Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލީބިޔާ

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލައިފި

މި ހަމަލާ ދީފައިވަނީ ގޭގެ ސެކިއުރިޓީ ކެމެރާތައް ކަނޑާލުމަށްފަހު ކަމަށާއި، މިކަމުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައިނުވާ ކަމަށް ރިޕޯޓުތައް ބުނޭ. ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ސައިފުލް އިސްލާމް އަވަހާރަކޮށްލިކަން އެމަނިކުފާނުގެ އެޑްވައިޒަރާއި އާއިލީ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައި.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 01:20
ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދެވަނަ ފިރިހެން ދަރިކަލުން، ސައިފުލް އިސްލާމް އަލް ގައްޒާފީ، އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ވޮޝިންޓަން ޕޯސްޓް" އަށް އިންޓަވިއުއެއް ދެއްވަނީ.

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދެވަނަ ފިރިހެން ދަރިކަލުން، ސައިފުލް އިސްލާމް އަލް ގައްޒާފީ، އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ވޮޝިންޓަން ޕޯސްޓް" އަށް އިންޓަވިއުއެއް ދެއްވަނީ. | ގެޓީ އިމޭޖަސް

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، ހަތަރު މީހެއްގެ ގުރޫޕަކުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް ގައްޒާފީގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން އަންގާރަ ދުވަހު އަލް އަރަބިއްޔާ ނިއުސްއަށް މައުލޫމާތު ދީފި އެވެ.

އުމުރުން 53 އަހަރުގެ ސައިފުލް އިސްލާމް އަވަހާރަކޮށްލާފައި ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީއާ 136 ކިލޯމީޓަރު (85 މޭލު) ދުރުގައި އޮންނަ ޒިންތާން ނަމަކަށް ކިޔާ ރަށެއްގަ އެވެ.

އާއިލީ މަސްދަރުން މައުލޫމާތު ދިން ގޮތުގައި، ހަމަލާދިން މީހުން ސައިފުލް އިސްލާމްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ބަގީޗާ ތެރޭގައެވެ. އަދި ހަމަލާ ދިނުމަށްފަހު އެ މީހުން އެ ސަރަހައްދުން ފިލާފައިވާ ކަމަށާއި، މި ހަމަލާގެ ޒިންމާ އުފުލަނީ ކޮން ބައެއްކަން އަދި ސާފުނުވާ ކަމަށްވެސް އެ މަސްދަރުން ބުނެފައިވެ އެވެ.

ލީބިޔާގެ ދައުލަތުގެ މީޑިއާ، ލާނާ އިން ވެސް ވަނީ ސައިފުލް އިސްލާމްގެ މަރުގެ ޚަބަރު ރިޕޯޓުކޮށްފަ އެވެ. އެ އެޖެންސީން މި ޚަބަރު ފެތުރީ ސައިފުލް އިސްލާމްގެ އެޑްވައިޒަރު އަބްދުﷲ އުޘްމާން އާ ހަވާލާދީ އެވެ.

ސައިފުލް އިސްލާމްގެ ސިޔާސީ ޓީމުގެ މަސްދަރުތަކުން އަލް އަރަބިއްޔާއަށް މައުލޫމާތު ދިން ގޮތުގައި، ހަތިޔާރު އެޅި ހަތަރު މީހަކު އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަދެގަތީ އެ ގޭގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާތައް މަސައްކަތް ނުކުރާ ގޮތް ހެދުމަށްފަހުގަ އެވެ.

ސައިފުލް އިސްލާމަކީ އޭނާގެ ބައްޕާފުޅު މުއައްމަރުލް ގައްޒާފީގެ ފަހުން ލީބިޔާގެ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހުނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ. ނަމަވެސް އެ އިންތިޚާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ސައިފުލް އިސްލާމް ގައްޒާފީމުއައްމަރުލް ގައްޒާފީލީބިޔާ

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

ދަތުރުކުރެއްވި ޖެޓު ވެއްޓި ލީބިޔާ ސިފައިންގެ ވެރިޔާ އަވަހާރަ ވެއްޖެ

24 ޑިސެމްބަރު 2025
ދަތުރުކުރެއްވި ޖެޓު ވެއްޓި ލީބިޔާ ސިފައިންގެ ވެރިޔާ އަވަހާރަ ވެއްޖެ
25 ސެޕްޓެމްބަރު 2025

ލިބިޔާގެ ގައްޒާފީ އަތުން ނާޖާއިޒް ގޮތުގައި އެތައް މިލިއަން ޑޮލަރު ހޯދި ކަމަށް ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

25 ސެޕްޓެމްބަރު 2025
ލިބިޔާގެ ގައްޒާފީ އަތުން ނާޖާއިޒް ގޮތުގައި އެތައް މިލިއަން ޑޮލަރު ހޯދި ކަމަށް ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު