Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން އީސީގެ ރައީސް އޮޅުވާލައްވަން އުޅުއްވުމުން ކޮމިޓީ ހޫނުވެއްޖެ

މީކާއިލް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން އެ މުއައްސަސާގެ އޮބްޖެކްޓިވް އޮޕީނިއަން އަކީ ކޮބައިތޯއާއި، 45 ދުވަހަކީ ރައްޔިތުން އަހުލުވެރިކުރަން އެކަށީގެންވާ މުއްދަތެއްތޯ ސުވާލު ކުރައްވާފައި. ކޮމިޝަނުގެ ރައީސް ޒާހިދު ވިދާޅުވީ، ކޮމިޝަނުން ދައްކާ ކޮންމެ ވާހަކައަކީ ފަސް މެންބަރުން މަޝްވަރާކޮށްގެން ނިންމާ ނިންމުންތަކުގެ މައްޗަށް ދައްކަވާ ވަހަކަ ކަމަށް. މިއީ ގިނަ މަގާމުތަކަކަށް އެއްފަހަރާ ވޯޓުލާ ފުރަތަމަ ފަހަރު ނޫން ކަމަށްވެސް ޒާހިދު ވިދާޅުވި.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 06:53
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު, އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ކޮމިޝަނުގެ އެހެން މެންބަރުން، ހޯމަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި | 02.02.2026

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު, އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ކޮމިޝަނުގެ އެހެން މެންބަރުން، ހޯމަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި | 02.02.2026 | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެންބަރު މީކާއިލް އަހުމަދު ނަސީމު ކުރެއްވި ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ސީދާ ޖަވާބު ނުދެއްވައި، ސުވާލުތަކުން ރެކިވަޑައިގަތުމުން ކޮމިޓީ ހޫނުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ވަނީ ވަރަށް މުހިއްމު ސުވާލުތަކެއް ކޮމިޝަނުގެ ރައީސަށް އަމާޒުކުރައްވާފަ އެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ތަފާތު ހަތަރު ފާހަގަ ޖަހަންޖެހޭ، މިހާރުވެސް ރައްޔިތުންގެ މެދުގައި އޮޅުންބޮޅުން ބޮޑުވެފައިވާ އިންތިޚާބެކެވެ. މިފަދަ ހާލަތެއްގައި އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓެއް ނެގުމަކީ އެންމެ އައުލާކަން ބޮޑު ގޮތްތޯ އާއި، 45 ދުވަހުގެ ތެރޭގައި ރައްޔިތުން އެކަމަށް އަހުލުވެރިކުރެވޭނެތޯ މީކާއިލް ސުވާލުކުރެއްވި އެވެ.

Advertisement - newsAdvertisement

"އަޅުގަނޑު މިއަހަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން މަނިކުފާނުގެ އޮޕީނިއަން އަކީ ކޮބައިތޯ. ރައްޔިތުން ސްޓޭޓް އޮފް ކޮންފިއުޝަނަކަށް ނުގޮސް މިކަން ކުރެވޭނެތޯ،" މީކާއިލް ސުވާލުކުރެއްވި އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ ރައީސް ޒާހިދު ވިދާޅުވީ، ކޮމިޝަނުން ދައްކާ ކޮންމެ ވާހަކައަކީ ފަސް މެންބަރުން މަޝްވަރާކޮށްގެން ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި މިއީ ގިނަ މަގާމުތަކަކަށް އެއްފަހަރާ ވޯޓުލާ ފުރަތަމަ ފަހަރު ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ގާނޫނަކުން ކަމެއް ލާޒިމްކޮށްފި ނަމަ އެކަމެއް ކޮމިޝަނުން ކުރާނެ ކަމަށާއި، އެއީ އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯ އެއީ މުޅިން ތަފާތު ކަމެއް ކަމަށް ޒާހިދު ވިދާޅުވި އެވެ.

ޒާހިދު ތަކުރާރުކޮށް ވިދާޅުވީ އޭނާ ކޮމިޓީއަށް ވަޑައިގަތީ އަމިއްލަ "ޕާސަނަލް އޮޕީނިއަން" ދެއްވަން ނޫން ކަމަށާއި، ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ދައްކަވާނީ ކޮމިޝަނުން ނިންމާފައިވާ ވާހަކަތައް ކަމަށެވެ.

ނަމަވެސް، މީކާއިލް ވަނީ ކޮމިޝަނުގެ ރައީސް ސުވާލު އޮޅުވާލައްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑު މިއަހަނީ އޮނަރަބަލް ޒާހިދުގެ އަމިއްލަ ޚިޔާލެއް ނޫން. އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ތިޔަ މުއައްސަސާގެ އޮބްޖެކްޓިވް އޮޕީނިއަން އަށް މިއަހަނީ. 45 ދުވަހަކީ ރައްޔިތުން އަހުލުވެރިކުރަން އެކަށީގެންވާ މުއްދަތެއްތޯ؟" މީކާއިލް އަނެއްކާ ވެސް ސުވާލު ތަކުރާރު ކުރެއްވި އެވެ.

މި ސުވާލާ ގުޅިގެންވެސް ޒާހިދު ވިދާޅުވީ، އިތުރު އެއްޗެއް ދެންނެވޭނީ ކޮމިޝަނުގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މި މައްސަލައިގައި ކޮމިޓީގެ މަސްލަހަތު ބޮޑަށް ހޫނުވެގެން ދިޔައީ،  ބޮޑު ނިންމުމެއް ނިންމާއިރު އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާގެ ހައިސިއްޔަތުން ލަފައެއް ދެއްވަން އޭނާ އުޒުރުވެރިވެވަޑައިގަތުމުންނެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު، މަޖިލީހުގެ ޗުއްޓީ މުއްދަތުގައި ދައުރުން ބޭރުން ޖެނުއަރީ 5 ވަނަ ދުވަހު ކުއްލި ގޮތަކަށް އެޖެންޑާކުރުމާ ގުޅިގެން، ބައެއް ފަރާތްތަކުން ވަނީ އެކަމަށް ބަހުސްކޮށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. 

އެ ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ބޭއްވުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނެގުމާ ދެމެދު، މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންޖެހެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މީކާއިލް އަހުމަދު ނަސީމްމުޙައްމަދު ޒާހިދުއިލެކްޝަންސް ކޮމިޝަންރައްޔިތުންގެ މަޖިލިސްމިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

02 ފެބުރުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

01 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަށް ކުރިމަތިލާން  އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ.

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަށް ކުރިމަތިލާން އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ.

31 ޖެނުއަރީ 2026
ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026
ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު