Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިކޮލަސް ސާކޯޒީ

ލިބިޔާގެ ގައްޒާފީ އަތުން ނާޖާއިޒް ގޮތުގައި އެތައް މިލިއަން ޑޮލަރު ހޯދި ކަމަށް ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 12:34

ހުކުމް ކުރުމާ އެކު ކުރިއަށް ދެތިން ދުވަހުގެ ތެރޭގައި ސާކޯޒީ ޖަލަށް ގެންދެވޭނެއެވެ. އެއާއެކު އޭނާ ވެގެންދާނީ ޖަލުގައި ބަންދުގައި ބެހެއްޓޭ ފުރަތަމަ ފަރަންސޭސި ކުރީގެ ރައީސް ކަމުގައެވެ.

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 12:34
ކުރީގެ ފްރާންސްގެ ރައީސް ނިކޮލަސް ސާކޯޒީ، ލީބިޔާގެ އޭރުގެ ލީޑަރު ކާނަލް މުއައްމަރު އަލް ގައްޒާފީއާ އެކު 2007 ވަނަ އަހަރު.

ކުރީގެ ފްރާންސްގެ ރައީސް ނިކޮލަސް ސާކޯޒީ، ލީބިޔާގެ އޭރުގެ ލީޑަރު ކާނަލް މުއައްމަރު އަލް ގައްޒާފީއާ އެކު 2007 ވަނަ އަހަރު.

ލިބިޔާގެ ކުރީގެ ލީޑަރ ކާނަލް މުއައްމަރުލް ގައްޒާފީގެ އަތުން އެތައް މިލިއަން ޔޫރޯގެ ނާޖާއިޒު ފައިސާ ހޯދި ކަމަށް ކުރީގެ ފަރަންސޭސި ރައީސް ނިކޮލަސް ސާކޯޒީ ގެ މައްޗަށް ކުށް ސާބިތު ވެއްޖެއެވެ.

އެއާއެކު އޭނާގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ސާކޯޒީ ވިދާޅުވީ މިއީ ސިޔާސީ ދައުވާއެއް ކަމުގައެވެ.

ޕެރިހުގެ ޖިނާއީ ކޯޓުން ބެލި މި މައްސަލައިގައި ސާކޯޒީ އަށް ތުހުމަތު ކުރެވުނީ 2007 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނަށް ގައްޒާފީގެ ފައިސާ ބޭނުންކުރި ކަމަށެވެ. އޭގެ ބަދަލުގައި، ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި ސާކޯޒީ ވަނީ ގައްޒާފީ އަށް ހުޅަނގުގެ ގައުމުތަކުގެ ކުރިމަތީގައި އޭނާގެ ނަން ރީތި ކުރުމަށް އެހީތެރިވާނެ ކަމުގެ ހުވަފެން ދައްކާފައެވެ.

އުމުރުން 70 އަހަރުގެ ސާކޯޒީ ވަނީ 2007 އިން 2012 އަށް ފްރާންސްގެ ރައީސްކަން ކޮށްފައެވެ.

މި ތަޙްޤީޤު ފެށުނީ 2013 ގައެވެ. އެއީ އޭރުގެ ލިބިޔާގެ ލީޑަރުގެ ދަރިފުޅު ސައިފް އަލް-އިސްލާމް، ސާކޯޒީ ކެމްޕޭން ފައިސާގެ ގޮތުގައި އޭނާގެ ބައްޕަގެ އަތުން އެތައް މިލިއަން ހޯދި ކަމަށް ފުރަތަމަ ތުހުމަތު ކުރިތާ ދެ އަހަރު ފަހުންނެވެ. ޖެހިގެން އައި އަހަރު، ފްރާންސް އާއި މެދު އިރުމައްޗާ ދެމެދު ގިނަ ދުވަހު މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ލުބުނާނުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ޒިޔާދު ތަކީއްދީން ބުނެފައިވަނީ ސާކޯޒީގެ ކެމްޕޭން އަށް "ބޮޑު އަދަދަކުން" ޓްރިޕޮލީން ފައިސާ ދިން ކަމުގެ ހެކި އޭނާގެ އަތުގައި ހުރި ކަމަށާއި، 50 މިލިއަން ޔޫރޯ (43 މިލިއަން ޕައުންޑް) އޭނާ ރައީސް ކަމަށް ހޮވުމަށްފަހު ވެސް ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ސާކޯޒީގެ އަނބިކަނބަލުން، އިޓަލީ އަށް އުފަން ކުރީގެ ސުޕަރ މޮޑެލް އަދި ލަވަކިޔުންތެރިޔާ ކާލާ ބްރޫނީ-ސާކޯޒީ ގެ މައްޗަށް ވަނީ ފާއިތުވި އަހަރު ގައްޒާފީގެ މައްސަލައާ ގުޅޭ ހެކި ފޮރުވުމާއި އަދި މަކަރާއި ހީލަތް ހެދުމަށް ކުށްވެރިންނާ ގުޅުން ބޭއްވުމުގެ ދަޢުވާ އުފުލާފައެވެ. އެ ދެ ދަޢުވާ އަށް ވެސް އޭނާ ދަނީ އިންކާރު ކުރަމުންނެވެ.

ހުކުމް އިއްވި ފަނޑިޔާރު ވިދާޅުވީ، ސާކޯޒީ ވަނީ ފައިސާ ހޯދުމުގެ ނިޔަތުގައި ލީބިޔާގެ އޮފިޝަލުންނާއި އޭނާގެ އަރިސް ފަރާތްތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަށް މަގު ތަނަވަސްކޮށްދީފައި ކަމުގައެވެ.

ހުކުމުގައިވާ ގޮތުން އޭނާ އިސްތިއުނާފަށް މައްސަލަ ހުށަހެޅި ނަމަވެސް ޖަލުގެ ހުކުމް ހިނގާނެއެވެ.

ޖަލު ހުކުމުގެ އިތުރުން 100،000 ޔޫރޯ އިން އޭނާ ވަނީ ޖުރިމަނާ ކޮށްފައެވެ.

ހުކުމް ކުރުމާ އެކު ކުރިއަށް ދެތިން ދުވަހުގެ ތެރޭގައި ސާކޯޒީ ޖަލަށް ގެންދެވޭނެއެވެ. އެއާއެކު އޭނާ ވެގެންދާނީ ޖަލުގައި ބަންދުގައި ބެހެއްޓޭ ފުރަތަމަ ފަރަންސޭސި ކުރީގެ ރައީސް ކަމުގައެވެ.

ހުކުމަށްފަހު ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޭނާ ކުށެއް ނުކުރައްވާ ކަމަށާއި، މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމުގައެވެ.

2012 ގައި އަލުން އިންތިޚާބުވުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމަށްފަހު، ސާކޯޒީ ވަނީ އެތައް ޖިނާއީ ތަޙްޤީޤުތަކެއްގެ އަމާޒަކަށް ވެފައެވެ. އޭނާ ވަނީ 2012 ގެ އަލުން އިންތިޚާބުވުމުގެ ކެމްޕޭންގައި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދު ކުރުމަށްފަހު، އެކަން ފޮރުވުމަށް ޕީއާރު ކުންފުންޏަކަށް އަގު ދީގެން އެކަން އޮޅުވާލަން މަސައްކަތް ކުރި ކަމުގެ ކުށް ސާބިތުވެ ފެބްރުއަރީ 2024 ގެ ޙުކުމު އިސްތިއުނާފު ކޮށްފައެވެ. މި ކުށް ސާބިތުވުމާއެކު އޭނާ އަށް އެއް އަހަރުގެ ޙުކުމެއް އިއްވާފައިވާއިރު، އޭގެ ތެރެއިން 6 މަސް ދުވަހަކީ ސަސްޕެންޑް ކުރެވިފައިވާ މުއްދަތެކެވެ.

2021 ގައި، އޭނާ ވަނީ 2014 ގައި ފަނޑިޔާރަކަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ކުށްވެރިވެ، ބަންދު ޙުކުމެއް އިއްވުނު ފުރަތަމަ ފަރަންސޭސި ކުރީގެ ރައީސް ކަމުގައި ވެފައެވެ. ޑިސެމްބަރުގައި، ޕެރިހުގެ އިސްތިއުނާފު ކޯޓުން ނިންމީ އޭނާ ޖަލަށް ދިއުމުގެ ބަދަލުގައި ޓެގެއް އަޅުވައިގެން ގޭގައި މުއްދަތު ހޭދަކުރެވިދާނެ ކަމަށެވެ.

މަސްދަރު: ބީބީސީ

ނިކޮލަސް ސާކޯޒީމުއައްމަރުލް ގައްޒާފީފްރާންސް-ލިބިޔާކާލާ ބްރޫނީ-ސާކޯޒީކޮރަޕްޝަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް