Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ވެރިމީހާގެ އަތްޕުޅަށް ބާރުތައް ގެނެސްގެން ރާއްޖެ ތަރައްގީ އެއް ނުކުރެވޭނެ، ގައުމުން ފެންނަނީ އެ މަންޒަރު: މެންބަރު ސަމީރު

މެންބަރު ސަމީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ އުސޫލުން ބާރުތައް ރައްޔިތުންނަށް ދީގެން ތަރައްގީ ކުރިއަށް ދިޔަ ކަމަށް. މިސަރުކާރުން ބާރުތައް މަރުކަޒުކޮށް ރައްޔިތުންނަށް ދަތިކުރަމުންދާ ކަމަށާއި، ތަރައްގީ ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 09:40
ރާއްޖެޓީވީގެ ވައުދުނަމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނަމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ވެރިމީހާގެ އަތްޕުޅަށް ބާރުތައް ގެނެސްގެން ދިވެހިރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނަމާ ޕްރޮގްރާމްގައި މެންބަރު ސަމީރު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ދެ ފިކުރަކުން ކަމަށާއި، އެ ދެ ފިކުރުގެ ތަފާތު މިހާރު ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް އައިރު ރާއްޖޭގައި ބަނދަރު ހަދާފައި އޮތީ ގާތްގަނޑަކަށް 6 ނުވަތަ 7 ރަށުގައިކަން ފާހަގަ ކުރައްވައި މެންބަރު ސަމީރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިނުމާއި، ބާރުވެރިކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއްދީގެން ކުރި ކަމަށެވެ. ނަމަވެސް އެވެރިކަން ވައްޓާލުމާ ގުޅިގެން ހާލަތު ބަދަލު ވެގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެފަހުން އެމްޑީޕީއަށް ވެރިކަން ލިބިގެން ދިޔައީ 2018 ވަނަ އަހަރު ކަމަށާއި، އޭރު ގާތްގަނޑަކަށް ބަނދަރު އެއްކޮށް ހަދާ ނިންމާފައި އޮތީ 37 ރަށުގައި ކަމަށެވެ.

މެންބަރު ސަމީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ފެއްޓެވި ޚާއްސަ މަސައްކަތުގެ ދަށުން ގިނަ ރަށްރަށުގައި މިއަދު ސާފު ބޯފެނާއި، ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ރައްކާތެރިކަމާއެކު ލަފާފުރޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަތޮޅުގެ ތެރޭގެ ރަށްރަށުގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ސަމީރު ވިދާޅުވީ މިގޮތަށް މިމަސައްކަތް ކުރިއަށް ދިޔައީ އޭރުގެ ރައްޔިތުންގެ މަޖިލީހުން ވެސް މި މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދިނުމާއެކު، ގާނޫނުން އެބާރުވެރިކަން ކައުންސިލްތަކަށް ދީގެން ކަމަށެވެ. އެމްޑީޕީގެ ވިސްނުމަކީ މަރުކަޒު ކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު މިސަރުކާރުން މިހާރު އަނެއްކާ ވެސް ބާރުތައް ހަނިކޮށް މަރުކަޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބާރުތައް ވެރި މީހާގެ އަތްޕުޅަށް ގެނެސްގެން މުޅި ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ. 

އެހެންނަމަވެސް އަޅުގަނޑުމެން އޭރު ވެސް ވާނެ އެމްޑީޕީގެ އަސާސްތަކާ  އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތުތަކާއެކު ވެރިކަން ކޮށްފައި. އޭގެ ހެޔޮ ބަދަލު މުޅި ރާއްޖެއަށް ކުރަމުންދާތަން ފެންނާނެ. އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާލަކުން އެބަ ފެނޭ. އަދި އަޅުގަނޑުމެން އެމްޑީޕީގެ މެންބަރުން، އެމްޑީޕީން ގަބޫލުކުރީ މިރާއްޖެ ތަރައްގީ ކުރުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެކޭ.  އެގޮތުން އެމްޑީޕީން ކަނޑައަޅާފައިވާ ސިޔާސަތުތައް   ވަރަށް ސާފު ސީދާ ތެދުކޮށް ރައްޔިތުންގެ ލޯމައްޗަށް ފެންނާނެ. އަޅުގަނޑުމެން ވާނީ އެގޮތުން ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަން ގާތުން ކުރުމަށްޓަކައި ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލްތަކެއް އައްޔަން ކުރުމަށްޓަކައި އޭރުގައި މާލޭގައި ނޫނީ ވެރިމީހާގެ އަތުގައި ނޫނީ މުށުތެރޭގައި އޮތް ބާރު ރައްޔިތުންނަށް ދޫކޮށްލާފައިވާނީ. އެއީ އަޅުގަނޑުމެން އެނގިގެން ގަސްތުގައި ކުރި ކަމެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިރާއްޖެ ގުދުރަތީ ގޮތުން އުފެދިފައި އޮތް ގޮތުން އަޅުގަނޑުމެންނަށް މިރާއްޖެ ބޭނުންވާ މިސްޕީޑްގައި ތަރައްގީއެއް ނުކުރެވޭ އެބާރުތައް ވެރިމީހާގެ މުށުތެރޭގައި ބަހައްޓައިގެން.
ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު 

މެންބަރު ސަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު، ތަރައްގީ ހުއްޓި، ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. މިއީ ބާރުތައް ހަނިކުރުމުގެ ނަތީޖާ ކަމަށާއި، މިސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް ދަތިކޮށް ފިއްތާލަން ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތީ ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ބާރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް މެންބަރު ސަމީރު ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވާ ބާރާއި، ތަރައްގީ ގައުމަށް ގެނައުމަށް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ  ހުރިހާ ކެންޑީޑޭޓުންނަށް ނުނޭކޭ ބުނުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

ހުސެއިން ސަމީރުއެމްޑީޕީލާމަރުކަޒުކުރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުގައި ރަސްދޫގައި އައިސްޕްލާންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށް ސާމާނު ގެންދިޔަ، މިވެރިކަމުގައި މަޝްރޫއު ހުއްޓި ބައެއް ސާމާނު މިހާރު ވަނީ ވަގަށް ނަގާފައި: މެންބަރު ސަމީރު

ކުރީ ސަރުކާރުގައި ރަސްދޫގައި އައިސްޕްލާންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށް ސާމާނު ގެންދިޔަ، މިވެރިކަމުގައި މަޝްރޫއު ހުއްޓި ބައެއް ސާމާނު މިހާރު ވަނީ ވަގަށް ނަގާފައި: މެންބަރު ސަމީރު

01 ފެބުރުއަރީ 2026
ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

01 ފެބުރުއަރީ 2026
ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

30 ޖެނުއަރީ 2026
އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

30 ޖެނުއަރީ 2026
ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު