Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

މަންމައާ ބައްޕަ އަދި ދައްތައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

26 ޖެނުއަރީ 2026 | ހޯމަ 10:19

އަނިޔާ ދިނުމުގެ ތުހުމަތާ ގުޅިގެން ދައުލަތުން އެމީހާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވޭ. ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން މާލެއަށް ނިސްބަތްވާ އެމީހާގެ މައްޗަށް އިއްވާފައިވަނީ 3 މަސް ދުވަހުގެ ޖަލު ހުކުމެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖެނުއަރީ 2026 | ހޯމަ 10:19
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެއެމްވީ

މައިންބަފައިންނަށް އަނިޔާކޮށް، ދައްތަގެ ކަރުގައި ހިފައި އަނިޔާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަނިޔާ ދިނުމުގެ ތުހުމަތާ ގުޅިގެން ދައުލަތުން އެމީހާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އަނިޔާއެއް ދިނުމުގެ ދެ ދައުވާއާއި، ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ދައުވާ އެވެ.

އަނިޔާކުރުމުގެ ދެ ދައުވާ އުފުލީ ބައްޕަ އާއި ދައްތައަށް ޖިސްމާނީ އަނިޔާ ދީފައިވާތީ އެވެ. ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ދައުވާ އުފުލާފައިވަނީ މަންމައަށް ގެވެށި އަނިޔާ ކުރާތީ އެކަން ހުއްޓުވުމަށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު އަމުރާ ހިލާފަށް އަމަލުކޮށްފައިވާތީ އެވެ.

މި މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭގޮތުގައި، އޭނާ ކޯޓުގައި ވަނީ މައްސަލަތަކަށް އިއުތިރާފްވެފަ އެވެ. 

ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން މާލެއަށް ނިސްބަތްވާ އެމީހާގެ މައްޗަށް އިއްވާފައިވަނީ 3 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކޯޓުން ވަނީ އެ ހުކުމް 29 ދުވަހަށް ލުއިކޮށްދީފަ އެވެ. އަދި އަނިޔާއެއް ދިނުމުގެ 2 ދައުވާގެ ތެރެއިން ބައްޕައަށް އަނިޔާކުރި މައްސަލައި ގައި އިއްވާފައިވަނީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެވެ. އަދި ދައްތައަށް އަނިޔާކުރި މައްސަލައިގައި އިއްވާފައިވަނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އާއިލީ ހަމަ ނުޖެހުންތަކެއްގެ ތެރެއިން ގޭގައި މާރާމާރީ ހިންގައި އަނިޔާ ކުރާ މައްސަލަތައް ދޭތެރެއިން ފެންމަތިވެގެންދެ އެވެ. 

ކްރިމިނަލް ކޯޓްގެވެށި އަނިޔާ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލަ އެއްގައި ފޯނު ފުލުހުންގެ ބެލުމުގެ ދަށަސް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި

24 ޖެނުއަރީ 2026
ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލަ އެއްގައި ފޯނު ފުލުހުންގެ ބެލުމުގެ ދަށަސް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި
22 ޖެނުއަރީ 2026

މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން

22 ޖެނުއަރީ 2026
މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން
21 ޖެނުއަރީ 2026

ވީވޯ ބްރޭންޑް ގެ ފޯނެއް ވަގަށް ނެގި މީހަކު 5 މަހަށް ޖަލަށް

21 ޖެނުއަރީ 2026
ވީވޯ ބްރޭންޑް ގެ ފޯނެއް ވަގަށް ނެގި މީހަކު 5 މަހަށް ޖަލަށް
21 ޖެނުއަރީ 2026

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

21 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ
20 ޖެނުއަރީ 2026

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026
އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި
18 ޖެނުއަރީ 2026

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު
14 ޖެނުއަރީ 2026

ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް

14 ޖެނުއަރީ 2026
ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް
14 ޖެނުއަރީ 2026

ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ

14 ޖެނުއަރީ 2026
ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ
10 ޖެނުއަރީ 2026

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

10 ޖެނުއަރީ 2026
ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި
09 ޖެނުއަރީ 2026

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

09 ޖެނުއަރީ 2026
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް