Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލްތައް

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަށް ކުރިމަތިލާން އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ.

31 ޖެނުއަރީ 2026 | ހޮނިހިރު 13:53

އިލެކްޝަންސް ކޮމިޝަނުން ކުރިން ކައުންސިލާއި ޑަބްލިއުޑީސީ އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ 2026 ޖަނަވަރީ 17 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް. މިހާރު އެ ފުރުސަތު ވަނީ އިތުރުކޮށްފައި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 31 ޖެނުއަރީ 2026 | ހޮނިހިރު 13:53
އިލެކްޝަން ކޮމިޝަން

އިލެކްޝަން ކޮމިޝަން | ސޯޝަލްމީޑިއާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލާން އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ. .

އިލެކްޝަންސް  ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2026/43 (17 ޖަނަވަރީ 2026) އަދި ނަންބަރު (IUL)38-AC/38/2026/44 (17 ޖަނަވަރީ 2026) އިޢުލާނާ ހަވާލާދީ އާ އިއުލާނެއް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 28 ވަނަ ދުވަހު އާންމު ކޮއްފައިވެއެވެ. 

Advertisement - newsAdvertisement

އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު 2 (ދޭއް) ގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ.  2026 ޖަނަވަރީ 28 ވަނަ ދުވަހުން ފެށިގެން 2026 ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން  ކައުންސިލާއި ޑަބްލިއުޑީސީ އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ 2026 ޖަނަވަރީ 17 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅުމުގެ ވަގުތު އިލެކްޝަން ކޮމިޝަން (އީސީ)ން އިތުރު ކުރި ނަމަވެސް މައްސަލައަށް ހައްލު ނުލިބޭ ކަމަށާއި، ދުވަސް އިތުރު ކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ގޮވާލާފަ އެވެ.  އިންތިޚާބަށް ފޯމް ހުށަހަޅުމަށް އިތުރު ދުވަސް ދިނުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފަ އެވެ. އިތުރަށް 10 ދުވަސް ދިނުމަށް އެމްޑީޕީ އިން ވަނީ އެދިފަ އެވެ. ނަމަވެސް އެކަމަށް މިހާތަނަށް އިޖާބަ ދީފަ އެއް ނުވެ އެވެ.

ލޯކަލް ކައުންސިލްތައްއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

ޕީއެންއެފްގެ ތުުހުމަތުތައް ދޮގުކޮށް، އެ ވާހަކަތައް އީސީ އިން ކުށްވެރިކޮށްފި

18 ސެޕްޓެމްބަރު 2026
ޕީއެންއެފްގެ ތުުހުމަތުތައް ދޮގުކޮށް، އެ ވާހަކަތައް އީސީ އިން ކުށްވެރިކޮށްފި
17 ސެޕްޓެމްބަރު 2026

ޕީއެންއެފްގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރި މައްސަލަ: އީސީގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ޖިނާއީ މައްސަލަ ފުލުހުން ބަލައިގަނެފި

17 ސެޕްޓެމްބަރު 2026
ޕީއެންއެފްގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރި މައްސަލަ: އީސީގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ޖިނާއީ މައްސަލަ ފުލުހުން ބަލައިގަނެފި
03 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

03 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
27 ޖުލައި 2026

ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ

27 ޖުލައި 2026
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ
22 ޖުލައި 2026

ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!

22 ޖުލައި 2026
ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!
22 ޖުލައި 2026

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

22 ޖުލައި 2026
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
14 ޖުލައި 2026

ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ

14 ޖުލައި 2026
ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ
11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
11 ޖުލައި 2026

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

11 ޖުލައި 2026
ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް