Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލީބިޔާ

ދަތުރުކުރެއްވި ޖެޓު ވެއްޓި ލީބިޔާ ސިފައިންގެ ވެރިޔާ އަވަހާރަ ވެއްޖެ

މިހާދިސާގައި ލީބިޔާގެ ހަތިޔާރުއެޅި ފައުޖުތަކުގެ ވެރިޔާ އާއި އެމަނިކުފާނުގެ ހަތަރު އެހީތެރިން ވަނީ މަރުވެފައި.

ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 10:45
ލީބިޔާ ގެ ޗީފް އޮފް ސްޓާފް ކާނަލް ޖެނެރަލް މުހައްމަދު އަލީ އަލް ހައްދާދު

ލީބިޔާ ގެ ޗީފް އޮފް ސްޓާފް ކާނަލް ޖެނެރަލް މުހައްމަދު އަލީ އަލް ހައްދާދު

ލީބިޔާގެ ހަތިޔާރު އެޅި ފައުޖުތަކުގެ ވެރިޔާ ޗީފް އޮފް ސްޓާފް މުހައްމަދު ޢަލީ އަހްމަދު އަލް ހައްދާދު ދަތުރު ކުރެއްވި ޖެޓު ވެއްޓި އޭނާ އަވަހާރަ ވެއްޖެ އެވެ. އަންގާރާ ދުވަހުގެ މި ހާދިސާ ގައި، އެ ޖެޓުގައި އިތުރު ހަތަރު މީހުން ވެސް ތިބިކަމަށް ލީބިޔާގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވިފައިވާ ސަރުކާރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ޖެޓު ވެއްޓުނީ ތުރުކީގެ އަންކާރާ ސިޓީއަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ގައުމަށް ދަތުރުކުރައްވަނިކޮށް ކަމަށް ލީބިޔާގެ ބޮޑުވަޒީރު ޢަބްދުލްހަމީދު ދުބައިބާ ގެ ބަޔާނެއްގައި ވިދާޅުވިއެވެ.

ތުރުކީގެ އޮފިޝަލުން ވަނީ ބުދަ ދުވަހުގެ ފަތިހު މި ޕްރައިވެޓް ޖެޓުގެ ވޮއިސް ރެކޯޑަރާއި ބްލެކް ބޮކްސް ހޯދާފަ އެވެ. 

ތުރުކީގެ ދާޚިލީ ވަޒީރު ޢަލީ ޔެރްލިކާޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވިދާޅުވީ އެ ވައިގެ އުޅަނދު އަންކާރާ އިން ޓްރިޕޮލީ އަށް ދަތުރުކުރަމުން ދަނިކޮށް ބޯޓާ މުއާސަލާތް ކެނޑުނު ކަމަށެވެ. އެނާ ވިދާޅުވީ ކަމާ ބެހޭ އޮފިޝަލުން ބޯޓުގެ ބައިތައް ހޯދާފައިވާ ކަމަށެވެ.

ތުރުކީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ފެލްކަން-50 މަރުކާގެ އެމަތިންދާބޯޓު ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުއްލިގޮތަކަށް ބިމަށް ޖެއްސުމަށް އެދިފައިވެއެވެ. ނަމަވެސް، އޭގެ ފަހުން މަތިންދާބޯޓާ ގުޅުން ވަނީ ކެނޑިފައެވެ. 

ތުރުކީގެ ދާޚިލީ ވަޒީރު އަލީ ޔަރލިކާޔާ، ހާދިސާ ހިނގި ސަރަޙައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމަތިންދާބޯޓުން ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރ (ބްލެކް ބޮކްސް) ވަނީ ހޯދިފައިވާ ކަމަށެވެ.

ޖެޓު ވެއްޓުނު ސަބަބު އަދި ސާފެއް ނުވެއެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން އަލް ހައްދާދުގެ ދަތުރު ކުރިން އިއުލާން ކޮށްފައިވާއިރު، އޭނާ ގެ ދަތުރުފުޅު ގައި ތުރުކީގެ ޑިފެންސް މިނިސްޓަރާއި ތުރުކީގެ ސިފައިންގެ ކޮމާންޑަރުންނާ ބައްދަލުކުރެއްވި ކަމަށް ބުނެފައިވެއެވެ.

މި ހާދިސާ ދިމާވީ ތުރުކީގެ ޕާލަމެންޓުން ލީބިޔާގައި ތިބި ތުރުކީ ސިފައިން އެ ގައުމުގައި އިތުރު ދެ އަހަރަށް ބޭތިއްބުމަށް ފާސް ކުރިތާ އެއް ދުވަސް ފަހުން ނެވެ.

ލީބިޔާތުރުކީލީބިޔާ-ތުރުކީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު