Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭޕް ކާޓްރިޖް

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025 | ބުރާސްފަތި 08:59

މި ވޭޕް ކާޓްރިޖްގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޑިސެމްބަރު 2025 | ބުރާސްފަތި 08:59
ކަސްޓަމުން އަތުލައިގަތް ވޭޕް ކާޓްރިޖްތައް

ކަސްޓަމުން އަތުލައިގަތް ވޭޕް ކާޓްރިޖްތައް

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު ބޮޑު ވޭޕް ޝިޕްމަންޓެއް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ކަނޑު މަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސް އަށް ފާހަގަކުރެވިގެން 2025 ޑިސެންބަރު 04 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގައި އެ ޝިޕްމަންޓް ބަލާފާސް ކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެގޮތުން ޖުމްލަ 10800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ، މި ވޭޕް ކާޓްރިޖް ގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެ އަށް އެތެރެ ކުރުން މަނާ ކުރުމަށް ސަރުކާރުން ނިންމި ތާރީހު ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ.

މި ތާރީޚުގެ ފަހުން ކަސްޓަމްސް އިން މިހާތަނަށް ޖުމްލަ 66000ށް ވުރެ ގިނަ ވޭޕް ހިފަހައްޓާފައިވެ އެވެ.

މި މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާއި ވޭޕް ކުރަން ބޭނުންކުރާ އާލާތްތައް ފަދަ ރާއްޖެ އަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމައު އަކީ އަމާން ރައްކާތެރިތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް ވޭޕްއިލެކްޓްރޯނިކް ސިގަރޭޓް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
07 ޑިސެމްބަރު 2025

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!
20 ނޮވެމްބަރު 2025

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް
09 ނޮވެމްބަރު 2025

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟
09 ނޮވެމްބަރު 2025

މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

09 ނޮވެމްބަރު 2025
މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި
09 ނޮވެމްބަރު 2025

މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

09 ނޮވެމްބަރު 2025
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި
07 ނޮވެމްބަރު 2025

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

07 ނޮވެމްބަރު 2025
ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
27 އޮކްޓޯބަރު 2025

ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!

27 އޮކްޓޯބަރު 2025
ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް