Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި

ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ދޫކޮށް އެމްޑީޕީ އިން ވަނީ ގޮސްފަ. އެ ޕާޓީ އިން ބުނީ އެއީ މިފަދަ މުހިއްމު ކަމެއްގައި ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ނުލިބޭ ގޮތަށް އަވަސްއަރުވާލައިގެން ކަންކަން ނިންމާތީ ކަމަށް. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ހުށަހަޅާފައިވާ މި އިސްލާހާ މެދު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ ގުޅޭ ބޮޑު ނިންމުމެއް ކަމަށް އެ ޕާޓީން ދެކޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 13:13
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާ ބައްދަލުކުރުން

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާ ބައްދަލުކުރުން | ރައްޔިތުންގެ މަޖިލިސް

ގާނޫނު އަސާސީ އަށް ބޮޑެތި އިސްލާހުތައް ގެންނަން އުޅެނީ އަވަސް އަރުވާލައިގެން ކަމަށާ ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވުމަށް އެމްޑީޕީ އިން ދެކޮޅުހަދައިފި އެވެ. 

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ ބައްދަލު ކޮށްފަ އެވެ. މި ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީއެންސީ އާއި، އިދިކޮޅު އެމްޑީޕީ، އަދާލަތު ޕާޓީ، ޕީއެންއެފް އަދި އެމްޑީއޭ ވެސް ބައިވެރިވެފައި ވެ އެވެ. 

ކޮމިޓީ ބައްދަލުވުން ފެށުމާއެކު އެމްޑީޕީގެ ފަރާތުން އެ ކޮމިޓީގައި ވާހަކަދައްކަވަމުން ޕާޓީގެ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ ސަރުކާރުން މިފަދަ މުހިއްމު ކަންކަން ކުރަން އުޅެނީ އަބަދުވެސް އަވަސްއަރުވާލައިގެން ކަމަށާ އޭގެ ސަބަބުން ވަރަށް ދަތިވާ ކަމަށެވެ. ހިސާން ވިދާޅުވީ ގާނޫނު އަސާސީ އަށް މިފަދަ ބޮޑެތި ބަދަލުތައް ގެނައުމަކީ އެހާ އަވަސްއަރުވާލައިގެން ކުރަން ވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީ އިން ދެކޭ ކަމަށެވެ. 

ހިސާން ވިދާޅުވީ އެ ޕާޓީ އަކީ ލީޑަރު އެކަނި ވަކި ގޮތެއް ނިންމާ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އަކީ ޕާޓީ ގެ އާންމު މެންބަރުންގެ ޚިޔާލާ މަޝްވަރާ ވެސް ހޯދައިގެން ކަންކަން ނިންމާ ޕާޓީއެއް ކަމުން ކުއްލިއަކަށް ޚިޔާލު ދިނުމަށް އެންގުމުން ދަތިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އެއަށް ފަހު ހިސާން ވަނީ ކޮމިޓީ ދޫކޮށް ދިއުމަށް މެންބަރުންގެ އިޒުނަ ހޯއްދަވާފަ އެވެ. އަދި ހިސާން އާއި އެ ޕާޓީގެ ފަރާތުން ދެން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކޮމިޓީ ދޫކުރައްވައި ވަޑައިގެންނެވި އެވެ.

މި ސަރުކާރުން އަވަސް އަރުވާލާއިގެން ބޮޑެތި ނިންމުންތައް ނިންމާ ގާނޫނު އަސާސީ ވެސް ބަދަލު ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު، މަޖިލީހުގެ ޗުއްޓީ މުއްދަތުގައި ދައުރުން ބޭރުން ޖެނުއަރީ 5 ވަނަ ދުވަހު ކުއްލި ގޮތަކަށް އެޖެންޑާކުރުމާ ގުޅިގެން، ބައެއް ފަރާތްތަކުން ވަނީ އެކަމަށް ބަހުސްކޮށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. 

ސަރުކާރުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށެވެ. ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނު އަސާސީގެ 79 ވަނަ މާއްދާ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ.

79 ވަނަ މާއްދާ އަށް އިތުރު ކޮށްފައިވާ އަކުރުގައި ބުނެފައިވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަަނަ ދުވަހު ކަމަށެވެ.

އެމްޑީޕީހިސާން ހުސައިންރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގާނޫނު އަސާސީ އަށް ބަދަލު ގެނައުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

02 ފެބުރުއަރީ 2026
ވެރިމީހާގެ އަތްޕުޅަށް ބާރުތައް ގެނެސްގެން ރާއްޖެ ތަރައްގީ އެއް ނުކުރެވޭނެ، ގައުމުން ފެންނަނީ އެ މަންޒަރު: މެންބަރު ސަމީރު

ވެރިމީހާގެ އަތްޕުޅަށް ބާރުތައް ގެނެސްގެން ރާއްޖެ ތަރައްގީ އެއް ނުކުރެވޭނެ، ގައުމުން ފެންނަނީ އެ މަންޒަރު: މެންބަރު ސަމީރު

02 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނަގާނަމަ އިތުރު 20 މިލިއަން ބޭނުންވާނެ: އީސީ

ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނަގާނަމަ އިތުރު 20 މިލިއަން ބޭނުންވާނެ: އީސީ

02 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން އީސީގެ ރައީސް އޮޅުވާލައްވަން އުޅުއްވުމުން ކޮމިޓީ ހޫނުވެއްޖެ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން އީސީގެ ރައީސް އޮޅުވާލައްވަން އުޅުއްވުމުން ކޮމިޓީ ހޫނުވެއްޖެ

02 ފެބުރުއަރީ 2026
ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު