Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން މުއައްސަސާތަކުގެ ކޮމިޓީ

އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އޭޖީ ވިދާޅުވީ، ވަކިން ވޯޓު ނެގުމުގެ ބަދަލުގައި އިންތިޚާބާ އެއްކޮށްލުމަކީ ޚަރަދު ކުޑަވެފައި ގާނޫނީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތް ކަމަށް. މި ދެ ވޯޓު ވަކިން ބާއްވާ ނަމަ 60 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ފެބުރުއަރީ 2026 | ހޯމަ 13:09
އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް

އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް

ގާނޫނު ގައި އޮތް 45 ދުވަހުގެ މުއްދަތު ލިބޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ލޯކަލް ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓުގެ ކަންކަން ވެސް ކުރިއަށް ގެންދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީ އިން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބުގެ އޮފީހުގެ ބޭފުޅުންނާ ބައްދަލު ކޮށްފަ އެވެ. 

Advertisement - newsAdvertisement

މި ބައްދަލު ވުމުގައި އޭޖީ ވިދާޅުވީ ރިފަރެންޑަމް ގާނޫނުގައި ބުނާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ބޭއްވުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނެގުމާ ދެމެދު، މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންޖެހޭ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާ ގާނޫނުގައި އޮތް 45 ދުވަހުގެ މުއްދަތަކީ އެކަމަށް އެކަށީގެންވާ މުއްދަތެއް ކަމަށެވެ. 

އުޝާމް ވިދާޅުވީ ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނެގުމަށް ތާއީދު ކުރައްވާ ކަމަށެވެ. ސަބަބަކީ ވަކިން ވޯޓު ނަގާނަމަ އެކަމަށް ހިނގާ ޚަރަދު ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަ ކުރުމާއެކު އިންތިޚާބެއް ކުރިމަތީގައި އޮތް ނަމަ ދެ އިންތިޚާބު އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި އެކަމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފަ އެވެ. 

އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުގައި އޮތް 45 ދުވަހުގެ މުއްދަތު ލިބޭ ކަމުގައި ވަންޏާ އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިހާބު އޮންނަ ދުވަހު ހަމަ ރިފަރަންޑަމްގެ ކަންކަން ވެސް ކުރިއަށް ގެންދިއުން. ދެން ގާނޫނުގައި އެކަމަށް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ ދެ ވޯޓު ވަކިން ނަގާ ނަމަ 60 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރާ ކަމަށެވެ. 

ޚިޔާލު ހޯދުމުގެ ވޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސްއެޓަރނީ ޖެނެރަލް އުޝާމް

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

02 ފެބުރުއަރީ 2026
ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ
02 ފެބުރުއަރީ 2026

ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނަގާނަމަ އިތުރު 20 މިލިއަން ބޭނުންވާނެ: އީސީ

02 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނަގާނަމަ އިތުރު 20 މިލިއަން ބޭނުންވާނެ: އީސީ
02 ފެބުރުއަރީ 2026

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން އީސީގެ ރައީސް އޮޅުވާލައްވަން އުޅުއްވުމުން ކޮމިޓީ ހޫނުވެއްޖެ

02 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން އީސީގެ ރައީސް އޮޅުވާލައްވަން އުޅުއްވުމުން ކޮމިޓީ ހޫނުވެއްޖެ
02 ފެބުރުއަރީ 2026

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

02 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން
01 ފެބުރުއަރީ 2026

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

01 ފެބުރުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު