Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

ކްރިމިނަލް ކޯޓުގައި ފުލުހުން ބުނީ، އަހުމަދު އަލީ މައްސަލާގައި ބައިވެރިވާ ފަރާތްތަކާއި މުއާމާލަތްތަކެއް ކޮށްފައިވާ ކަމަށް. ނަމަވެސް އަހުމަދު ވަކީލު ބުނެފައިވަނީ ޝިޕްމަންޓުގައި މަސްތުވާތަކެތި ހުރިކަން އަހުމަދު އަލީއަށް ނޭނގޭ ކަމަށާއި، އެނގޭނަމަ އެތަކެއްޗާ ހަވާލުވާން އޭނާ ނުދާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 12:45
ރާއްޖެއަށް 40 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އަހުމަދު އަލީ

ރާއްޖެއަށް 40 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އަހުމަދު އަލީ | ރާއްޖެ އެމްވީ

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 40 ކިލޯ ގެ މަސްތުވާތަކެތީ މައްސަލާގައި ހައްޔަރުކުރި އަހުމަދު އަލީ އިންޑިއާއަށް ގޮސް އެ އެއްޗެހީގެ ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

މިމައްސަލާގައި ހއ. ހޯރަފުށީ، ޢާފިޔާ، 47 އަހަރުގެ އަހުމަދު އަލީ 26 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ. އޭގެފަހުން 5 ޖެނުއަރީ 2026 ގައި ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމުން 20 ޖެނުއަރީ ވީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބައްދަށް 15 ދުވަސް ވަނީ އިތުރު ކޮށްފަ އެވެ. މިއީ އޭނާ ގެ ބަންދުގެ މުއްދަތު އިތުރުކުރި 3 ވަނަ ފަހަރެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި ފުލުހުން ބުނީ، އަހުމަދު އަލީ މައްސަލާގައި ބައިވެރިވާ ފަރާތްތަކާއި މުއާމާލަތްތަކެއް ކޮށްފައިވާ ކަމާއި، މިމުދާ ގަތުމަށް އިންޑިއާއަށް ގޮސް އެ ފަރާތްތަކާ ބައްދަލުވެ، އަމަލީގޮތުން  ބައިވެރިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. 

ނަމަވެސް އަހުމަދު ވަކީލު ބުނެފައިވަނީ ޝިޕްމަންޓުގައި މަސްތުވާތަކެތި ހުރިކަން އަހުމަދު އަލީއަށް ނޭނގޭ ކަމަށާއި، އެނގޭނަމަ އެތަކެއްޗާ ހަވާލުވާން އޭނާ ނުދާނެ ކަމަށެވެ. އަދި އަހުމަދު އަލީ އަކީ މުދާ ކުލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއް ކަމަށް މީގެ ކުރިން އޭނާ ކޯޓުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން މިމައްސަލައާ ގުޅިގެން ގދ. ތިނަދޫ، ގޯލްޑަންހައުސް 57 އަހަރުގެ މުހައްމަދު އާދިލް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އާދިލް 27 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އޭގެފަހުން 16 ޖެނުއަރީ 2026 ވީ ހުކުރު ދުވަހު، އާދިލް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.

ޗޮކްލެޓް ސިރަޕް ފުޅިތައް ރާއްޖެ އަށް އެތެރެ ކޮށްފައި ވަނީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގައި ކަމަށްވާއިރު، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މި މައްސަލާގައި ހައްޔަރުކުރި އާދިލް އެވެ. އަދި އަހުމަދު އަލީ އަކީ ރާސް މޯލްޑިވްސްގެ މުދާ ކްލިއަރ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީ-މެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި މީހާ އެވެ.

ކަސްޓަމްސް އިން މައުލޫމާތު ދޭ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވާނެ އެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން ހިންގި ޚާއްސަ އޮޕަރޭޝަނެއް ގައި 25 ޑިސެންބަރު 2025 ގަ އެވެ.

މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަޙްމަދު ޢަލީމުހައްމަދު އާދިލްރާސް މޯލްޑިވްސްމަސްތުވާތަކެތިކްރިމިނަލް ކޯޓްދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026
ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

18 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

17 ޖެނުއަރީ 2026
އެމްޕީއެލް ފްލެޓެއްގައި މީހަކު ރަހީނު ކޮށްގެން، ފައިސާ ފޭރެމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި

އެމްޕީއެލް ފްލެޓެއްގައި މީހަކު ރަހީނު ކޮށްގެން، ފައިސާ ފޭރެމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު