެ ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. ނަމަވެސް ރައީސް އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފިނޭންސް މިނިސްޓްރީބަޖެޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު